Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

މަސްވެރިންނަށް ޑޮލަރުން ފާއިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ވާހަކައެއް ނުދެއްކެވި

މަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓް ކުރަން ވަނީ ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 06:54
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މަސްކިލޯއަކަށް 20 ރުފިޔާއަށްވުރެ ދަށްނޫން އަގަކަށް ޑޮލަރުން ފާއިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ވާހަކަ ނުދައްކަވައި، މަސްވެރިކަމުގެ ސިނާއަތަށް އޯރާކަން ލިބެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ނަމަވެސް މަސްކިލޯއަކަށް 20 ރުފިޔާއަށްވުރެ ދަށްނޫން އަގަކަށް ޑޮލަރުން ފާއިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ވާހަކަ ނުދައްކަވައެވެ.

މަސްވެރިންނަށް މެދުކެނޑުމެއް ނެތި ފައިސާ ދޫކުރާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަަޑައިގެންނެވިއިރު، ނުދައްކާ 250 އެއްހާ މިލިއަނެއްހާ ފައިސާ އޮތް ކަމަށާއި، ލަސްތަކެއް ކުރިމަތިވި ނަމަވެސް އެފައިސާ ދައްކާފައިވާ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސް، މިފްކޯ އަދި ފިނޭންސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 10 ޑިސެންބަރު 2024 ން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެއީ މިދޭތެރެއިން 10 ދުވަސް ރޯދަމަހަށް ވެސް ބަންދުވި. ފަހު 10. އީދު ވެސް. އެއްވެސް މުއައްދަތެއްގައި މެދުނުކުނޑި ހަމަ ބަރާބަރަށް 48 ގަޑިއިރު މިދަނީ އިރާދަކުރެއްވިއްޔާ ފައިސާ ދެމުން. އެފައިސާ ދޭން ފެށިފަހުން އެކަނި ވެސް 488 މިލިއަން ގިނަ ފައިސާ މިހާރު ވާނީ މަސްވެރިންނަށް ދޫކޮށްފައި. ޖުމްލަކޮށް ހަވާލުފަހުން މިފައިސާ ހިމެނޭ ގޮތުން 1.59 ބިލިއަން ރުފިޔާ ވަނީ ދެވިފައި. އެއީ ފިއުލް ސަޕްލައި ސަބްސިޑީ ހިމެނޭ ގޮތަށް. މިއަދަދުގެ ފައިސާ ހިމެނޭ ގޮތަށް އަދި އަމުދުން މިދިޔަ ޑިސެންބަރު 10 އަކުން ފެށިގެން މެދުނުކެނޑި ފައިސާ ދެވެމުންދާތީ އެ ޔަގީންކަން މަސްވެރިނަށް ލިބެން ފެށީމަ އިރާދަކުރެއްވިއްޔާ އާރޯކަން އެބަ އާދޭ މަސްވެރިކަމުގެ އިންޑަސްޓްރީއަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓް ކުރަން ފަށާފައިވާ ކަމަށާއި، އަމިއްލަ މަސްވެރިންނާއި، ކެއޮޅުން ދޯނިތައް ބަންނަން ފަށާފައިވާ ކަމަށެވެ. ކުރީގައި ދޯނީގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުން އެހެން ވަޒީފާތަކަށް ދިޔަކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު އެ ޒުވާނުންތައް ވެސް އަނބުރާ އަންނަމުންދާ ކަމަށާއި، ދޯންޏަށް އަރަމުންދާ ކަމަށެވެ.

އެއީ ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރުމުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެވަޑައިގެންނެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. މަސްކިލޯއެއް މިފްކޯއަށް ގަންނަ އަގު 20ރ އަށްވުރެ ދަށްނުކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންނެވިއެވެ.

ނަމަވެސް މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ވި ވައުދު، ބީއެމްއެލްގައި އެކައުންޓް ހުންނަށް އޮޑިވެރިންނަށް، އެތައް ދުވަހެއް ފަހުން ދިވެހި ރުފިޔާ އިން ފައިސާ ދައްކެމަށްފަހު ފުއްދަވައިފި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު މުއިއްޒުމަސްވެރިންމަސްވެރިކަންބޭންކް އޮފް މޯލްޑިވްސްމިފްކޯފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު