Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސް ޕްލާންޓް ހުޅުވުން

ފެލިވަރާއި މަޑުއްވަރީގެ އައިސް ޕްލާންޓް ހުޅުވައިފި

10 ޑިސެމްބަރު 2021 | ހުކުރު 13:48

އިތުރު އައިސްޕްލާންޓްތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޑިސެމްބަރު 2021 | ހުކުރު 13:48
ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ހުޅުވުން

ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ހުޅުވުން

ފެލިވަރާއި ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދެ އައިސް ޕްލާންޓު ހުޅުވާފައިވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެންނެވެ. ފެލިވަރުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާއެވެ.

މި ދެ އައިސް ޕްލާންޓުގެ އިތުރުން ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓާއި، ކ. ގާފަރުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓުވެސް ހުކުރު ދުވަހުގެ ހަވީރު ވަނީ ހުޅުވާފައެވެ. ކ. ގާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ހުޅުވައިދެއްވާފައިވަނީ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމްއެވެ.

ފެލިވަރުގައި ގާއިމްކޮށްފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓެކެވެ. ރ. މަޑުއްވަރިއާއި، ކ. ގާފަރާއި ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓު ތަކެކެވެ.

ސަރުކާރުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް އެކި ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށެވެ. މި ހަތަރު އައިސްޕްލާންޓްގެ އިތުރުންވެސް އެހެން އައިސްޕްލާންޓް ތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުތައް ނިމޭއިރު، މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބިމުގެ މައްސަލައަށް ހައްލެއް ލިބި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި ރަނގަޅަށް ސްޓޯރ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިންގެ ފޯރަމެއް ވެސް ވަރަށް ފަހުން ބާއްވާފައެވެ. މި ފޯރަމްގައި އައިސް ޕްލާންޓް ނެތުމުގެ މައްސަލައާއި މަސްވެރިންނަށް ދިމާވާ އެނޫންވެސް އެކި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުން ތަކަށެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގައި ހުރި ގޮންޖެހުންތަކަށާއި، މަތީ އަގު ލިބޭ ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ. މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށް ކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީ އަގު ލިބޭ ގޮތަށް ޕްރޮސެސް ނުކޮށް، ރޯ މެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާތީ އެކަމުގެ މައްޗަށް ވެސް، ފޯރަމްގައި މަޝްވަރާ ކުރެވުނެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް