Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް

ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 ޖުލައި 2018 | އަންގާރަ 10:57
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ސ.މަރަދޫ އަދި މަރަދޫ ފޭދޫ އަށް އަންގާރަ ދުވަހު ތައާރަފްކޮށްފިއެވެ.

މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.

Advertisement - businessAdvertisement

"އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްޤީ ފޯރުކޮށްދިނުން. ފާއިތުވެދިޔަ 13 އަހަރުތެރޭގައި، ދިވެހިރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ. މި ޚިދުމަތާއި އެކު، މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެއެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއެކު ސުޕަރނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ދީފައެވެ.

އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ އިން ވަނީ ހޯމަ ދުވަހުގެ ރޭ ވަރަށް ހާއްސަ އޮފަރއެއް ވެސް ތައާރަފް ކޮށްފައެވެ. މި އޮފަރ މެދުވެރިކޮށް، 30 އޮގަސްޓްގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ އެންމެހާ ބޭފުޅުންނަށް، 13 މަސްދުވަސް ވަންދެން ޕެކޭޖުން %50 ގެ ބޯނަސް ޖީބީ ލިބިގެންދާނެއެވެ.

މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ އައްޑޫ ކޭބަލް ކޮމިއުނިކޭޝަންއެވެ.

އުރީދޫ އިން ބުނީ އައްޑޫގެ އެހެނިހެން ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު