Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ، ކުދިންތަކަކާ ޖިންސީ ޢަމަލު ހިންގި މީހަކު 30 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އިއުތިރާފުގެ އެއްބަސްވުމުގެ ކުރިން ކަނޑައެޅެން އޮތް އަދަބުތަކަކީ؛ 5 ދަޢުވާއަށް، އެކުޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2021 | ހޯމަ 14:03
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 30 އަހަރު ދުވަހަށް ޖަލަށްލުމަށް މީހެއްގެ މައްޗަށް ޙުކުމްކޮށްފިއެވެ.

30 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ވ. ގާތިފް، ޙަސަން ޢަތޫފްގެ މައްޗަށެވެ. 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން, އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ, ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި ޙަސަން ޢަތޫފްގެ މައްޗަށް 05 (ފަހެއް) ދަޢުވާއެއްކުރުމަށް 28 ޖޫން 2021 ދުވަހު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅިއެވެ. އެ ދަޢުވާތަކަކީ; އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާއާއި، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދަޢުވާއާއި، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ އިތުރުން, ގްރޫމްކުރުމުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދަޢުވާލިބޭ އަތޫފް، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދުނެވެ. ދަޢުވާލިބޭ މީހާއާއެކު ޝަރީޢަތުގައި ދައުލަތުން އެއްބަސްވެފައިވަނީ، މިމައްސަލާގައި ކޮށްފައިވާ 5 ދަޢުވާގެ ތެރެއިން 2 ދަޢުވާއަކަށް އިޢުތިރާފުވެ، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދަޢުވާގެ ތެރެއިން 3 ދަޢުވާ އަނބުރާ ގެނައުމަށެވެ.

އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމި ދަޢުވާތަކަކީ; ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމާއި، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމާއި، ގްރޫމްކުރުމެވެ. ކުރިއަށްގެންދިއުމަށް ނިންމި ދަޢުވާތަކަކީ; އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމާއި، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ކުރިން ކަނޑައެޅެން އޮތް އަދަބުތަކަކީ 5 ދަޢުވާއަށް، އެކުޖުމްލަ ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބުތަކަކީ; ދަޢުވާއަށް އެކުޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ މި އެއްބަސްވުމާއެއްގޮތަށް މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ މީހާ ކުށަށް އިޢުތިރާފުވެފައިވާ ކަމަށެވެ. އަދި ދައުލަތާ ދަޢުވާލިބޭ މީހާއެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް، 13 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓުން ވަނީ، ޙަސަން ޢަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ "އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ" ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 30 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ޙުކުމްކޮށްފައެވެ. މި މައްސަލަ ބެއްލެވީ ޤާޟީ ދީބާނާޒް ފަހުމީއެވެ.

ޕީޖީ އޮފީހުން ބުނީ، މިމައްސަލައިގެ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ގިނަ ޢަދަދެއްގެ ހެކި ޤަރީނާ ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ދަޢުވާވެސް ކޮށްފައިވަނީ ދަޢުވާތައް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއެކުގައި ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން، މި އެއްބަސްވުމުގެ ސަބަބުން ދަޢުވާލިބޭ މީހާއަށް ހުރި ފައިދާތަކާއި ގެއްލުންތައް ތަފްސީލުކޮށް ސާފުކޮށްދީ ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ ޕްރޮސިކިއުޓަރ ޖެނެރަލްއާމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތަކީ, ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެކެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ، މައްސަލަތައް އަވަސްވެ، ޖިނާއީ ޢަދުލުގެ ނިޒާމަށް އޮންނަ ބުރަ ކުޑަވެގެންދިއުމެވެ. އަދި މިކަމުގެ ސަބަބުން ދަޢުވާލިބޭ މީހާއަށްވެސް ބޮޑެތި ލުއިތަކެއް ލިބުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން މިމައްސަލަ ޢާންމު އުޞޫލުން ކުރިއަށްގެންގޮސްގެން ދަޢުވާތަށް ސާބިތުކޮށްދެވުނުނަމަ، 76 އަހަރުގެ ޙުކުމެއް އަންނާނެއެވެ. ނަމަވެސް އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފައެވެ. މި ނިޒާމަކީ ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ވަރަށް ފުރިހަމައަށް ތަންފީޛްކުރަމުންދާ ނިޒާމެކެވެ.

ދައުލަތުގެ މަޞްލަޙަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމެވެ. މިމައްސަލައިގެ ޝަރީޢަތެއް ހިނގާނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާންޖެހޭގޮތް މެދުވެރިވާނެއެވެ. ރީވިކްޓިމައިޒްވުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެން ނަމަވެސް ކުށަށް އިޢުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީޢަތުގައި އިޢުތިރާފުވާނަމަ، ލުއި ދީގެން އަވަހަށް ޝަރީޢަތް ނިމުމުން މިދެންނެވި ކަންކަމުން ސަލާމަތްވެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ ޕްލީ ބާރގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުމެވެ. މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއި، ކުށްތަކާގުޅިގެން އަނިޔާލިބޭ މީހުން، އަދި މުޅި މުޖުތަމަޢުގެ މަޞްލަޙަތުވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުމުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު