Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތިވެރީގެ ފެނުގެ ނިޒާމް

މަތިވެރީގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައފި

މި މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅިއެއް ގާއިމްކުރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޑިސެމްބަރު 2021 | ހޮނިހިރު 04:18
އއ. މަތިވެރީގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުން

އއ. މަތިވެރީގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުން

އެމްޑަބްލިއުއެސްސީން އއ.މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ހުކުރު ދުވަހު ފަށައިފިއެވެ.

މިމަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ، މަތިވެރީގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހާއި، މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން މުހައްމަދު އަބުދުﷲ އާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމެވެ. މި ރަސްމިއްޔާތަކީ ޢަމަލީ މަސައްކަތުގެ ފެށުން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

Advertisement - newsAdvertisement

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރިއަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިންގުގެ އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓު ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓޭނެއެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މިއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 38.83 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު
21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު