Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުލި ދެއްކުން

ކުލި ދައްކަން ނުޖެހޭނަމަ؟

16 ޑިސެމްބަރު 2021 | ބުރާސްފަތި 10:12

ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ގިނަ ދުވަސްވީ ވަރަށް ބޮޑު މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 10:12
ރޭގަނޑު މާލޭގެ މަގުމަތި

ރޭގަނޑު މާލޭގެ މަގުމަތި

ކޮންމެ މީހަކު ވެސް އެ މީހަކު ދިރިއުޅޭ ފަސްގަނޑު ދޫކޮށް ތަރައްޤީވެފައިވާ މާލޭ ސިޓީއަށް އަންނަނީ ގިނަ އުންމީދުތަކަކާ އެކުއެވެ. ދުވަހެއް ދުވަހަކަށް މާލެ ސިޓީ ތޮއްޖެހެމުން ދާއިރު ބައެއް މީހުން އުފަން ފަސްގަނޑު ދޫކޮށް މާލެ އަންނަނީ އެމީހުންގެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށާއި ސިއްހީ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށެވެ. ކުރު ގޮތަކަށް ބުނާނަމަ އަސާސީ ބޭނުންތައް ފުއްދުމަށެވެ.

އެހެންނަމަވެސް މި ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި މާލެ އަންނައިރު ކުރިމަތިލާންޖެހޭ ހަޤީޤަތެއް އެބައޮތެވެ. އެއީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކުއްޔާއި އެޑްވާންސެވެ. މިހާރު މާލޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރާ އަގަށް ބެލިޔަސް ފައިދަށުން ބިންގަނޑު ދެމިގަންނަހެން ހީވާ ކަހަލައެވެ. އެއީ އަތް ނުފޯރާ ފަށުގައި ކުލި ހުރުމުންނެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެކި ސަރުކާރުތަކުން ވަނީ ފްލެޓްތައް ދޫކޮށްފައެވެ.

ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީ އެކި ވައުދުތައް ވެސް ވަނީ ވެފައެވެ. އެހެންނަމަވެސް އެކަމުން ވެސް ކުރި ފައިދާއެއް ފެންނާކަށް ނެތެވެ. ގިނަ ފަހަރަށް އެ ފްލެޓް ލިބޭ މީހާވެސް އެ ތަންތަން ބޭނުންކުރަނީ އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުގައެވެ. ނުވަތަ އޭނާ ދައްކަން ޖެހޭ ކުޑަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި ކުއްޔަށް ދީފައި ހިޖުރަކުރަނީ ރާއްޖެއިން ބޭރަށެވެ. ގިނަ އާއިލާތަކުން ތަނުގެ ކުލި ދައްކާފައި ދިރިއުޅުމުގެ ޒަރޫރީ އެހެން ބޭނުންތަކަށް ޚަރަދު ކުރާނެ ފައިސާއެއް ނުހުރެއެވެ. މިއީ އަލަށް ކައިވެނި ކުރާ ދެމަފިރިހެންގެ ވެސް ހާލެވެ. ކޮންމެ މީހަކު ވެސް އަލަތު ކައިވެނިކޮށްގެން އަނބިމީހާ ނުވަތަ ފިރިމީހާއާ އެކު އަމިއްލަ އެޕާޓްމަންޓްއެއްގައި ދިރިއުޅުމުގެ ހުވަފެން ދެކެއެވެ.

އެހެންނަމަވެސް އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވުމުން މި ޖެހެނީ އެހުވަފެން ވެސް ގުރުބާން ކޮށްލުމަށްފަހު ދެ ފަރާތު އާއިލާ ތެރެއިން އެއް އާއިލާއަކާ އެކީގައި ދިރިއުޅޭށެވެ. ނުވަތަ ދެން ޖެހެނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހިފުމަށް ފަހު އެއް ކޮޓަރީގައި، ދުރިހިލޭ ނުވެސް ދަންނަ ބަޔަކު ކުލި ދީގެން ގެންގުޅޭށެވެ. މީގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް އެތައް ސަރުކާރުތަކުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ރައްޔިތުން ބޭނުން ވަނީ ގިނަ ހުވަފެންތަކާއި ފޮނި ވައުދުތަކެއް ވާ ސަރުކާރެއް ނޫނެވެ. މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދައިދޭނެ ސަރުކާރެކެވެ. އެއީ ގާނޫނަކުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް މައްސަލައެއް ނެތެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި "ރެންޓް ކޮންޓްރޯލް" ގާނޫނުތައް ހަދައި، އަމަލު ކުރަމުން ވެސް ދެއެވެ. ޔޫރަޕުގެ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޖަރުމަންވިލާތުގައި ވެސް މިފަދަ ގާނޫނެއް އޮވެއެވެ. ޖަރުމަނުގެ ވެރިރަށް ބާލިންއަށް ބަލާއިރު، މީހުން ދިރިއުޅެން އެންމެ ރަނގަޅު ތިން ކޮޓަރީގެ އެޕާޓްމަންޓެއް 400 ޔޫރޯ އަށް ލިބެއެވެ. ނަމަވެސް ރާއްޖެ ކަހަލަ ޚާއްސަކޮށް މާލެ ކަހަލަ ތަނެއްގައި ގާނޫނަކުން ކުލި ކަނޑައަޅައިގެން ކޮންޓްރޯލްކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެކަށީގެންވާ އަދަދަކަށް ހެޔޮ އަގެއްގައި ގިނަ ފްލެޓްތަކެއް އެއްފަހަރާ މާކެޓަށް ނެރެވިއްޖެނަމަ އެއީ ވެދާނެ ކަމެކެވެ. 

ކުލި ކޮންޓްރޯލްކުރުމާއި އެއްފަހަރާ ގިނަ އަދަދެއްގެ ފްލެޓްތައް މާކެޓަށް ނެރުމަކީ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއްތޯ ސުވާލު އުފެދެއެވެ؟ ރެއަލްއެސްޓޭޓް ވިޔަފާރި ފުދޭ ވަރަކަށް ފުޅާވެ ކުރިއަރާފައިވާއިރު ކުލިތައް ދަށަށް ދިއުމަކީ ނުވަތް ކޮންޓްރޯލްކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެކެވެ. އެހެންކަމުން އެފަދަ ރިސްކެއް ނެގުމަކީ ރާއްޖޭގައި ވެރިކަން ކުރާ ފަރާތްތަކަށް ކުރަން ކެރިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ؟ ޚާއްސަކޮށް ކޮންމެ ސަރުކާރެއްގައި ވެސް މާލޭގެ ނުފޫޒު ގަދަ ގެދޮރުވެރިން ނުވަތަ "ޒަމީންދާރުން" ގެ ހިއްސާ ބޮޑުވުމުން އެފަދަ ކަމެއް ކުރުމަކީ ސަރުކާރަށް ލޮޅުން އަރާވަރުގެ ކަމަކަށް ވެސް ވެދާނެއެވެ. 

ރާއްޖެއިން މިއަދު ފެންނަ މަންޒަރަކީ ރައްޔިތު މީހާގެ އަސާސީ ބޭނުން ފުއްދުމަށް ތޮއްޖެހިފައިވާ މާލެ ސިޓީއަށް ބަދަލުވުމާއެކު މާލޭގައި ދިރިއުޅޭ ތަނަށް ދައްކަންޖެހޭ ކުލީގެ އަޅަކަށްވާ މަންޒަރެވެ. މަހު މުސާރަ އަށް 15،000ރ. ނުލިބޭ މީހާ ތަނުގެ ކުއްޔަށް 18،000ރ. ދެއްކުމަށް ގަނަތެޅޭ މަންޒަރެވެ. ބޮޑު ކުލީގެ ސަބަބުން ރައްޔިތު މީހާ ހަނާވަމުންދަނީއެވެ. އިޖުތިމާއީ އެތައް ބައްޔެއްގެ އަސްލަކީ ބޮޑު ކުއްޔެވެ. ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަންނަނީ ކުއްޔެވެ.  

އިތުރަށް ކިޔާލަން

04 ޖުލައި 2018

ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ

04 ޖުލައި 2018
ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ
05 އެޕްރީލު 2018

ހެޔޮފުޅުކަން ދައްކަން ސަރުކާރުން އުނބަށް!

05 އެޕްރީލު 2018
ހެޔޮފުޅުކަން ދައްކަން ސަރުކާރުން އުނބަށް!
03 ފެބުރުއަރީ 2018

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
20 ޑިސެމްބަރު 2017

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
23 މެއި 2017

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް