Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމައުމޫން

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

އައިޝަތު ޝާނާ
އައިޝަތު ޝާނާ | 6 ޖެނުއަރީ 2017 | ހުކުރު 23:47
އުރިދޫ މޯލްޑިވްސް

އުރިދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސްގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި ގުޅުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

އުރިދޫއިން ބުނީ، މަލްޓިމިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް އުރީދޫ އިން ފަށައިފާވަނީ އެކުންފުންޏަށް ރާއްޖޭގައި އިންޓަނެޓްގެ ޙިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ރާއްޖޭގެ ވިޔަފާރިތަކާއި މުޖުތަމައުއަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދިނުމުގެ މަގްސަދުގަ ކަމަށެވެ.

އުރީދޫއިން ބުނީ، ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ 4G+ނެޓްވާރކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މިގޮތުން، މުޅި ރާއްޖޭގައި އުރީދޫ ނެޓްވާރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާއިރު، މުޅިން އަލަށް 40ރަށެއްގައި 4G+ގެ ހިދުމަތް މިދިޔަ ހަފްތާ ވަނީ ތަޢާރަފްކުރެވިފަކަމަށް އުރީދޫއިން ބުންޏެވެ.

މިކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ، ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރަށް މުހިއްމު ދައުރެއް އަދާކުރޭ ކަމަށެވެ. ޑިޖިޓަލް ގައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗަރ އެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާއިރު، މި ތަސައްވުރަށް އެއްބާރުލުން ދެވުމަކީ ލިބޭ ފަހުރެއްކަމަށް ސިންހާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

16 ޖޫން 2017
ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު