Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުސައިން ޒިޔާދު

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

މެމްބަރު ޒިޔާދު މި މައްސަލަ ހުށަހަޅާފައި މިވަނީ މަސްވެރިން މާޔޫސްވެފައިވާ ކަމަށާއި، 100 ޓަނަށް ވުރެ ގިނަ ކަންކެނެލި ނުކިރި ބަނދަރު ތަކުގައި ތިބެންޖެހިފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފައިވަނިކޮށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 06:28
ރައްޔިތުން މަޖިލީހުގެ މެމްބަރު ހުސައިން ޒިޔާދު

ރައްޔިތުން މަޖިލީހުގެ މެމްބަރު ހުސައިން ޒިޔާދު

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމާއި މިހާރުވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކުރި ބަހައްޓާން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށްޓަކައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ.

Advertisement - newsAdvertisement

މެމްބަރު ޒިޔާދު މި މައްސަލަ ހުށަހަޅާފައި މިވަނީ މަސްވެރިން މާޔޫސްވެފައިވާ ކަމަށާއި، 100 ޓަނަށް ވުރެ ގިނަ ކަންކެނެލި ނުކިރި ބަނދަރު ތަކުގައި ތިބެންޖެހިފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފައިވަނިކޮށެވެ. އެ ޔޫނިއަންއިން ކަންބޮޑުވުންފާޅު ކޮށް ބުނީ، ކަންނެލި ނުކިރި ކަންނެލި ދޯނިފަހަރު ކިޔު ޖެހިފައިވާ ކަމަށެވެ. މިހާރު ތިބި ދޯނި ތަކުން 120 ޓަނަށް ވުރެގިނަ ކަންނެލި ނުކިރި އެބަހުރި ކަމަށެވެ.

މިކަން ފާހަގަ ކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، މަސްވެރިން ބާނާ ބޮޑު ކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާ އާއި ދެމެދުގައި ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

އަދި މިއަދާ ހަމައަށްވެސް ރައީސް މުޢިއްޒު ވެވަޑާއިގެންނެވި ވައުދުއާއި އެއްގޮތަށް އެކަން ކުރެވިފައި ނުވާކަން ފާހަގަކުރަށްވާ ޒިޔާދު ވިދާޅުވީ، މަސްވެރިން ބާނާ ބޮޑު ކަންނެލި ކިރޭނެ ގޮތެއް ނެތްކަމަށާއި އަދި ކަންނެލި ކިރުމަށްފަހު ފައިސާ ލިބުމުގައި އިންތިހާއަށް ލަސްވާކަމަށެވެ.

މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނަކަމުގެ ޝާކުވާ މަސްވެރިން ކުރަމުންދާ ހިނދު، މިހިނދުގައިވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި އެކިއެކި ދޯނި ފަހަރުގައި އެބަހުރިކަމާއި އެކަންނެލިތައް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވާނެ ކަމުގެ ބިރު އެބައޮތްކަން ފާހަގަ ކުރައްވަމުމުން، ބޮޑު ކަންނެލީގެ މަސްވެރިން ކަންބޮޑުުން ފާޅުކުރަމުންދާއިރު ބޮޑު ކަންނެލި ބާނާއިގެން އަންނަ ދޯނި ފަހަރު ބޮޑު ކަންނެލި ކިރުމަށްޓަކައި އެތައް ދުވަހެއް ވަންދެން ކިއުގައި މަޑުކުރަންޖެހުން އާންމުކަމަކަށް ވަނީ ވެފައިކަމަށް މެމްބަރު ޒިޔާދު ވިދާޅުވި އެވެ.
ހުސައިން ޒިޔާދު

މެމްބަރު ޒިޔާދު އިތުރަށް ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މަސްކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފެއް އުފުލަން ޖެހިފައިވާކަމަށެވެ. އަދި ދުނިޔޭގެ އިގްތިސޯދު ކުރިއަރަމުންދާ ދިއުމުގައި މަހުގެ ޑިމާންޑު ކުރިއަރަމުންދާ ދަނޑިވަޅުތަކުގައިވެސް ރަނގަޅު އަގުގައި މަސް ނުކިރެވުމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުންދާ ކަމަށެވެ.

މަސްވެރިންނާއި މަސްވެރި އާއިލާތަކަކީ ދިވެހި ރާއްޖޭގެ ބޮޑު ބައެއް ހިއްސާކުރާ ބަޔަކަށް ވެފައި މިފަދައިން އެސިނާޔަތުގެ ކަންކަން ދަށަށް ދިއުމަކީ މަސްވެރި އަދި މަސްވެރި އާއިލާތަކުގެ މާލީ ހާލަތު ދަށްވެ އެކަމުގެ ސަބަބުން މުޅި މުޖްތަމަޢުގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމެއްކަން މެމްބަރު ޒިޔާދު ފާހަގަކުރެއްވިއެވެ.

ބޮޑު ކަންނެލި މަސްވެރިންމިފްކޯރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުވައިކަރަދޫ ދާއިރާހުސެއިން ޒިޔާދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު