Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޫނިދޫ

ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

މި މިސްކިތަށް ތިން މިލިއަން ރުފިޔާ ހަތަރުވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މެއި 2017 | ބުރާސްފަތި 18:32
ދޫނިދޫގައި އަލަށް އެޅި މިސްކިތް

ދޫނިދޫގައި އަލަށް އެޅި މިސްކިތް

ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ދޫނިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނަމާދުކުރުމަށް އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު މެންދުރު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރު އަޙްމަދު ޒިޔާދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގައި ފުލުހުންކުރި އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައި މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިކަމުން ދައްކުވައިދެނީ ފުލުހުންގެ ތެރޭގައި ދީނަށްއޮތް ލޯބި ދައްކުވައިދިން ނަމޫނާ މަސައްކަތެއްގެ ގޮތުގައިކަމަށާއި އެކަމަށްޓަކައި ފުލުހުންނާ މެދު ފަޚްވެރިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިންގެ ތެރޭގައި މިސްކިތް ޤާއިމްކުރުމަށް ގެންގުޅުނު ސަޤާފަތާއި އިސްލާމީ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެންމެ މުހިންމު އެއް އަސާސަކީ މިސްކިތް ބިނާކުރުން ކަމަށް ވިދާޅުވިއެވެ. މިކަމުން ދައްކަވުއިދެނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާ ދީނީ ބައެއްގެ ގޮތުގައި ހެދުމަށް މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްކަމަށެވެ.

މި ރަސްމިއްޔާތު ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި މިސްކިތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި މުވައްޒަފުންނާއި އެހީތެރިވެދެއްވި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.

މިސްކިތް ހުޅުއްވައި ދެއްވުމަށްފަހު މެންދުރު ނަމާދުކޮށްފައިވާއިރު މެންދުރު ނަމާދު އިމާމުވެ ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރު އަޙްމަދު ޒިޔާދު އެވެ.

ދޫނިދޫގައި ޤާއިމްކުރި މި މިސްކިތަކީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ފުލުހުން އިމާރާތްކުރި މިސްކިތެކެވެ. މި މިސްކިތަށް ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މި މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އެއްފަހަރާ 250 މީހުންނަށް ނަމާދު ކުރެވޭ ޖާގަހުރި މިސްކިތެކެވެ.

މިސްކިތުގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ ދޫނިދޫ އާއި މެރިން ޕޮލިސް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުން ހިމެނޭ ޓީމަކުންނެވެ. މިމަސައްކަތްތައް ނިންމާލާފައިވަނީ 2 މަހާއި 19 ދުވަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު