Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީގެ އެއްބަސްވުން އުވާލި މައްސަލަ

އެޗްޑީސީގެ އެއްބަސްވުން މާލެ ސިޓީ ކައުންސިލަށް ބާތިލެއް ނުކުރެވޭނެ - އެލްޖީއޭ

މި މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށް އިންކުއަރީއެއް ހެދުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2021 | ހޯމަ 14:09
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މާލެ ސިޓީ ކައުންސިލުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަކީ ސިޓީ ކައުންސިލަށް ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ 03 ވަނަ ކުއްލި ބޯޑު ބައްދަލުވުމުގައެވެ. މި މައްސަލަ އެލްޖީއޭއަށް ހުށަހެޅީ އެޗްޑީސީންނެވެ. އެލްޖީއޭއިން ބުނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާއިން، އެޗްޑީސީގެ ނަމުގައި ހަދާފައިވާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ރަޖިސްޓްރީ ކެންސަލް ކުރުމަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ނިންމާކަމަށެވެ. މީގެ އިތުރުން މި މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށް އިންކުއަރީއެއް ހެދުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ބިމުގެ ރެޖިސްޓްރީ ބާތިލްކުރި މައްސަލައާއި، އެ ނިންމުމަށް އަމަލުކުރުން މަޑުކުރުމުގެ އަމުރަކަށް މި މަހުގެ 9 ވަނަ ދުވަހު އެޗްޑީސީން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މައްސަލަ ހުށަހަޅާފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ. ސުހައިލް ވިދާޅުވީ ސިޓީ ކައުންސިލްގެ މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާއަށް މިގޮތަށް ހުށަހެޅުއްވީ، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވަމުން ނަރީޝް ވިދާޅުވީ، ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށްވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް، އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ވާހަކަ ދެއްކުމަށްފަހު ހުށަހެޅުން ފާސްކުރީ 12 މެމްބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެމްބަރުންނެވެ. މިއާއެކު އެ ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒުވަނީ ލޭންޑް ބިލްޑިން ސެކްޝަނަށް އެކަން އަންގަވާފައެވެ.  

މި މައްސަލައިގައި އެޗްޑީސީން ބުނެފައިވަނީ، މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ކަމަށެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ، އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ "ކުންފުންޏާބެހޭ ގާނޫނު"ގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަޚުސެއް ކަމަށެވެ.

އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ" ހައްގާއި، ބިމާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބު ނިންމުމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ.

އެޗްޑީސީން ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް، އެ ބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައިވުން ކަމަށެވެ. އަދި ހަމަ މި ގާނޫނުން އެނގިގެންދަނީ، ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ގާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަން ކަމަށާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށެވެ.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ބުނެއެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި، އެ މިލްކުވެރިކަމާ ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތައް އެ ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު