Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

ކޮވިޑް-19 ބައެއް ސަރަހައްދުތަކުގައި 2024 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ހިނގައިދާނެ: ފައިޒަރ

18 ޑިސެމްބަރު 2021 | ހޮނިހިރު 03:02

ބައެއް ހިސާބުތަކުގައި ކުރިޔަށް އޮތް ދެ އަހަރުވެސް މިހާރު ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ ގޮތަށް އެމިންވަރަށް ކޭސްތައް ފެންނަމުންދާނެކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޑިސެމްބަރު 2021 | ހޮނިހިރު 03:02
ފައިޒަރ ވެކްސިން ޖެހުމަށް ތައްޔާރުވަނީ

ފައިޒަރ ވެކްސިން ޖެހުމަށް ތައްޔާރުވަނީ

2020 ވަނަ އަހަރުން ފެށިގެން ދުނިޔެ ތަޖުރިބާކުރަމުންމިދާ ކޮވިޑް-19 ޕެންޑަމިކް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ބައެއް ހިސާބުތަކުގައި ދެމިއޮންނާނެކަމަށް ބެލެވޭ ކަމަށް ކޮވިޑް-19ށް ވެކްސިން އުފައްދާފައިވާ ފައިޒަރ ކުންފުނިން ބުނެފިއެވެ.

ފައިޒަރ ކުންފުނީގެ ޗީފް ސައިންޓިފިކް އޮފިސަރ މައިކަލް ޑޮލްސްޓެން އިންވެސްޓަރުންނާ ބައްދަލުކޮށް ޕްރެޒެންޓޭޝަން ދެއްވަމުން ވިދާޅުވީ އެކުންފުނިން ދެކޭގޮތުގައި ބައެއް ހިސާބުތަކުގައި ކުރިޔަށް އޮތް ދެ އަހަރުވެސް މިހާރު ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ ގޮތަށް އެމިންވަރަށް ކޭސްތައް ފެންނަމުންދާނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ހަމަ މިމުއްދަތުގެ ތެރޭގައި އަނެއް ބައި ހިސާބުތަކުގައި ކޭސްތައް ފެންނަ މިންވަރު ދަށްވެ ޕެންޑަމިކަކުން އެންޑަމިކަކަށް ބަދަލުވާނެކަމަށް ބެލެވޭކަމަށެވެ. 2024 ވަނަ އަހަރުގެ ފަހުން ކޮވިޑް-19 ޕެންޑަމިކެއްގެ ގޮތުގައި އޮންނާނެކަމަށް ނުފެންނަކަމަށްވެސް ފައިޒަރ ގެ ޗީފް ސައިންޓިސްޓް ވިދާޅުވިއެވެ.

އެކުންފިނުން އަންދާޒާކުރާ ގޮތުގައި 2024ގެ ފަހުން މުޅި ދުނިޔޭގައިވެސް ކޮވިޑް-19 ވާނީ އެންޑަމިކަށެވެ.

ޗީފް ސައިންޓިސްޓު ވިދާޅުވީ މިކަންވާނެ އިރަކާއި ވާނެގޮތެއް ކަނޑައަޅާނީ ކޮވިޑް-19 ބަދަލުވަމުން އަންނަ ގޮތެއްގެ މައްޗަށެވެ. މުޖުތަމައުގައި ދިރިއުޅޭ ބަޔަކު ވެކްސިން ޖަހާ މިންވަރާއި ބަލިން ރައްކާތެރިވުމަށް އަޅާފިޔަވަޅުތަކާއި ބޭސްފަރުވާގެ ނިޒާމާއި ވެކްސިން ލިބެން ހުންނަ މިންވަރެއްގެ މައްޗަށްކަމަށެވެ. އަދި ކޮވިޑް-19ގެ އައު ވޭރިއަންޓްތައް ފެންނަ މިންވަރުވެސް ޕެންޑަމިކް ނިމުމަކަށް އައުމުގައި އިސް ދައުރެއް އަދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފައިޒަރ އިން ވަނީ ޖަރުމަނުގެ ބައޯއެންޓެކާ ގުޅިގެން ކޮވިޑް-19ން ދިފާއުވުމަށް ފައިޒަރ ވެކްސިން އުފައްދާފައެވެ. އެކުންފުނިން މިހާރު އަންދާޒާކުރާ ގޮތުގައި އަންނަ އަހަރު 31 ބިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ލިބޭނެއެވެ. އެކުންފުނިން އަންނަނީ އަންނަ އަހަރު 4 ބިލިއަން ވެކްސިން ޑޯޒް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

އަނެއްކޮޅުން ފައިޒަރ އިން އުމުރުން 2 އަހަރާއި 4 އަހަރާ ދެމެދުގެ ކުދިންނަށް އުފެއްދި ވެކްސިން ޑޯޒުން ކޮވިޑް-19 އާ ދެކޮޅަށް ދިފާއީ ނިޒާމު ރުކުރުވާލާ މިންވަރު ކުރިން ހީކުރި މިންވަރަށްވުރެ ދަށްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން އެޑޯޒް ބޭނުންކުރުމުގެ ހުއްދަ ލިބުމަށް އަދި ވަގުތުނަގާނެއެވެ.

މީގެއިތުރުން ފައިޒަރ އިން އަންނަނީ ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ދިނުމަށް ބޭސް ގުޅައެއް އުފައްދާ އޭގެ ޓްރަޔަލްތައްވެސް ކުރިޔަށް ގެންދަމުންނެވެ. ޕެކްސްލޮވިޑް ގެ ނަމުން ނަންދީފައިވާ މި ބޭސްގުޅަ ބޭނުންކުރުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުންނާއި މަރުވުމާ ހިސާބަށް ދިޔުމާއި ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދޭ މިންވަރު ހުރީ 90 އިންސައްތައިގައި ކަމަށް މިހާތަނަށް ކުރިޔަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލް ތަކުން ވަނީ ހާމަވެފައެވެ.

ފައިޒަރ އިން ކޮވިޑް-19 ބައެއް ހިސާބުތަކުގައި ކުރިޔަށް އޮތް ދެ އަހަރު ދުވަހުވެސް ދިގުދެމިގެންދާނެކަމަށް ބުނެފައިމިވަނީ މިފަހަކުން ކޮވިޑް-19ގެ އައު ވޭރިއަންޓެއްކަމުގައިވާ އޮމިކްރޯން ވޭރިއަންޓް ފެނިފައިވަނިކޮށެވެ.

އޮމިކްރޯން ވޭރިއަންޓް ފެނުމުގެކުރިން އެމެރިކާގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ ކޮވިޑް-19 ޕެންޑަމިކް 2022 ވަނަ އަހަރު ނިމޭނެކަމަށް ބެލެވޭކަމަށެވެ.

ކޮވިޑް-19ފައިޒަރ ވެކްސިން

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް