Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ލިވިންގް އެކްސްޕޯ

މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރ

އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 15 އިން 17 އަށް ނެޝެނަލް އާރޓް ގެލަރީގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖެނުއަރީ 2018 | ހޯމަ 08:39
ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހައިރައިޒް ކުންފުނީގެ ފަރާތުން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރ އަކަށް ކޮލަންބޯ ސިޓީ ސެންޓަރ ހަމަޖައްސައިފިއެވެ.

ލިވިންގް އެކްސްޕޯގެ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލަންބޯ ސިޓީ ސެންޓަރގެ ޖެނެރަލް މެނޭޖަރ ނިރުޕާ ޕެއިރިސް ވިދާޅުވީ ބޭންކުތަކާއެކު އީޒީ ޕޭމަންޓު ހަމަޖެއްސޭނެ ގޮތްތައް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި އިވެންޓުގެ ކޯ ސްޕޮންސަރުންނަށް އަލް ޓަޔާ, ކޮރަލް ގުލޮވަޑް ހަމަޖައްސާފައިވާއިރު ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ.

ބޮރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ޗެނެލް 13 ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ސެޓަޕް ޕާޓްނާއެއްގެ ގޮތުގައި އަސަރީ ސާރވިސަސް ހަމަޖައްސާފައިވާއިރު ޕަޕްލިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވަނީ އައިލެންޑް ޗެފްއެވެ.

ސެކިއުރިޓީ ޕާޓްނާއެއްގެ ގޮތުގައި ދަ ގޭޖް ހަމަޖައްސާފައިވާއިރު ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ޑިޖިޓަލް ކޮމިއުނިކޭޝަން ޕާޓްނަރަކަށް ވަނީ ދިރާގު ހަމަޖައްސާފައެވެ.

ހައިރައިޒް ކުންފުނީގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން ވިދާޅުވީ މިފަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ ރިއަލްސްޓޭޓް ހިދުމަތް ފޯރުކޮށްދޭ އަދި އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 28 ކުންފުންޏަކުން މި އަހަރުގެ ލިވިންގް އެކްސްޕޯ ބައިވެރިވާއިރު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 15 އިން 17 އަށް ނެޝެނަލް އާރޓް ގެލަރީގައެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އަކީ ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކެއް އެއް ސަރަހައްދަކުން ލިބިގެންދާ އެކްސްޕޯއެކެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު