Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ އަގުއޭރޯ

ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އަގުއޭރޯ ދީފި

3 ޖެނުއަރީ 2018 | ބުދަ 09:14

އަގުއޭރޯ ބުނީ އެނާ ސިޓީގައި މަޑުކުރެވޭނީ 2020 ވަނަ އަހަރާ ހަމަޔަށް ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޖެނުއަރީ 2018 | ބުދަ 09:14
ސާޖިއޯ އަގުއޭރޯ - ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ

ސާޖިއޯ އަގުއޭރޯ - ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އެ ޓީމު ދޫކޮށްލާނެކަމުގެ އިޝާރާތެއް ދީފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަގުއޭރޯ އަންނަނީ ސިޓީ ދޫކޮށްލާނެކަމުގެ އެކި ސިގްނަލްތައް ދެމުންނެވެ. އެގޮތުން ސިޓީގެ ކޯޗުގެ ގޮތުގައި ޕެޕް ގާޑިއޯލާ ހަވާލުވުމަށްފަހު އެނާއަށް ޓީމުގައި ލިބެންޖެހޭ ހައްގު މަގާމު ނުލިބޭ ކަމަށް ބުނެ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ. ގާޑިއޯލާ ވަނީ މިފަދަ އިޝާރާތެއް މީގެކުރިން ވެސް ކޮށްފައެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންނާއި ކޯޗާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ.

މިއީ މިދިޔަ ސީޒަނުގައި ވެސް އަގުއެރޯ ޖެއްސި 'ސްޓަންޓް' ތަކުރާރުކުރުން ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އޭނާ އެ ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދިނުމާއެކު މިދިޔަ ސީޒަނުގައި ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވަނީ އޭނާ އެ ޓީމުގެ މަޑުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ވަނީ އަގުއޭރޯއާ ވަކިން ބައްދަލުކޮށް އޭނާ ޓީމުގައި މަޑުކުރުމަށް އެދިފައެވެ.

އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ވޮޓްފޯޑް އަތުން 3-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން އަގުއޭރޯ ބުނީ އެނާ ސިޓީގައި މަޑުކުރެވޭނީ 2020 ވަނަ އަހަރާ ހަމަޔަށް ކަމަށާއި އެ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ ކަމަށެވެ. އޭނާ ބުނީ އުއްމީދަކީ ކޮންޓްރެކްޓް ހަމަވަންދެން ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުރުން ކަމަށާއި މި ސީޒަން ނިމެންދެން ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ހަމައެހެންމެ އެޔަށްފަހު ޓީމުގައި މަޑުކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އަގުއޭރޯ ހާމަކުރިއެވެ.

އެހެން ނަމަވެސް އޭނާ ބުނީ ޕްލޭނަކީ ކްލަބް ބަދަލުކުރުން ނޫން ކަމަށާއި އޭނާ ސިޓީގައި މިވަގުތު ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އޭނާ ބުނީ ކްލަބުގައި މަޑުކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކްލަބުގެ މެނޭޖްމަންޓުން ކަމަށާއި ކްލަބުގެ މެނޭޖްމަންޓުގެ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމު ކުރާނެ ކަމަށެވެ. އަދި ގާޑިއޯލާއާ އޭނާއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަގުއޭރޯ މިގޮތަށް ވާހަކަ ދައްކާފައިވާއިރު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ މިހާތަނަށް ކުޅުނު މެޗުތަކުގައި 49 ލަނޑާއެކު އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔަކީ އަގުއޭރޯއެވެ. އަދި އެ ޓީމުގެ ކުރިޔަށް ކުޅެން ގެނައި ބްރެޒިލްގެ ގެބްރިއެލް ޖީސަސްއަށް އަނިޔާވުމާއި ގުޅިގެން އަގުއޭރޯއަށް ވަނީ އަނެއްކާވެސް ފުރަތަމަ އެގާރައިން ޖާގައެއް ގެރެންޓީ ވެފައެވެ.

ސިޓީގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ އަގުއޭރޯ ވަނީ އެ ޓީމަށް ކުޅުނު 276 މެޗުގައި 185 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ދެ ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ދެފަހަރެއްގެ މަތިން ސިޓީއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް