Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމަރަފުށީ މުސްތަފާ

ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

4 ޖުލައި 2017 | އަންގާރަ 14:05

އިތުރު މެންބަރުން ލިސްޓަށް ދާނީ އިތުރުވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 ޖުލައި 2017 | އަންގާރަ 14:05
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަޙުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު 5 މެންބަރުން އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ބެލެވޭ ގޮތުގައި މުސްތަފާ އެ އިޝާރާތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މެންބަރުންގެ ލިސްޓަށް އިތުރުވާ މެންބަރުންގެ ވާހަކައަށެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ފުރިހަމަ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ، ފާރިސް މައުމޫނު ހައްޔަރު ކޮށްފާނެ ކަމުގެ އިޝާރާތެއް ފުލުހުން ކޮށްފައި ވަނިކޮށެވެ.

މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް 5 މެންބަރުން އިތުރުވާނެ" ކަމަށެވެ.

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ފޮލިސް ސާރވިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ފުލުހުން ކުރަމުންދާއިރު، ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ، ސަހްސު އޮޅުވާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ވަނީ ފާރިސްގެ މައްޗަށް ދައުވާވެސް ކޮށްފައެވެ. އަދިވެސް އިތުރު ތުހުމަތުތަކެއް ފާރިސްގެ މައްޗަށް ކުރަމުންދާއިރު އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާރިސް ހާޒިރު ކޮށްފައިވެއެވެ.

ނަމަވެސް ފާރިސް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކަށް އަދި އެހެން ބަޔަކަށް ވެސް ރިޝްވަތު ނުދެއްވާ ކަމަށާއި ރިޝްވަތު ހުށަވެސް ނާޅުއްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް