Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ މެންބަރުން ވަކިކުރުމުގެ މައްސަލަ

އޭސީސީގެ 3 މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ފަށައިފި

ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލު ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 06:04
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 3 މެންބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި 5 ވަނަ ހާއްސަ ޖަލްސާގައި އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ސިޓީ ވަނީ ހުށަހަޅާފައެވެ. އިދިކޮޅުގެ މެންބަރުން ބޮއިކޮޓް ކުރި މި ޖަލްސާއަށް 53 މެންބަރުން ހާޒިރުވިއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވަނީ އޭސީސީގެ މެންބަރުންގެ ތެރެއިން 1 މެންބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ސިޓީއެއް ފޮނުއްވާފައިވާކަން އިއުލާން ކުރައްވާފައެވެ. އިސްތިއުފާ ދެއްވީ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލެވެ.

އެހެންކަމުން މަޖިލީހުގައި ކުރިއަށް ދިޔައީ އޭސީސީގެ 3 މެންބަރުން މަގާމުން ވަކިކުރުމާ ގުޅޭ މައްސަލައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި 10 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭސީސީގެ ތަހުގީގުކޮށްފައިވާ މައްސަލަތަކާއި އެކޮމިޝަނުން ތަހުގީގުކޮށްފައިވާ މައްސަލަތަކާއި އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެއްވެސް ގޮތަކަށް ތަހުގީގު ނުހިނގާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ނުހިނގާ މައްސަލަތައް ދެނެގަނެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ބާރަށް ނުދާ ސަބަބާއި، ކޮމިޝަންގެ މަސައްކަތްތައް ހަލުވިކުރެވިދާނެ ގޮތްތަކާއި، މަސައްކަތް ހަރުދަނާ ކުރެވިދާނެ ގޮތްތައް ހިމެނޭ ގޮތުން ކޮމިޝަންގެ ޕާފޯމެންސް އޮޑިޓެއް ހައްދަވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ އޮޑިޓެއް ހައްދަވަން އެދުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރައްވައި 9 ޑިސެމްބަރ ގައި ކޮމިޓީއަށް ރިޕޯޓެއް ހުށަހެޅި ކަމަށެވެ.

ކޮމިޓީގެ ސިޓީގައިވަނީ ކޮރަޕްޝަންގެ ކުށް އެކުލެވިގެން ނުވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 61 އިންސައްތަ މައްސަލަތައް ނިމިފައިވާ އިރު، ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވަނީ 1 އިންސައްތަ މައްސަލަކަމަށެވެ. އެއީ ޕްރިލިމަނެރީ އެސެސްމަންޓް މަރުހަލާގައި މައްސަލައެއް ހުރުމުންކަމަށް ނުވަތަ ތަހުގީގު މަރުހަލާގައި މައްސަލައެއް ހުރުމުން ކަމަށް އޮޑިޓް އޮފީހުން މައުލޫމާތު ދެއްވާފައިވާތީ، އިންވެސްޓިގޭޓަރުންގެ ކެޕޭސިޓީއަށް މައްސަލަހުރިކަން ކޮމިޓީއަށް ފާހަގަކުރެވޭ ކަމަށެވެ.

އަދި ކޮމިޝަނަށް ހުށަހެޅޭ ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓް ނުވުމާއި، ތަފާސްހިސާބާ ގުޅޭ ރިޕޯޓްތައް ކޭސް މެނޭޖްމަންޓް ސިސްޓަމުން ތައްޔާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އޮޑިޓް އޮފީހުން ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅާފައިވާ ޕާފޯމެންސް އޮޑިޓް ހެދުމަށް އޭސީސީއިން ހޯދާފައިވާ ކޭސްތަކާ ގުޅޭ ތަފާސްހިސާބާއި ބައެއް މައުލޫމާތު ވެސް ފުރިހަމަ ނުވާކަމަށެވެ.

އަދި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 31 ޖުލައި 2020ގެ ނިޔަލަށް ނުނިމި ހުރި މުއްދަތު ނުވަތަ އޭޖް އެނަލިސިސް އަށް ބަލާއިރު ކޮމިޝަނުގައި ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާ މައްސަލަތައް ހުރިކަން ކޮމިޓީއަށް ފާހަގަކުރެވުނުކަމަށާއި، މައްސަލަތަކުގެ ތަހުގީގު މަރުހަލާ ނިމުނު ނަމަވެސް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށެވެ.

މީގެ އިތުރުން ރިސްކް އެސެސްމަންޓް ރިޕޯޓް ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅާފައިވާ އިރު، އެއްވެސް މުއައްސަސާއަކުން އެކްޝަން ޕްލޭނެއް އެކުލަވާލައި ކޮމިޝަނާ ހިއްސާކޮށްފައި ނުވާ އިރު، 2 މުއައްސަސާއެއް ފިޔަވައި އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހުށަހަޅާފައި ނުވި ނަމަވެސް، އެފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ނުވާކަމަށެވެ.

ކޮމިޝަންގެ މަސައްކަތް އާދަޔާ ޚިލާފަށް ލަސްކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފާހަގަކުރެވޭތީ ތަކުރާރުކޮށް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެވުނު ނަމަވެސް، އެކަށީގެންވާ ހަލުވިމިނެއްގައި މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ލަސްވެފައިވާތީ ތަކުރާރުކޮށް އެކަމާ ސުވާލުކޮށް ތަހުގީގުތައް އަވަސްކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ސުވާލުކޮށް އެކަންކަމަށް މަގުފަހިކޮށްދީފައި ވީނަމަވެސް، ކޮމިޓީއަށް ހާޒިރުކުރެވޭ ކޮންމެ ފަހަރަކުވެސް ދައުވާ ކުރުމަށް ވަކި އަދަދަކަށް މައްސަލަތަކެއް ވަކި އަދަދެއްގެ ތެރޭގައި ޕީޖީގެ އޮފީހަށް ފޮނުވާނެކަމަށް ކޮމިޓީގައި ބުނެފައިވީ ނަމަވެސް، އެގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ކޮމިޝަންގައި ފުނިޖެހި ދައުލަތަށް އެތައް މިލިއަން ރުފިޔާއެއް ހޯދަން ދައުވާކުރަން ޖެހިފައިވީނަމަވެސް 2021 ވަނަ އަހަރު ކޮމިޝަނުން ދައުލަތުން އަނބުރާ ނަގައިދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް 26 އޮކްޓޫބަރުގައި ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވާކަމާއި، އެހެންކަމުން އޭސީސީގެ މަސައްކަތަށް ބަލާއިރު އެ ކޮމިޝަންގެ މެންބަރުންނަށް އެކަށީގެންވާ މިންވަރަށް މަސްއޫލިއްޔަތު އަދާނުކުރެވޭކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަތައް ތަހުގީގުކޮށް ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުނު ނަމަވެސް، ތަހުގީގު ފުރިހަމަވުމުގައި އަދި އެނޫން ވެސް ސަބަބުތަކާހުރެ ދައުވާނުކޮށް އަނބުރާފޮނުވާލާފައިވާ މައްސަލަ ގިނަކަމާއި، މި ސަބަބުތަކަށް ރިއާޔަތްކޮށް އެކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ނޫނީ އޭސީސީގެ ފަރާތުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭނެކަން ކޮމިޓީއަށް ގަބޫލުނުކުރެވޭކަމުން، މި ސަބަބުތަކާ ގުޅިގެން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ކޮމިޝަންގެ ނައިބް ރައީސް ފާތިމަތު އަނޫލާ އަދި ކޮމިޝަންގެ މެންބަރު އައިޝަތު އަބްދުﷲ ވަކިކުރަން ފެންނަކަމަށް ކޮމިޓީގެ 48 ވަނަ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް އަމީންއާންމު ވަނީ ކޮމިޓީގެ ސިޓީ ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ. އިތުރު މަސައްކަތެއް ތާވަލުކޮށްފައި ނުވާތީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް އަންގަވާނެކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު