Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލްގެ ޓްރާންސްފާތައް

އޮބަމަޔަންގގެ އަގު 50 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ: ޑޯޓްމުންޑް

22 ޖެނުއަރީ 2018 | ހޯމަ 04:05

އޮބަމަޔަންގގެ ޓްރާންސްފަރ އާ ގުޅޭ ރަސްމީ ވާހަކަތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 22 ޖެނުއަރީ 2018 | ހޯމަ 04:05
ޑޯޓްމުންޑަށް ކުޅޭ ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ: އޭނާ ހޯދުމަށް އާސެނަލް އިން ދަނީ މަސައްކަތް ކުރަމުން

ޑޯޓްމުންޑަށް ކުޅޭ ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ: އޭނާ ހޯދުމަށް އާސެނަލް އިން ދަނީ މަސައްކަތް ކުރަމުން

ޕިއޭ އެމެރިކް އޮބަމަޔަންގގެ ސޮއި ހޯދުމަށް އާސެނަލް އިން 50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް އޭނާ ކުޅޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް އިން ބުނެފި އެވެ.

ޑޯޓްމުންޑަށް ކުޅޭ ގެބޯންގެ ބައިނަލްއަޤްވާމީ ފޯވާޑް ގެންދިއުމަށް އާސެނަލް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ވަނީ އޮބަމަޔަންގ އާސެނަލް އަށް ފިޓުވާނު ވާނެ ކަމަށް ބުނެފައެވެ.

ވެންގާގެ މި ވާހަކަތަކާއެކު ޑޯޓްމުންޑްގެ ސްޕޯޓިންގ ޑިރެކްޓަރ މައިކަލް ޒޯކް ވަނީ، އެކްލަބުގެ ކުޅުންތެރިޔަކާއި ބެހޭ ގޮތުން އާއްމުކޮށް ވާހަކަ ދެއްކުމަކީ އިހްތިރާމް ކުޑަ ކުރުމުގެ އަމަލެއް ކަމަށް ބުނެ ވެންގާ އަށް ހުކުރު ދުވަހު ފާޑޫ ކިޔާފައެވެ.

އެހެންނަމަވެސް އޮބަމަޔަންގގެ ޓްރާންސްފަރ އާ ގުޅޭ ގޮތުން ދެ ކްލަބުން މިހާރު ރަސްމީ ވާހަކަތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އޮބަމަޔަންގގެ ޓްރާންސްފަރގެ ކަންކަމުގައި ޑޯޓްމުންޑާއެކު ވާހަކަތައް ބޭއްވުމަށް އާސެނަލްގެ ޗީފް އެގްޒެކެޓިވް އިވާން ގަޒިޑިސް ވަނީ ޖަރުމަނަށް ގޮސްފައެވެ.

ޑޯޓްމުންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހާންސް ޔޯޚިމް ވަޓްޒްކޭ އާ ހަވާލާދީ ޖަރުމަނުގެ ނޫހަކުން ވަނީ، ކުޅުންތެރިޔާގެ ޓްރާންސްފަރގެ ކަންތައްތަކާއި ގުޅޭ ގޮތުން އާސެނަލްގެ ފުރަތަމަ ހުށަހެޅުން އެކްލަބަށް ލިބިފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އޮބަމަޔަންގ އަށް އާސެނަލް އިން ހުށަހެޅި އަގު ވަޓްޒްކޭ ހާމަކޮށްފައެއްނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮބަމަޔަންގ އަށް އާސެނަލް އިން ހުށަހަޅާފައި ވަނީ 50 މިލިއަން ޔޫރޯ އެވެ. އެހެންނަމަވެސް ޑޯޓްމުންޑްގެ އޮފިޝަލުން އެ އަގަށް ހިތްހަމަނުޖެހޭ ކަމަށާއި، އޭނާގެ ޓްރާންސްފަރ ފީ އަށް 60 މިލިއަނާއި 70 މިލިއަން ޔޫރޯ އާ ދެމެދުގެ އަގަކަށް ޑޯޓްމުންޑް އިން ޑިމާންޑް ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮބަމަޔަންގ އަށް ޑޯޓްމުންޑް އިން ހުށަހަޅި އަގަށް އާސެނަލް އިން އެއްބަސްވެއްޖެނަމަ، އޭނާ ވެގެންދާނީ އާސެނަލްގެ އެންމެ އަގު ބޮޑު ޓްރާންސްފަރ އަށެވެ. މީގެ ކުރިން އާސެނަލްގެ ރެކޯޑް ޓްރާންސްފަރ އަކީ މިދިޔަ ހޫނު މޫސުމުގައި ފްރާންސްގެ ލިޔޯން އިން 46.5 މިލިއަން ޕައުންޑުގެ އަގަކަށް އެކްލަބާއި ގުޅުނު ފްރާންސްގެ ފޯވާޑް އެލެގްޒެންޑަރ ލަކަޒެޓް އެވެ.

ޑޯޓްމުންޑްގައި މޮޅު ކުޅުމެއް ދައްކަމުން އައި ފޯވާޑާއި ކްލަބާއި ދެމެދު މިސީޒަނުގައި މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. މިސީޒަނުގައި އަޚުލާގީ މައްސަލަތަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ޑޯޓްމުންޑްގެ ސްކޮޑުން އޭނާ ބާކީކޮށްފައިވާއިރު، ހުކުރު ދުވަހު ހާތާ ބާލިން އާ ދެކޮޅަށް ކުޅެ 1-1 ން އެއްވަރުވި މެޗަށް ނެގި ސްކޮޑުގައިވެސް އޭނާ ހިމަނާފައެއްނުވެއެވެ.

މިސީޒަނުގައި އޮބަމަޔަންގ ކުޅުނު 23 މެޗުގައި ޑޯޓްމުންޑަށް 21 ލަނޑު ޖަހައިދީފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޮބަމަޔަންގ މިހާރު ވަނީ އޭނާގެ އަމިއްލަ ކަންކަމުގައި އާސެނަލް އާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
01 މާރިޗު 2017

އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

01 މާރިޗު 2017
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް