Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ހެޔޮފުޅުކަން ދައްކަން ސަރުކާރުން އުނބަށް!

ކާޑުގެ އަގު ބޮޑު ކުރީ އާދައިގެ ހަނޑޫ ބިދޭސީން ކާތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 18:21
ރައީސް ޔާމީން: ކާޑުގެ އަގަށް ގެނައި ބަދަލު އިހު ހުރިވަރާ އެއްވަރު

ރައީސް ޔާމީން: ކާޑުގެ އަގަށް ގެނައި ބަދަލު އިހު ހުރިވަރާ އެއްވަރު

"މުއިއްޒު ވުން" މިއީ މިހާރު ބައެއް މީހުން މިސާލު ބަހެއްގެ ގޮތުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެމާނައިގާ އެބަސް ބޭނުންކުރާ މީހުން ބުނެއުޅެނީ އެއީ ކަމެއް ދެފަހަރަށް ކުރަން ޖެހުން ކަމަށެވެ. މިސާލަކަށް މަގެއް ބަންދުކޮށް އަލުން އެމަގު ހުޅުވުން، ހުޅުދާން ބަގީޗާއެއް ހަދާފައި ހަމަ އެތަން އެހެން ޕާކަކަށް ބަދަލު ކުރުން ފަދަ ކަންކަމެވެ. އިތުރު އެހެން މާނައެއްގައި ވެސް އެ ބަސް ބޭނުންކުރެއެވެ. އެއީ ކުރާ މަސައްކަތެއް ތަކުރާރުކޮށް ކުރަންޖެހުމެވެ. މިސާލަކަށް ރަސްފަންނުގެ ދުވާ ޓްރެކް އިރުއިރުކޮޅާ މަރާމާތުކުރަން ޖެހުން ހިމެނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދަނީ އެފަދަކަންކަން ކެނޑިނޭޅި ކުރަމުންނެވެ. އެފަދަ ކޮންމެ ކަމެއް ކުރުމާ އެކު ޢާއްމުންނަށް ބައެއް ފަހަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއެވެ. އިސާހިތަކު ރައްޔިތުންގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވަނީ މަދެއްކޮށެއް ނޫނެވެ.

އެފަދަ ވަގުތަތަކުގައި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެންބަރުންނާއި ވަޒީރުން އަދި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ ޓީވީ ޗެނަލުން އެހެން ކަމެއް ނޯވެއެވެ. އެކަމުގެ ދިފާއީ ވާހަކަތަކުގައެވެ. އެފިޔަވަޅުގެ މޮޅު ވާހަކަ ދެއްކުމުގައެވެ. އެކަމުގެ ފައިދާއެވެ. އެކަން ކޮންމެހެން ވެސް ކުރަން ޖެހުނު ސަބަބު ބުނެދޭށެވެ. އެކަމަކު އެވާހަކަތަކުގެ ހޫނު ނުކެނޑެނީސް އޭގެ އިދިކޮޅަށް ޖަހާތަން ދަނީ ފެންނަމުންނެވެ. އިހު ހުރި ގޮތަށް ރުޖޫއަވާ މަންޒަރެވެ. ކުރިން ކުރި ގޮތައް އަލުން ކުރަން ފަށާ ތަނެވެ.

އޭގެ އެއްކަމަކީ ކާޑުގެ ބާވަތްތަކުގެ އަގަށް ސަރުކާރުން ގެނައި ބަދަލެވެ. ޒަރޫރީ ކާޑު ކޮޅުގެ އަގު ބޮޑުކުރުމެވެ. އެބަދަލު ފުރަތަމަ ގެނައީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ސަރުކާރުން އޭރު ދެއްކީ ވަރަށް މަޖާ ވާހަކައެކެވެ. ބުނަމުން ދިޔައީ އާދައިގެ ހަނޑޫ ބޭނުން ކުރަނީ ބިދޭސީން ކަމަށެވެ. ދިވެހިންކަނީ މޮޅު ހަނޑޫ ކަމުގައެވެ. އެހެންކަމުން ސަރުކާރުން ކާޑަށް ދޭ ސަބްސިޑީން ދިވެހިންނަށް ވުރެ ބޮޑު ފައިދާއެއް ކުރަނީ ބިދޭސީންނަށް ކަމަށް ސަރުކާރުން ބުންޏެވެ. އެދުވަހު ރައްޔިތުން ރޮއެރޮއެ އޮއްވާ ސަރުކާރުން ވަނީ 3.98 ރުފިޔާ އަށް ވިއްކަމުން ދިޔަ ހަނޑޫ ކިލޯއެއްގެ އަގު 7.96ރ. އަށް ބޮޑުކޮށްފައެވެ. އަދި 4.50ރ. އަށް ވިއްކި ހަކުރު ކިލޯގެ އަގު 8ރ. އަށް އުފުލާލިއެވެ. އެވަރުން ފުދުނީކީ ނޫނެވެ. ކުރިން 3.50 ރުފިޔާއަށް ވިއްކި ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ޖައްސާލީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.

މެންބަރުން ޓީވީތަކަށް އަރާ އެބަދަލަށްޓަކައި ރައީސް ޔާމީންގެ މޮޅުވާހަކަ އާއި އިޤްތިސޯދީ ގޮތުން ލިބުނު ކުރިއެރުމުގެ ވާހަކަތަކާއި ހުޝާމިދުކޮށް ނުނިމެނީސް ބޯމަތިވީ 2017 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެވެ. ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކަމަށް ދައްކާން ވެގެން ހަނޑުލާއި ހަކުރުން 15 އިންސައްތަ އަދި ފުށުން 12 އިންސައްތަ އަގު ހެޔޮކުރިއެވެ. އެގެނައި ކުޑަ ބަދަލާ އެކު ވެސް އިހުހުރި އަގާ ކައިރި ވެސް ކުރާވަރެއް ނުވިއެވެ. އެބަދަލަކުން އެއިންތިޚާބުގައި ރައްޔިތުން ގުނބޯ ހެއްދޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެއިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުންޏެވެ.

ރައީސް ޔާމީންގެ ހެޔޮފުޅުކަން ދައްކަން އަނެއްކާ ވެސް ކާޑުގެ އަގަށް ބަދަލު ގެނައީ މިދިޔަ ބުދަދުވަހުއެވެ. ހީވީ އެހެން ފަދަ ކަމެއް ހެނެވެ. ދެނެކާ ދެނެއް ނެތެވެ. ސަރުކާރުގެ ސޯޝަލް މީޑިޔާ ޓީމު ހިންގާލަން ފެށިއެވެ. ވަގުތުގެ ބޭނުން ހިފާފައި ރައީސް ޔާމީނަށް ތައުރީފްގެ ބަސްތައް މާމަލުން ގަތަން ފެށިއެވެ. އެމަނިކުފާނު ވަރުގެ ވެރިއަކު ނެތްކަމަށް ބުނެ ބޮޑެތި ފޮޓޯތަކާ އެކު ޓްވީޓްތައް ކުރަން ފެށިއެވެ. ގެނައި ބަދަލު ރައްޔިތުންނަށް އެނގުނުއިރު ކަމަކުދާކަށް ނެތެވެ. ޖެހުނީ އިހުހުރިތަނުގައެވެ. ވީ ހެވެއް ނެތެވެ. ސަރުކާރުން ކާޑުގެ އަގު ބޮޑު ކުރިއިރު ހުރިވަރަށް ވުރެ އެންމެ ލޯލާރިއެއް ވެސް ކުޑައެއް ނުވިއެވެ. ހަމަ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ރައްޔިތުންގެ ކާޑުކޮޅަށް ގެނައި ބޮޑު ބަދަލު ގެނައިއިރު ހުރިވަރަށެވެ. ނަސީބު ދެރަކަމުން އަނެއްކޮޅުން އެންމެ ބޮޑަށް ވާދަކިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކާޑުގެ ބާވަތްތައް ހުރި އަގަށް ވުރެ ތަންކޮޅެއް ބޮޑެވެ.

ކޮންމެއަކަސް މިފަހަރު ވެސް ސަރުކާރަށް ލިބުނީ ބޮޑު ލަނޑެކެވެ. ކުރެވުނު ކަންކަމުން ފެނުނީ އިތުރަށް ލަދުގަތްތަނެވެ. ރައީސް ޔާމީންގެ ހެޔޮފުޅުކަން ދައްކަން މިފަހަރު ވެސް އެނބުރި އުނބަށް ޖެހީތީއެވެ. އިހު ހުރިތަނަށް ދިޔައީތީއެވެ. މޮޅުކަން ދައްކާށާއި ހެޔޮކަން ދައްކާން ކުރި ކަމަކުން ހެޔޮ ބަހެއް ނުލިބި ރައްޔިތުންގެ ފުރައްސާރަ ކުރިމަތިވުން ނޫން ކަމެއް ނުވިއެވެ. މިފަހަރު ވެސް މުއިއްޒުވުމުން ލިބުނީ ބޮޑު ލަދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު