Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެންދޫ ފެނާ ނަރުދަމާ

ރައީސް މުއިއްޒު ރަސްމީކޮށް ހިދުމަތް ފެއްޓެވި ބ. ކެންދޫ ފެނާ ނަރުދަމާ ހުރީ، ގެތަކަށް ނުގުޅާ

12 އޯގަސްޓު 2025 | އަންގާރަ 13:32

ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް ފެށި އިރު ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނުނިމޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2025 | އަންގާރަ 13:32
ކެންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ނުނިމި ހުރި ފެނާއި ނަރުަދަމާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވަނީ

ކެންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ނުނިމި ހުރި ފެނާއި ނަރުަދަމާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫއަށް ވަޑައިގެން ރަސްމީކޮށް ހިދުމަތް ފެއްޓެވި ފެނާ ނަރުދަމާ ނިޒާމު ހުރީ ގެތަކަށް ނުގުޅާ ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް ކައުންސިލުން އެމަނިކުފާނުގެ އަރިހުގައި ތަކުރާރުކޮށް އެދެމުންދިޔަ ކަމަށް ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަޙުމާން ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން ކެންދޫގައި ތަރައްގީކޮށްފައިވާ ފެނާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު އެރަށަށް ވަޑައިގެންނެވެ. ކެންދޫ ފެނާ ނަރުދަމާ ނިޒާމުގެ ހަވާލުކުރީ 15 ނޮވެމްބަރު 2020 ގައި އެމްޑަބްލިއުއެސްސީއާއެވެ. މަސައްކަތް ފެށީ އޭގެ ފަހުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަމެއް ފުރިހަމަ ކުރުމަށްފަހު ކޮވިޑުގެ ތެރޭގައި 15 ޑިސެމްބަރު 2020 ގައެވެ. ކެންދޫ ފެނާ ނަރުދަމާ އަކީ އޮފިޑް ފަންޑުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ބ. ކެންދޫގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ އަގަކީ 56.24 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

ރައީސް ބ. އަތޮޅަށް ދަތުރުފުޅު ކުރެއްވުމުގެ ކުރިން ބ އަތޮޅުން ރިބަންކަނޑާލެވޭނެ ތަންތަން ހޯދަން މިނިސްޓްރީތަކުން ކައުންސިލްތަކަށް ގުޅާފައިވެއެވެ. އެގޮތުން ކެންދޫގައި ތަރައްގީކުރި ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި ރަސްމީކޮށް ހިދުމަތް ފެށުމަށް ރައީސްގެ ދަތުރުފުޅުގައި ހިމަނާފައި އޮތެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަޙުމާން ވިދާޅުވީ ފެނާ ނަރުދަމާ ނިޒާމް އިފްތިތާހު ނުކުރުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަ ކަމަށާއި، ހިދުމަތް ނުލިބޭ ކަމެއް އިފްތިތާހުކުރުމުން ރައްޔިތުންގެ ބަދުބަސް ލިބޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބަހެއް އެހުމެއް ނެތި އިފްތިތާހުކޮށްފައި ރައީސް ވަޑައިގެންނެވީ ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ހިދުމަތް ރަސްމީކޮށް ދިނުން ކަމަށްވާނީ ގޭގެއަށްވެސް އެ ހިދުމަތް ލިބެން ފެށުމުން ކަމަށެވެ. ނަމަވެސް ފެނާ ނަރުދަމާ ނިޒާމް އަޅާފައި އޮތް ނަމަވެސް އެއްވެސް ގެއަކަށް ކަނެކްޝަން ދީފައި ނުވާ ކަމަށާއި، އިފްތިތާހުކުރެވިގެންދިޔައީ ފުރިހަމަ ނުވެ އޮތް ނިޒާމެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެށި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓިފައިވެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުންވެސް މި ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި އޮތީ ހިމަނާފައެވެ.

އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކުރުމާއި، 556 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނިފައި އޮތެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޕްރޮޖެކްޓުގެ ތެރޭގައި ހިމަނާފައި އޮތެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެންދޫގައި ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވިއެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް