Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ ސަބްމެރިން ކޭބަލް

ސަބްމެރިން ކޭބަލަކުން ކުޅުދުއްފުށި ސިޓީ، ސިންގަޕޫރު އަދި ޔޫރަޕާ ގުޅުވާލަނީ!

13 ޑިސެމްބަރު 2021 | ހޯމަ 17:58

ސަބްމެރިން ކޭބަލްގެ ސަބަބުން، ސިންގަޕޫރާއި، ޔޫރަޕްގެ 15 ގައުމުގެ އިތުރުން، އިރުމަތީ އެފްރިކާއާވެސް ރާއްޖެ ގުޅާލެވޭނެ

މަޚްތޫމް
މަޚްތޫމް | 13 ޑިސެމްބަރު 2021 | ހޯމަ 17:58
ޕީސް ކޭބަލްއަށް އިންވެސްޓްކޮށް، އެއްބަސްވުމެއްގައި ސޮއިކޮށް އުރީދޫން ސިންގަޕޫރާއި ޔޫރަޕް ކުޅުދުއްފުއްޓާ ގުޅުވާލަނީ

ޕީސް ކޭބަލްއަށް އިންވެސްޓްކޮށް، އެއްބަސްވުމެއްގައި ސޮއިކޮށް އުރީދޫން ސިންގަޕޫރާއި ޔޫރަޕް ކުޅުދުއްފުއްޓާ ގުޅުވާލަނީ | އުރީދޫ

އުރީދޫ މޯލްޑިވްސްއިން ޕީސް ކޭބަލްއަށް އިންވެސްޓްކޮށް, އެއްބަސްވުމެއްގައި ސޮއިކުރިކަމަށް މިއަދު އިއުލާނުކޮށްފިއެވެ.

ޕީސް ކޭބަލްއަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަޤްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

'ޕީސް' ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީއިން، ސިންގަޕޫރާއި، ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނޭގޮތަށެވެ. އުރީދޫ މޯލްޑިވްސްއިން ކުޅުދުއްފުށި ޚިޔާރުކޮށްފައިވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވާލަދީ، ޑިޖިޓަލް ޚިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން، ސިންގަޕޫރާއި، ޔޫރަޕްގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާއާވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ މޯލްޑިވްސްއިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއެކު 5ޖީގެ ޤާބިލުކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު، ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަރސްކޭލަރ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން، ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެއެވެ. މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އައު ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްޤީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ޚިދުމަތްތަކުގެ އިތުރުން، 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ޚިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ. އެހެންކަމުން އިންޓަރނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރއެއް ބިނާކުރުމަކީ މުހިންމުކަމެއް ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތަކާއެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢާއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށެވެ. މި ފަޚުރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުސަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެ ކަމަށާއި، މި އައު އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިންގ ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިޚްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވިއެވެ.

ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ކުޅުދުއްފުށީ ސިޓީގައި ކޭބަލް ގުޅުވާލެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ލަފާކުރެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި، އައު އީޖާދުތަކާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުވާލަދޭ އިންޤިލާބީ 5ޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނެޓްވޯރކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

31 ޖުލައި 2018

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް

31 ޖުލައި 2018
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް
03 މެއި 2018

އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ދިރާގުގެ އިތުރު ހިދުމަތްތައް ތައާރަފުކޮށް ޕްރޮމޯޝަނެއް ފަށައިފި

03 މެއި 2018
އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ދިރާގުގެ އިތުރު ހިދުމަތްތައް ތައާރަފުކޮށް ޕްރޮމޯޝަނެއް ފަށައިފި
30 އެޕްރީލު 2018

ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް އައްޑޫ ސިޓީއަށް

30 އެޕްރީލު 2018
ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް އައްޑޫ ސިޓީއަށް
14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
15 ޖެނުއަރީ 2018

މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރ

15 ޖެނުއަރީ 2018
މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރ
02 އޯގަސްޓު 2017

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް