Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުގެ ކޮތަރުކޮށި ޖަލްސާ

1 ފެބްރުއަރީގެ އަމުރަކީ ޖުޑީޝަރީގެ ޝާހީ ބަޣާވާތެއް: ޔާމީނު

10 ޑިސެމްބަރު 2021 | ހުކުރު 18:03

އޭރު 3 ސިޓީ އިންޑިއާގެ ޚާރިޖިއްޔާއިން ރާއްޖެއަށް ފޮނުވި ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޑިސެމްބަރު 2021 | ހުކުރު 18:03
ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމީނު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމީނު ވާހަކަ ދައްކަވަނީ

1 ފެބްރުއަރީގެ އަމުރު ނެރުމަކީ ޖުޑިޝަރީގެ ތެރެއިން ހިންގި ޝާހީ ބަޣާވާތެއްކަމަށް ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އޭރު 3 ސިޓީ އިންޑިއާގެ ޚާރިޖިއްޔާއިން ރާއްޖެއަށް ފޮނުވި ކަމަށެވެ. އެގޮތުން 1 ފެބްރުއަރީގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރާ ސަބަބެއް ނުވިސްނޭކަމަށް ބުނެ އިންޑިއާއިން އެ ކަންބޮޑުވުން ފާޅުކުރިކަމަށް ޔާމީނު ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ވަނުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޔާމީނު ވިދާޅުވީ، ސުޕްރީމްކޯޓުގެ ޓިނު ނަގަން ޖެހުނީ އޭރު ކުއްލި ނުރައްކަލުގެ ޙާލަތުން މެނުވީ ޤާނޫނުތައް ސަސްޕެންޑު ނުކުރެވޭނެތީ ކަމަށެވެ. އެގޮތުން އޭރު ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އެބޭފުޅުންނަށް އޭރު ފައިސާ ލިބިފައިވަނީ ކިހިނެއްކަންވެސް ސާފު ކުރެއްވި ކަމަށެވެ. އަދި ކޮރަޕްޝަން މައްސަލަތައް ބެލުން ލާޒިމުވެގެން ދިޔަ ކަމަށާއި، އޭރު މަނީ ލޯންޑަރިން ޤާނޫނެއް އޮތްނަމަ، އެ ޙާލަތު ރަނގަޅަށް ފެތޭނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ސުޕްރީމްކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭނެކަމަށް އޭރު ފާސްކުރިކަން ފާހަގަ ކުރައްވައި ޔާމީނު ވިދާޅުވީ، އެއީ ސީދާ ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށެވެ. ވީއިރު މި ކަންކަން ބެލުން އޭރު ލާޒިމުވެގެން ދިޔަ ކަމަށާއި، އެ މާއްދާ އުވާލުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމަށް މަޖުބޫރުވީކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

01 ފެބްރުއަރީގެ ކޯޓު އަމުރަކީ ކަނޑައެޅިގެން ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލާ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބަޔަކު ރާވައިގެން ކުރަން އުޅުނު ބަޣާވާތެއްކަމަށް އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މިހާރު ވިދާޅުވެއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ޕީޕީއެމްއިން އަޑުފުލާތީ އެ ޤައުމުން ކަންބޮޑުވާ ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކަށް ލިބޭ މެހެމާންދާރީ ހިސާބަށްވުރެ އިތުރުވެގެން ނުވާނެކަމަށް ޔާމީނު ވިދާޅުވިއެވެ. ޔާމީނު ވަނީ އިންޑިއާއަށްވެސް މެސެޖެއް ދެއްވާފައެވެ. އެގޮތުން އިންޑިއާގެ އިސްތިއުމާރީ ބާރުގެ ސަބަބުން ރާއްޖެއަށް މަލިކުވެސް ގެއްލިގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާއިން ޖެހޭނީ ރާއްޖެ ދޫކޮށް ދާން ކަމަށެވެ. އަދި ޤައުމު ދިފާއު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތީ "ހިންދޫ-ވަތަނީ" ސަރުކާރެއް ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ ނެއިބަރހުޑް ފަރސްޓް ޕޮލިސީގެ ޙަޤީޤީ މާނައަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވާ ކަމަށާއި، ރާއްޖެ އިސްތިއުމާރު ކުރަމުންދާ ކަމަށެވެ. އަދި ޔާމީނު މިނިވަންވުމާއެކު، މި ސަރުކާރު ނިމުމަކަށް އައިސްފައިވާކަން އިންޑިއާއަށްވެސް އެނގޭނެ ކަމަށް ތޯރިޤު ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާޙު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާޑު ވިދާޅުވަމުން ތޯރިޤު ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލާފައިވާ ގޮތާއި ގުޅިގެން އެޖެންޑާ 19 ގައި ބަޔާންކޮށްފައިވާ ވައުދުތައް ނުފުދޭކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2017

ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ތެރެއިން ބަޣާވާތެއް ގެނެސްފައި: ސައުދު

10 ނޮވެމްބަރު 2017
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ތެރެއިން ބަޣާވާތެއް ގެނެސްފައި: ސައުދު
19 އޮކްޓޯބަރު 2017

ސަން ސިޔާމަށް ދީފައިއޮތް މާފަރު އެއާޕޯޓް މަޝްރޫއު ޔޫއޭއީގެ ޝާހީ އާއިލާގެ ކުންފުންޏަކަށް!

19 އޮކްޓޯބަރު 2017
ސަން ސިޔާމަށް ދީފައިއޮތް މާފަރު އެއާޕޯޓް މަޝްރޫއު ޔޫއޭއީގެ ޝާހީ އާއިލާގެ ކުންފުންޏަކަށް!
15 އޯގަސްޓު 2017

މަޖިލީހުގެ ތެރެއިން ކުރަން އުޅުނީ ބަޣާވާތެއް: ރައީސް ޔާމީން

15 އޯގަސްޓު 2017
މަޖިލީހުގެ ތެރެއިން ކުރަން އުޅުނީ ބަޣާވާތެއް: ރައީސް ޔާމީން
07 އޯގަސްޓު 2017

މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާންކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ : ކަމާލުއްދީން

07 އޯގަސްޓު 2017
މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާންކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ : ކަމާލުއްދީން
13 ޖުލައި 2017

މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ

13 ޖުލައި 2017
މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ
10 ޖުލައި 2017

އިދިކޮޅު ފަރާތްތަކުން ކުރަނީ ބަޣާވާތެއް، މަސީހުގެ އިތުބާރު ނެތްކަމަށް ފާހެއް ނުކުރެވޭނެ: ޕީޕީއެމް

10 ޖުލައި 2017
އިދިކޮޅު ފަރާތްތަކުން ކުރަނީ ބަޣާވާތެއް، މަސީހުގެ އިތުބާރު ނެތްކަމަށް ފާހެއް ނުކުރެވޭނެ: ޕީޕީއެމް
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް