Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު ހިދުމަތްތައް

ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް އައްޑޫ ސިޓީއަށް

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 30 އެޕްރީލު 2018 | ހޯމަ 07:44
ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އައްޑޫ ސިޓީގައި އިފްތިތާހުކުރުން

ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އައްޑޫ ސިޓީގައި އިފްތިތާހުކުރުން

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާ އެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އައްޑޫ ސިޓީއަށް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ދިރާގުން ހިތަދޫގައި އާދިއްތަ ދުވަހު ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރ ޝަލަބީ އިބްރާހިމް އާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 ގެ ގަދަ ފަހެއްގައި ހިމެނުނު ހުސެއިން ޝަހުދާންއާ އެކު ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމި ރަސްމިއްޔާތު މޫސުމް ގޯސްވެގެން ވަނީ އިއްޔެ ހަވީރަށް ފަސްކޮށްފައެވެ. އައްޑޫއަށް ރަސްމީކޮށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދްމަތް އިފްތިތާހުކޮށް ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިންޓްރޮޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު އެ ޕެކޭޖުގެ އަގަކީ 300ރ. އެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އަދި އެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުއި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވޭ ޚިދުމަތެކެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު