Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް 2019

މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި އަގުލަބިއްޔަތު ބޭނުންވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 14 އެޕްރީލު 2019 | އާދީއްތަ 18:37
އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން

އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 12 ވަނަ ބާބުގައެވެ. އެ ބާބުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. އާ މަޖިލީހުން އެކަން ކުރާނަމަ، 87 މެމްބަރުންގެ ތެރެއިން 66 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެކަން ކުރަން ބޭނުންނަމަ، ބޭނުން ވާނީ އެންމެ މެމްބަރެކެވެ. އެ ޕާޓީން ވަނީ އާ މަޖިލީހުގެ 65 ގޮނޑި ކަށަވަރު ކޮށްފައެވެ. އަމިއްލަ ގޮތުން އިންތިހާބުވި ހަތް މެމްބަރުންގެ ތެރެއިން މެމްބަރަކު އެމްޑީޕީއާ ގުޅިއްޖެނަމަ، އެހެން ޕާޓީއަކާ ނުބެއްސި އެކަން ކުރެވިދާނެއެވެ.

އެ މަސައްކަތުގެ ފިޔަވަޅަކާ ގާތަށް އެމްޑީޕީ ޖެހިފައިވާއިރު، އެންމެ ބޮޑަށް މި ދުވަސްވަރު ދައްކަމުން ދަނީ ވެރިކަމުގެ ނިޒާމުގެ ބަހުސެވެ. ރާއްޖޭގައި އޮތީ މަސްހުނި ނިޒާމެއް ކަމަށާއި ބޭނުން ވަނީ ފުރިހަމަ ނިޒާމެއް ކަމަށް ބުނެ ކުރާ ބަހުސްގެ އަޑެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވުރެ، ބޮޑެތި މުހިއްމު ބަދަލުތަކެއް ރާއްޖެއަށް ވަނީ މުހިއްމުވެފައެވެ.

އެމްޑީޕީ، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ފަހުން، ވޭތުވެދިޔަ 13 އަހަރު އެ ޕާޓީން އަޑު އުފުލަމުން ދިޔައީ އިސްލާހަަށެވެ. ބޭއިންސާފާއި އަނިޔާ ނައްތާލައި، އިންސާފާއި އަދުލުވެރިކަން ގާއިމު ކުރުމަށެވެ. ފުދުއްތެރިކަމާއި ދުޅަހެޔޮ މުޖުތަމައުއެއް ހޯދައި ދިނުމަށެވެ. އިސްލާހީ އެ މަސައްކަތުގައި މިއަދު އެ ވަނީ ބޭނުންވި ލަނޑުދަނޑިއަށް އެ ޕާޓީ ވާސިލުވެވިފައެވެ. ވެރިކަން ލިބިއްޖެއެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދައިފިއެވެ.

ދެން އޮތީ ވައުދުތައް ފުއްދުމެވެ. އިންސާފު ގާއިމު ކުރުމެވެ. އަދުލުވެރި ދައުލަތެއް ބިނާކުރުމެވެ. ނުކުރެވި ހުރި ކަންކަން ކުރުމެވެ. ވައުދެއް ނުފުއްދި އޮތުމަށް ދައްކާނެ އިތުރު ބަހަނާއެއް އެމްޑީޕީއަށް ދެން ނެތެވެ.

އެންމެ ހަރު އަޑުން، އެމްޑީޕީން އަޑު އުފުލަމުން ދިޔައީ ޖުޑީޝަރީ އިސްލާހު ކުރާ ވާހަކައެވެ. ފަނޑިޔާރުގެ ހަމަމަގަށް އެޅުވުމުގެ ވާހަކައެވެ. އެކަން ކުރަން ވެސް އެމްޑީޕީއަށް އިތުރަށް ބޭނުން ވަނީ އެންމެ ގޮނޑިއެކެވެ. އަދުލު އިންސާފާ ގުޅޭ ގޮތުން ގާނޫނުއަސާސީގެ ހަ ވަނަ ބާބުގައި ބުނެފައިވާ ކަންކަން އިސްލާހު ކުރާނަމަ، އެކަން ކުރަން ވެސް މަދުވަނީ އެންމެ މެމްބަރެކެވެ. ގާނޫނުއަސަސީގެ ހަތް ވަނަ ބާބުގެ 175 ވަނަ މާއްދާގައި ބުނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރެވޭ ވަރުގެ އަގުލަބިއްޔަތެއް ހޯދަން ވެސް މަދުވަނީ އެންމެ މެމްބަރެކެވެ.

އާ މަޖިލީހުގެ މެމްބަރުން އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާ ކުރުމާ އެކު، ޖޭއެސްސީގެ އަގުލަބިއްޔަތު ބޭނުންވާ ކޮޅަކަށް އަބުރާލެވިދާނެއެވެ. މަގާމުގެ ހައިސިއްޔަތުން، ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން، މަޖިލީހުގެ ސިންޕަލް މެޖޯރިޓީއަކުން ބަދަލު ކުރެވިދާނެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ.

ވަގުތީ ގޮތުން ޖޭއެސްސީގެ އަގުލަބިއްޔަތު ވަކިކޮޅަކަށް އަބުރާލުމަކީ ހައްލެއް ނޫނެވެ. އިސްލާހީ މަސައްކަތްތެރިން ބުނަމުން ދަނީ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ފަނޑިޔާރުން ޖޭއެސްސީގައި ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުގެ ތިން ފަނޑިޔާރުން މިހާރު ވެސް ޖޭއެސްސީގައި ތިއްބަވައެވެ.

ދާއިމީ ހައްލަކަށް ދާނަމަ، އެންމެ ފުރަތަމަ ވެސް ޖެހޭނީ ގާނޫނުއަސާސީ އިސްލާހު ކުރާށެވެ. ޖުޑީޝަރީ އެކުލެވިގެންވާ ގޮތް ތަރުތީބު ކުރާށެވެ. އެކަމުގައި ތެދު ނިޔަތަކާއި ރަނގަޅު މަގުސަދެއް އޮންނަންވާނެއެވެ. ދައުލަތުގެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޖުޑީޝަރީ އިސްލާހު ކުރުން ހަމަ މުހިއްމު ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ފައިސާ އާއި ނުފޫޒާއި އަމިއްލަ މަންފާއަށް ހުކުމްތައް ކުރެއްވި ކަމަށް ގާޒީން ވަނީ އެއްބަސްވެފައެވެ. އެބޭފުޅުން އަމިއްލައަށް ސޮައި އަޅައި، އިއުތިރާފުވެފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ ވަކި މީހަކު ބުނީތީ، ވަކި ގޮތަކަށް ހުކުމްތައް ކުރެއްވި ކަމަށެވެ. ކަތި ވަޅިން ޅިޔަ އަޅައި، ކައްޓާއި މަހާ ވަކިކޮށް، ފުރާނަ ދުއްވާލި ގާތިލުންނަށް ގިސާސް ހިފުމަށް ހުރި ދޮރުތައް ބަންދުވެފައި ވަނީ ފަނޑިޔާރުގޭގައި އަދުލުވެރިކަމެއް ނެތުމުންނެވެ.

އަދުލުވެރިކަމުގެ ސިފަ ނެތް ފާސިގަކު ފަނޑިޔާރުކަމުގައި ބައިންދައިގެން މި ދީބަށް ލިބޭނެ މޮޅެއް ނޯންނާއެވެ. ސިޔާސީ ވިސްނުމުން، ސިކުނޑި ކިލަނބުވެ، މޫރޫއަތްތެރިކަމުގެ ސިފަ ނެތް ގާޒީން ނިޔާ ކަނޑައަޅަން ކޯޓުތަކަށް އައްޔަން ކޮށްގެން ނުވާނެއެވެ. ގާޒީންނަކީ އާދައިގެ މީހުންނަށް ވުރެ ވެސް ބޮޑަށް ރިވެތި އަހްލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބައިމީހުންގެ އަމަލާއި ބަސްމަގު ސީދާ ކުރުމުގެ މައްޗަށް އަބަދުމެ ފާރަވެރިވެ، ފަރުވާތެރިވެ، އެކަމަށް ސަމާލުވާންޖެހޭ އެކެވެ. އެފަދަ ބަޔަކު ހޯދުމުގެ ދަތުރު ފަށަންވީ ވަގުތު ޖެހިއްޖެއެވެ.

ނިޒާމުގެ ވާހަކަ ހުއްޓާލައި، ވެރިކަމުގެ ލައްޒަތުގެ ވާހަކަ ބާއްވައި، ޖުޑީޝަރީ އިސްލާހު ކުރުމަށް ބޭނުންވާ މަގަށް ރާއްޖެ އަނބުރާލަން ފަށާ ދަތުރަށް އިތުރަށް ބޭނުންވަނީ އެންމެ މީހެކެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި މިވަގުތު ތިއްބެވި 65 މެމްބަރުންގެ ފައުޖާ ގުޅޭނެ މެމްބަރެވެ. ކަސިޔާރު މަގުން ގެއްލިގެން ނުދާނެ މެމްބަރެކެވެ. ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އޭރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީ ހިޔާނާތުގައި 19 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރެއްގެ އިސް ދައުރު؟

އެމްއެމްޕީއާރުސީ ހިޔާނާތުގައި 19 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރެއްގެ އިސް ދައުރު؟

19 ޖުލައި 2020
ޕީޕީއެމަށް ބާރުތައް ދިނުމާއި އެމްޑީޕީއަށް ބާރުތައް ދިނުން، ވަރަށް ތަފާތު!

ޕީޕީއެމަށް ބާރުތައް ދިނުމާއި އެމްޑީޕީއަށް ބާރުތައް ދިނުން، ވަރަށް ތަފާތު!

20 ފެބުރުއަރީ 2020
ޕްރައިމަރީތަކާ ދިމާކޮށް، އެމްޑީޕީއަށް މެންބަރުން ވެއްދުމުގައި އުޅެނީވެސް ވާދަވެރިން!

ޕްރައިމަރީތަކާ ދިމާކޮށް، އެމްޑީޕީއަށް މެންބަރުން ވެއްދުމުގައި އުޅެނީވެސް ވާދަވެރިން!

13 ޖެނުއަރީ 2020
ޖޭއެސްސީއަށް ރަނގަޅީ ކޮން މެމްބަރެއް؟

ޖޭއެސްސީއަށް ރަނގަޅީ ކޮން މެމްބަރެއް؟

29 މެއި 2019
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

13 މާރިޗު 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު