Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އަފްރާޝީމުގެ ހަނދާނުގައި ބިނާކުރި މަރުކަޒު

ޑރ. އަފްރާޝީމުގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު ހުޅުވައިފި

17 ޑިސެމްބަރު 2021 | ހުކުރު 21:09

މިސްކިތުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޑިސެމްބަރު 2021 | ހުކުރު 21:09
އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު

އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު

އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ. އަފްރާޝީމްގެ ހަނދާނުގައި ބިނާކުރި އިސްލާމީ މަރުކަޒާއި އެ އެތަނުގެ މިސްކިތް، "މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ" ހުޅުވުމަށް ހުކުރު ދުވަހު އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އެ ރަސްމިއްޔާތުގައި އަފްރާޝީމްގެ އާއިލާ އާއި އުނގޫފާރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

Advertisement - newsAdvertisement

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ހުކުރު ނަމާދު އިމާމުވެ ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރެވެ.

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އެ ތަން ޑިޒައިންކޮށްފައި ހުންނަނީ ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތަށް ކަމަށާއި އެ ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކްލާސްތައް ހިންގަން އިސްލާމިކް ޔުނިވާސިޓީ އާއި ގުރުއާނާ ބެހޭ މަރުކަޒުން ވެސް ޝައުގުވެރިވާ ކަމަށެވެ. އެ ތަނުގެ ހުރިހާ ކްލާސްރޫމެއް އިސްލާމިކް ޔުނިވާސިޓީއަށް ދޫކުރަން އެ ޔުނިވާސިޓީން އެދުނު ކަމަށާއި ނަމަވެސް، ގުރުއާނާ ބެހޭ މަރުކަޒަށް ފުރުސަތު ނޯންނަ ގޮތަކަށް ޖާގަ ނުދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމީ ތައުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަގުސަދުގައި އިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މިސްކިތް ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ސޮއިކުރައްވާފައިވަނީ 02 މާރިޗު 2017 ގައެވެ. މިސްކިތް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017 އަދި ނިމިފައިވަނީ 10 ޖަނަވަރީ 2020 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2017

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

25 ނޮވެމްބަރު 2017
ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ
15 ނޮވެމްބަރު 2017

އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު

15 ނޮވެމްބަރު 2017
އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު
11 އޯގަސްޓު 2017

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

11 އޯގަސްޓު 2017
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
25 މެއި 2017

ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

25 މެއި 2017
ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް