Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ އައިސްޕްލާންޓް ހުޅުވުން

ހޯރަފުށީގައި ގާއިމުކުރި 25 ޓަނުގެ އައިސް ޕްލާންޓް ހުޅުވައިފި

މިއީ 4.2 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2021 | ހުކުރު 13:53
ހޯރަފުށީގައި ގާއިމްކުރި އައިސްޕްލާންޓް ހުޅުވުން

ހޯރަފުށީގައި ގާއިމްކުރި އައިސްޕްލާންޓް ހުޅުވުން

ހއ. ހޯރަފުށީގައި ގާއިމުކުރި 25 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ހއ. އަތޮޅު މަދުރުސާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އައިސް ޕްލާންޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނެޝަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، ޗަމްޕާ ބްރަދާސްގެ ޗެއަރމަން މުހައްމަދު މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީގެ އައިސް ޕްލާންޓް މެނޭޖްކުރާ މިފްކޯގެ ފަރާތުން އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރ އިލްޔާސް ހަނީފް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓް ބެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި މިފްކޯއިން އެހީތެރިވަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ވެސް މިފްކޯއިން ހިންގާ 4 އައިސް ޕްލާންޓާއި ރަށްރަށުގައި މެނޭޖްކުރަމުންދާ 17 އައިސް ޕްލާންޓް އެބަހުރިކަމަށް އިލްޔާސް ހަނީފް ވިދާޅުވިއެވެ. މީގެ ތެރޭގައި ބްލޮކް އައިސް އުފައްދާ 1 ޕްލާންޓާއި ޓިއުބް އައިސް އުފައްދާ 4 ޕްލާންޓުގެ އިތުރުން އައިސް ފްލޭކް އުފައްދާ 16 ޕްލާންޓް ހިމެނެއެވެ. މިއާއެކު މިފްކޯގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ 730 ޓަނަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ދަތިތަކެއް ނެތި އައިސް ފޯރުކޮށް ދިނުމަށް ކަމަށެވެ. ހޯރަފުށީގައި ގާއިމްކުރި އައިސް ޕްލާންޓް އޮޕަރޭޓް ކުރާނީ ފެލިވަރު ފިޝަރީޒްގެ ފަރާތުން ކަމަށް ވެސް އިލްޔާސް ހަނީފު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ޗަމްޕާ ބްރަދާސްގެ ޗެއަރމަން މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމަށް ޚާއްްސަ ޝުކުރެއް ހޯރަފުށީ ރައްޔިތުންގެ ނަމުގައި އަރިސްކޮށްފައެވެ. އަދި ހޯރަފުށީ ރައްޔިތުން ބޭނުންވާ އެކިއެކި ކަންކަމުގައި މުހައްމަދު މޫސާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަހީދު ވިދާޅުވީ އައިސް ޕްލާންޓަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިމަޝްރޫއާއެކު މަސްވެރިކަމުގެ އާއިލާތަކަށާއި، ރަށުގެ ތަރައްގީއަށް ބޮޑު ފައިދާއެއްް ލިބޭނެ ކަމަށެވެ. ވަހީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން މިހާރު ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށާއި ރަނގަޅު ފުރުސަތުތަކެއް ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ފުރުސަތު ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މާޗް 19، 2021 ގައި ބިންގާ އެޅި މި އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ބިންގާ މާޗް މަހުގެ 19 ވަނަ ދުވަހު އަޅުއްވައިދެއްވީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީއާއި ހޯރަފުށީގެ މަސްވެރިންނެވެ. އުތުރުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހއ. ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައީ ޖަނަވަރީ މަހުގެ ތެރޭގައެެވެ. ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް މޮޑެލްގައި މިމަޝްރޫއު ކުރިއަށް ގެންދާއިރު، ފައިނޭންސް ކޮށްފައިވަނީ ޗަމްޕާ ބްރަދަރސްއިންނެވެ.

4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ. އަދި މިފްކޯއިން ހޯރަފުށީގެ ބިމަށް ކުލި ދައްކާއިރު އޭގެ ފައިދާ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު

02 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު
18 ޖޫން 2017

ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި

18 ޖޫން 2017
ހޯރަފުށީގައި ހުއްދަ ނެތި 12 ޗެނަލްއެއް ދެއްކުމުން 24،000 އިން ޖޫރިމަނާކޮށްފި
01 ޖޫން 2017

ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް

01 ޖޫން 2017
ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
05 އެޕްރީލު 2017

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

05 އެޕްރީލު 2017
ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު