Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އިނާމުދީފި

11 ޑިސެމްބަރު 2021 | ހޮނިހިރު 02:13

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކަށް މި ޖަލްސާގައި އިނާމުދިން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޑިސެމްބަރު 2021 | ހޮނިހިރު 02:13
މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރި ފަރާތްތަކުގެ ތެރެއިން މިފްކޯ

މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރި ފަރާތްތަކުގެ ތެރެއިން މިފްކޯ

ދިވެހީންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން އެ ފަރާތްތަކަށް އިނާމު ދީފިއެވެ.

ރާއްޖޭގައި ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި އިނާމާއި ހަނދާނީފިލާ އަރުވާފައި ވަނީ މަސްވެރިކަމުގެ ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކަށެވެ.

އެގޮތުން ކ.އަތޮޅުގެ އެންމެ ތަޖުރިބާކާރު ކެޔޮޅާއި، އެންމެ ޒުވާން ކެޔޮޅާއި، މަސްވެރިކަމުގެ ދާއިރާއިން ދިރާސާ ކުރުމުގެ ރޮނގުން ރާއްޖޭގެ މަސްވެރިކަމަށް ހިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް މި ޖަލްސާގައި އިނާމާއި ހަނދާނީފިލާ އަރުވާފައިވެއެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް ކިރި ދޯންޏަކަށް ހޮވިފައިވަނީ ގދ.މަޑަވެލީ ކަމަނަ ދޯންޏެވެ. އަދި މަޑަވެލީގެ ޓީއެސްލައިނުން ދެވަނަ ހާސިލްކުރިއިރު، ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް ކިރާފައި ވަނީ ގއ.ނިލަންދޫގެ ހަނދުވަރީ ދޯންޏެވެ.

އަދި އެންމެ ގިނަ އަދަދަކަށް ބޮޑު ކަންނެލި ކިރި ދޯންޏަކަށް ދ.މީދޫ އަލަމާ 6 ހޮވުނުއިރު، ދެވަނައަށް އެންމެ ގިނަ އަދަދަކަށް ބޮޑު ކަންނެލި ކިރާފައިވަނީ ބ.ތުޅާދޫ ހައިޝަމް ދޯންޏެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ބޮޑު ކަންނެލި ކިރީ އދ. މަހިބަދޫ އަސުރުމާ 3 އެވެ.

ހަމައެހެންމެ މަސްވެރިކަން ހިންގާ ބެލެހެއްޓުމުގައި ނަމޫނާ ދޯންޏެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވާތީ ގއ. މާމެންދޫ ހުޝިޔާރު ދޯންޏަށް ވަނީ އެކަން އަގުވަޒަންކޮށް ހަނދާނީ ފިލާއެއް އަރުވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަހާއި މަހުގެ ބާވަތްތައް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުން ފިޔަވައި، އަގު އެއްކޮށްގެން އެންމެ މަތީ އާމްދަނީ ހޯދާފައިވަނީ ހޮރައިޒަން ފިޝަރީޒުންނެވެ. އަދި އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް ގަނެފައި ވާތީ މިފްކޯއަށްވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޮޑު ކަންނެލި ގަނެފައި ވަނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި އެންމެ ގިނަ އަދަދަކަށް ފާނައާއި ފަރުމަސް ގަނެފައި ވަނީ ސީ ޕާޓްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މި ޖަލްސާގައި ވަނީ 2020 ވަނަ އަހަރު އޯލެވެލުން މެރިން ސައިންސް މާއްދާއިން އެންމެ މަތީ ވަނަތައް ހޯދި ސްކޫލުތަކަށް ވެސް އިނާމު ދީފައެވެ. އެގޮތުން އެއްވަަނަ ހޯދާފައިވާ ޖަމާލުއްދީން ސްކޫލާއި، ދެވަނަ ހާސިލުކުރި ޣިޔާސުއްދީން ސްކޫލާއި ތިން ވަނަ ކާމިޔާބުކުރި އަމީނިއްޔާ ސްކޫލަށް މި ޖަލްސާގައި އިނާމު ދިނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2017

ޕީޕީއެމްގެ "ހިނި އަންނަނީ" ހަރާކާތުން އިދިކޮޅު ފަރާތްތަކުގެ ގާތަށް އައީ ހިނި!

08 ޖުލައި 2017
ޕީޕީއެމްގެ "ހިނި އަންނަނީ" ހަރާކާތުން އިދިކޮޅު ފަރާތްތަކުގެ ގާތަށް އައީ ހިނި!
04 ޖުލައި 2017

ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

04 ޖުލައި 2017
ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް