Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަންކަން ތަންފީޒުކުރުން

ކަންކަން ތަންފީޒުކުރަން މަދުވަނީ ގާނޫނުތަ؟

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މަދުވަނީ ގާނޫނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2021 | ބުރާސްފަތި 02:35
ހުއްދަނެތި މަގުމަތީގައި އުޅެމުންދިއަ މީހަކު ހުއްޓުވާ ފުލުހުން ސުވާލުކުރަނީ

ހުއްދަނެތި މަގުމަތީގައި އުޅެމުންދިއަ މީހަކު ހުއްޓުވާ ފުލުހުން ސުވާލުކުރަނީ

ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގާނޫނުތައް ތަންފީޒުކުރުމުގެ ވާހަކައަކީ އާންމުކޮށްވެސް ދެކެވޭ ވާހަކައެކެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މަދުވަނީ ގާނޫނެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ގާނޫނުތައް ހެދިފައި ހުއްޓަސް ކަންކަން ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ކަންކަން ނުވަނީއެވެ.

މުޖުތަމައުގައި ހުރި ކަންކަމަށް ގާނޫނީ ހައްލު ގެނައުމަށް ގާނޫނުތައް ހަދަންޖެހޭއިރު ހެދިފައި ހުންނަ ގާނޫނުތައް ރަނގަޅަށް ތަންފީޒުވެސް ވާންޖެހެއެވެ. އެހެންނޫނީ މައްސަލަތަކަށް ހައްލެއް ނާންނާނެއެވެ. 1965 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު އެތައް ހާސް ގާނޫނެއް ހަދާފައިވެއެވެ. އެކިއެކި ކަންކަމާއި ގުޅުންހުރި ގާނޫނުތަކެވެ. މިގާނޫނުތަކުން ބާރުދީގެން އެތައް ގަވާއިދުތަކެއްވެސް ވަނީ ހަދާފައެވެ.

މިގާނޫނުތަކުގެ ތެރޭގައި އެކި ކަންކަމާއި ގުޅުންހުރި ގާނޫނުތައް ހިމެނެއެވެ. މުޖުތަމައުގައި ދިރިއުޅޭ އެކި މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނެވެ. ފަންނީ އެކި މަސައްކަތްތަކާއި ގުޅުންހުރި ގާނޫނުތަކެވެ. އެދާއިރާގެ ކަންކަން ހިންގާ ބަލަހައްޓަންޖެހޭ ގޮތުގެ ގާނޫނެވެ. އެކި ސިޔާސަތުތަކާއި ގުޅުންހުރި ގާނޫނުތަކެވެ. ގައުމުގެ ސަލާމަތާއި ގުޅުންހުރި ގާނޫނުތަކެވެ. މިހެންގޮސް ކިތަންމެ ވަރަކަށްވެސް މިލިސްޓު ކިޔަމުންދެވިދާނެއެވެ. ބައެއް ކަންކަހަލަ ކަންކަމާއި ގުޅޭގޮތުން ހެދިފައި ހުރި ގާނޫނުތައް އާންމުންނަށް އެނގެނީ ކިހާ ވަރަކަށްތޯ ބަލާލާއިރު އެނގޭ މިންވަރު ވަރަށްވެސް މަދުކަމަށް ބައެއް ފަހަރު ފާހަގަވެއެވެ. ހައްގެއް ގެއްލިގެން އުޅޭކަމާއި ހައްގު ހޯދަން ކޯޓަށް ދެވޭނެކަން ނޭނގޭފަހަރުތައް އަންނަނީ މަދަކުން ނޫނެވެ. އެހެންކަމުން ބައެއް މީހުން އެނޫން ގޮތެއް ނެތްކަމަށް ހީކޮށްލައިގެން އެތިބި ހާލަތަށް ޝުކުރުކޮށްލައިގެން ތިބެނީއެވެ. އެއިން އެނގޭ އެއްޗަކީ މުޖުތަމައުގެ ތެރޭގައި ގާނޫނުތަކާއިމެދު ހޭލުންތެރިކަން އުފެދިފައި ހުންނަ މިންވަރެވެ. ހޭލުންތެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މަދުކަމެވެ.

ދެން އޮންނަނީ ގާނޫނުތަކުގެ ލޫޕްހޯލްތައް ހޯދައިގެން ނާޖާއިޒު ފައިދާ ހޯދުމެވެ. މިކަން އާންމުކޮށް ކުރަނީ ކަމެއް މަނާކުުރުމުންނެވެ. ކަންކަން މަނާކުރަނީ އެކަމަކުން މުޖުތަމައަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވީމައެވެ. ކަންކަން މަނާކުރާ ހިސާބުން ތަންފީޒީ އިދާރާތަކުގެ ޒިންމާ ބޮޑުވެެއެވެ. އެއީ މަނާކޮށްފައިވާ ކަންކަން ކުރާ މީހުން ބަލާ އެމީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭތީއެވެ. ފިޔަވަޅު ނާޅާނަމަ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އަސަރުކުރެއެވެ. މީގެ އަހަރުތަކެއް ކުރިން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރިއެވެ. ދުންފަތުގެ އިސްތިއުމާލް ކުރާނަމަ ކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ތަނެއްގައެވެ. މުޅި ތަނުގެ ތެރޭގައި އެކަން ނުކުރެވޭނެއެވެ. މުޅި މުޖުތަމައުގެ މަސްލަހަތަށް ބަލާނަމަ އެއީ ފައިދާކުރަނިވި ކަމެކެވެ. އެއީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ފުށުން ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އާންމުކޮށް ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމުގެ ސަބަބުން މިއަމަލުނުކުރާ މީހުންނަށް އުޅެން އުނދަގޫވާ ހިސާބަށްވެސް ކަންކަންދެއެވެ.

އެކަން އެންމެ ފަހުން ގާނޫނަކުން މަނާކުރީއެވެ. ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލްކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރާނެކަމަށް ލިޔުމުގައިވެސް އިނދެއެވެ. އެލިޔުން އެންމެންނަށް ފެނެއެވެ. ނަމަވެސް އެކަން ތަންފީޒުވަނީ ކިހާވަރަކަށް ހެއްޔެވެ. އެއާ އެއްގޮތަށް އަމަލުކުރަނީ ކިތައް ރެސްޓޯރެންޓް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހެއްޔެވެ. އެކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުން ކަނޑައެޅިފައި އޮންނަ އުސޫލުން އެކަން ތަންފީޒުވޭ ހެއްޔެވެ. ތަންފީޒުވާކަމަށް ވާނަމަ އެކަން ކުރާ ތަން މުޖުތަމައުގެ ތެރެއިން ފެންނަމުން ނުދާނެއެވެ.

ދެން އޮތް އަނެއް ވާހަކައަކީ ބިދޭސީންގެ ވާހަކައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެ ދިވެހިންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގެ ތެރެއަށް ވަންނަން ފެށުމާއެކު އެކިއެކި ގަވާއިދުތަކާއި ގާނޫނުތައް ހަދައިގެން އެކަންކަން ކޮންޓްރޯލްކުރުމުގެ މަސައްކަތް ފެށިއެވެ. ދިވެހިންނަށް ކުރެވޭ އާދައިގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުގެ ވެރިން ފެށިގެން ހިންގުމާއި އޭގެ ހުރިހާ ފައިދާއެއް ހޯދުމާ ހަމައިގައި ބިދޭސީން ހަރަކާތްތެރިވެއެވެ. އަމިއްލަ ގައުމުގައި ދިވެހިންނަށް ކުރެވޭނެ ކަމެއް ނެތެވެ. މައްސަލަ ބޮޑުވެ ކައުންޓަރުތަކުގައި ބިދޭސީން ބޭތިއްބުން މަނާކުރިއެވެ. ނަމަވެސް އެކަންކަން ތަންފީޒުވަނީ ކިހާވަރަކަށް ހެއްޔެވެ؟ ހަމައެކަނި މާލޭގައި ހުރި ތަންތަނަށް އެކަނި ބަލާލިޔަސް ފިހާރައިގެ ސޭޓުން ފެށިގެން މުދާ ޑެލިވަރ ކުރުމާއި މުޅި އެވިޔަފާރީގެ ހުރިހާ ކަމެއްގައި ބިދޭސީން އެކަނި އުޅޭ ކިތައް ފިހާރަ އެބަހުރި ހެއްޔެވެ. ގާނޫނާއި ގަވާއިދުތަކުގައި މަނާވިޔަސް އެކަންކުރާތަން އެންމެންގެ ލޮލަށް ފެނުނަސް ނުހުއްޓުވެއެވެ.

އެންމެފަހުން މަޖިލީހުން ވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެގާނޫނަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި, އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމު ހަމަޖެއްސުމެވެ. މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގުކުރައްވާފައިވާއިރު މިގާނޫނުން އެންމެ ބޮޑަށް ފާހަގަވާނެ އެއް ކަމަކީ ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ ވިޔަފާރި ނުކުރެވޭ ގޮތަށް އިސްލާހު ކުރުމެވެ. މިގާނޫނުގައިވާ ގޮތުން ސީދާ ގޮތުން، ނުވަތަ ނުސީދާ ގޮތުންވިޔަސް، ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވޭކަމަށްވާނަމަ ރަޖިސްޓްރީ ބާތިލުކުރަންޖެހޭނެއެވެ.

ކިޔާލަން ވަރަށް ފަސޭހަ ކިޔާލުމުން ހިތަށް ފިނިކަމެއް ގެނެސްދެއެވެ. އަމިއްލަ ގައުމުގައި ގިނަ އަދެދެއްގެ ވިޔަފާރިތަކެއް ބިދޭސީން ހިންގަމުން އަންނައިރު އޭގެ ފައިދާ އެއްވެސް ދިވެއްސެއްގެ އަތުގައި ނުޖެހި ހުރިހާ ފައިދާއެއް ލިބެނީ ބިދޭސީންނަށެވެ. އެފަދަ އެތައް ވިޔަފާރިއެއް ހިންގަމުންދެއެވެ. އެހެންކަމުން ގާނޫނަށް މިގެނެވުނު އިސްލާހާއެކު މިކަމަށް ހައްލެއް ގެނެވޭނެކަމަށް ކުރެވޭ އުންމީދުބޮޑެވެ. ނަމަވެސް މިއާއެކު އަނެއްކާވެސް ހިތުގައި އުފެދެނީ އެއްކަލަ ތަންފީޒުކުރެވޭނެތޯ ކުރެވޭ ސުވާލެވެ. ކިތަންމެ ގާނޫނެއްގެ ދަށުން ކަންކަން ތަންފީޒުކުރަންޖެހޭ އިދާރާތަކުން ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ނަމަވެސް ރައްޔިތުން އަބަދުވެސް ކުރާ ސުވާލަކީ ތަންފީޒުވޭ ހެއްޔެވެ. މިގާނޫނާއެކުވެސް އަނެއްކާވެސް އެސުވާލު ތަކުރާރު ކުރެވެއެވެ. އެއާއެކު ހަމަ މިއުޅެނީ ގާނޫނު މަދުވެގެންތޯ ކުރެވޭ ސުވާލުވެސް ތަކުރާރުކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނެތް، ކަންކަން ހަލުވި ކުރަންޖެހޭ!

ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނެތް، ކަންކަން ހަލުވި ކުރަންޖެހޭ!

19 އޯގަސްޓު 2019
މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

14 އެޕްރީލު 2019
ރައީސް ޔާމީން ނުކުރެއްވި ބައެއް ކަންކަން!

ރައީސް ޔާމީން ނުކުރެއްވި ބައެއް ކަންކަން!

19 އޮކްޓޯބަރު 2018
ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

29 މެއި 2018
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު