Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިއާއަށް އައި ބިންހެލުން

އިންޑޮނީޝިއާއަށް އައި ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފި

ބިންހެލުމާއި ގުޅިގެން މީހަކަށް އަނިޔާވެފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2021 | އަންގާރަ 09:40
އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމާއެކު އާންމުން ހުސްތަންތަނަށް ނުކުމެ

އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމާއެކު އާންމުން ހުސްތަންތަނަށް ނުކުމެ

އަންގާރަ ދުވަހުގެ ހެނދުނު ރިކްޓަރ މިންގަނޑުން 7.4 މެގްނިޓިއުޑްގެ ބާރު މިނުގައި އިންޑޮނީޝިއާއަށް އައި ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފިއެވެ.

ބީބީސީގައި ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ ގަޑިން ހެނދުނު 10:30 ގައި ކަމަށެވެ. އެ ގައުމުގެ އީސްޓް ނުސާ ޓެންގާރާ ސަރަހައްދުގެ ފްލޯރޭސް އައިލެންޑަށް އައި މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ބީބީސީން ބުނެފައިވެއެވެ. ނަމަވެސް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް އިހްސާސް ކުރެވުނު ކަމަށް އާންމުން ވަނީ ބުނެފައެވެ.

7.4 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ނެރުނެވެ. ނަމަވެސް ފަހުން އެ އިންޒާރުވަނީ ނަގާފައެވެ. ބިންހެލުމާއެކު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބިންހެލުމާއެކު މީހުން އިމާރާތްތަކުން ނުކުމެ ދުވާތަން ފެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި ތިބި މީހުން ވެސް އިމާރާތުން ބޭރަށް ނުކުންނަތަނާއި، ބިންހެލުމެއް އަތުވެއްޖެކަމަށް އާންމުންގެ މީހަކު ގޮވަމުން ދިޔަ އަޑު ރެކޯޑް ކުރެވިފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވަނީ ލިބިފައެވެ. ސުނާމީގެ އިންޒާރު ނަގާފައިވީ ނަމަވެސް އާންމުން ތިބީ އަދިވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް ހާލަތު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ އެގައުމުގެ ޖާވާ އައިލެންޑުގައި ހުންނަ ސެމެރޫ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވާ 48 މީހުން މަރުވިތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު