Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާލަންޑް ޑޯޓްމުންޑް ދޫކޮށްލުން

މި ސީޒަނަށްފަހު ހާލަންޑް ޑޯޓްމުންޑް ދޫކޮށްލާނެ: އޭޖެންޓް

11 ޑިސެމްބަރު 2021 | ހޮނިހިރު 11:36

ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޑިސެމްބަރު 2021 | ހޮނިހިރު 11:36
ބޮރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް

މި ސީޒަން ނިމުމުން ނޯވޭގެ ޒުވާން ތަރި އާލިއަން ބްރައުޓް ހާލަންޑް ބޮރޫޝިއާ ޑޯޓުމުންޑް ދޫކޮށްލާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް، އުމުރުން 21 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރައިއޯލާ ވަނީ މި ސީޒަނަށްފަހު ހާލަންޑް ބަދަލުވެދާނެ ހަތަރު ކުލަބެއްގެ ނަން ހާމަކޮށްފައެެވެ. އެ ކުލަބުތަކަކީ ބަޔާން މިއުނިކް، ރެއާލް މެޑްރިޑް، ބާސެލޯނާ އަދި މެންޗެސްޓާ ސިޓީއެވެ. ރައިއޯލާ ބުނީ މި ސީޒަން ނިމުމުން ހާލަންޑް މިހާރު ހުރި ކުލަބު ކަމަށްވާ ޑޯޓްމަންޑް ދޫކޮށްލާނެ ކަމަށެވެ. އަދި އެއަށްފަހު ހާލަންޑް ބަދަލުވާނީ އެ ހަތަރު ކުލަބުގެ ތެރެއިން ކުލަބަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ރައިއޯލާ ހާމަކުރި ލިސްޓުގައި ރެއާލާއި ބާސާ ހިމެނޭއިރު، މިދިޔަ އަހަރު ހާލަންޑުގެ އޭޖެންޓާއި އޭނާގެ ބައްޕަ ވަނީ ސްޕެއިނަށް ދަތުރެއް ކޮށްފައެވެ. އެ ދަތުރުގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު އެ ދެ މީހުން ބައްދަލުކޮށް، ހާލަންޑުގެ ޓްރާންސްފާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ރައިއޯލާ ހާމަކުރި ލިސްޓުގައި ނުހިމެނޭ ޗެލްސީންވެސް ހާލަންޑް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ލަންޑް ގަތުމަށް ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ދާދި ފަހުން ވަނީ އެއްބަސްވެފައެވެ. ޓުޗެލް ބުނީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ހާލަންޑުގެ ސޮއި ހޯދުން އެއީ ޗެލްސީގެ އަމާޒެއް ކަމަށާއި، އެގޮތުން ހާލަންޑް ގަތުމަށް ޑޯޓުމުންޑާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ހާލަންޑަކީ ޗެލްސީގެ ގޭމް ޕްލޭނަށް ފައްކާވެފައިވާ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ޔުއެފާ ޗެމްޕިއަންސް ލީގު ދިފާއުކުރަން ހާލަންޑަކީ ޗެލްސީއަށް މުހިންމު ކުޅުންތެރިއަކަށްވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރި ނަމަވެސް، ހާލަންޑް ވިއްކާނަމަ އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 72 މެޗުގައި 74 ލަނޑު ޖަހާފައެވެ. އަދި މިދިޔަ ސީޒަނުގެ ޖަރުމަން ކަޕް ހާލަންޑް ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރު ހޮވި ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑުވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

އޮބަމަޔަންގގެ އަގު 50 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ: ޑޯޓްމުންޑް

22 ޖެނުއަރީ 2018
އޮބަމަޔަންގގެ އަގު 50 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ: ޑޯޓްމުންޑް
03 ޖެނުއަރީ 2018

ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އަގުއޭރޯ ދީފި

03 ޖެނުއަރީ 2018
ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އަގުއޭރޯ ދީފި
16 ނޮވެމްބަރު 2017

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މަގާމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެންގާ ދީފި

16 ނޮވެމްބަރު 2017
ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މަގާމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެންގާ ދީފި
27 އޯގަސްޓު 2017

ބަޔާން މިޔުނިކް މޮޅުވިއިރު، ޑޯޓްމުންޑް ވެސް މޮޅުވެއްޖެ

27 އޯގަސްޓު 2017
ބަޔާން މިޔުނިކް މޮޅުވިއިރު، ޑޯޓްމުންޑް ވެސް މޮޅުވެއްޖެ
31 ޖުލައި 2017

ނޭމާ ބާސާ ދޫކޮށްލާނެކަމަށް އުންމީދުކުރަން: ރާމޮސް

31 ޖުލައި 2017
ނޭމާ ބާސާ ދޫކޮށްލާނެކަމަށް އުންމީދުކުރަން: ރާމޮސް
21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް