Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

މަޖިލީހުގެ ތެރެއިން ކުރަން އުޅުނީ ބަޣާވާތެއް: ރައީސް ޔާމީން

ރައްޔިތުންގެ އެންމެ މުހިއްމު މުއައްސަސާއަށް ކަރަޕްޝަން ވަނުމަކީ ރައީސް ޒިންމާ އުފުއްލަން ޖެހޭ ކަމެއް ނޫން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 އޯގަސްޓު 2017 | އަންގާރަ 08:30
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ރުމާލު 2" ޖަގަހަ ހުޅުވަން ސިނަމާލޭ ފްލެޓް ސަރަހައްދުގައި ހޯމަދުވަހުގެ ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއަށް ކަރަޕްޝަން ވަދެގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޒުލްކުރަން ކުރި މަސައްކަތަކީ "ބޮޑު ބަޣާވާތެއް"ކަމަށެވެ.

Advertisement - newsAdvertisement

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ކަރަޕްޝަން ވަދެގެން، ރައްޔިތުންގެ މަޖިލީހަށް ކަރަޕްޝަން ވަދެގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޒުލްކުރައްވަން ކުރި މަސައްކަތަކީ ބޮޑު ބަޣާވާތެއް. މިހާރު އެއީ ބަޣާވާތެއް ކަމަށް ގަބޫލުކުރައްވަން އެބަޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ އެންމެ މުހިއްމު މުއައްސަސާއަށް ކަރަޕްޝަން ވަނުމަކީ އެމަނިކުފާނު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެމަނިކުފާނާއި މަޖިލީހުގެ ރައީސް އަޒުލުކުރަން އުޅުނު މެމްބަރުނަށް ފައިސާ ލިބުނީ ކޮން ދިމާއަކުންކަން ބުނެދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން އެމަނިކުފާނު އަޒުލުކުރެއްވުމުގެ ބަދަލުގައި ވޯޓުން އެމަނިކުފާނު ބަލިކުރެއްވޭތަން ދެއްުކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަރަޕްޝަންގެ ފައިސާތައް ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށާއި ސިޔާސީ ހަތަރު ލީޑަރުން ވެސް އެމަނިކުފާނަށް އެހީތެރިވެދެއްވުމަށް ރައީސްޔާމީން ވަނީ އެދިވަޑައިގެންފައެވެ. އަދި ސިޔާސީ ލީޑަރުން ދައްކަވަންޖެހޭ ފައިސާ ފުރަތަމަ ދައްކަވަން ޖެހޭ ކަމަށާއި ދައްކަވަން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ނަމަ ކޯޓުތަކަށް ހުށައަޅައިގެން އެ މައްސަލަތައް ބެއްލެވުމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުންނަށް ބަހުގެ އެކި ހަމަލާދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ އެމަނިކުފާނުގެ "ޑެއިލީ މެނޫގައި" ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި މީގެ އިތުރުން އެމަނިކުފާނަކީ ދެ ފަހަރު ދެ ގޮތަށް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ހޯމަދުވަހުގެ ރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު