Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ކޮރެއާ މައްސަަލަ

ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

ދެ ލީޑަރު ޖޫން 12 ގައި ބާއްވަން އޮތް ބައްްދަލުވުން އެމެރިކާގެ ރައީސް ވަނީ ކެންސަލް ކުރައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 18:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އުތުރު ކޮރެއާ އާއި އެމެރިކާއަކީ ވަރަށް ވަރުގަދަ އަށް ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންދާ ދެގައުމެވެ. ދާދިފަހަކާ ޖެހެންދެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެންދެވީ ވަރަށް އަސަރާއި އިހުސާސުން ފުރިގެންވާ "އަލިފާނުގެ" ބަސްތައް ރައްދު ކުރަމުންނެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަކީ "ރައްޔިތުން ބަނޑަށް ޖައްސައި އަދި މަރަމުންދާ މޮޔައެއް" ކަމަށް ޓްރަމްޕް ސިފަކުރައްވާފައިވެއެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ގޮތުން އަޅަށް ޖެހޭ ފިޔަވަޅުތައް އެޅުމައްޓަކައި އެމެެރިކާ އިން ތައްޔާރު ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވެފައި ވެއެވެ. އަދި އުތުރު ކޮރެއާގެ ލީޑަރަކީ "ލިޓިލް ރޮކެޓް މޭން" އެއް ކަމަށް ވެސް ރައީސް ޓްރަމްޕް ސިފަ ކުރައްވާފައިވެއެވެ.

ރައްދުގައި އުތުރު ކޮރެއާގެ ލީޑަރު ވެސް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައި ވެއެވެ. ލީޑަރު ރައީސް ޓްރަމްޕް އަކީ 'މޮޔަ ވިސްނުމެއް ނެތް" މީހެއްގެ ގޮތުގައި ސިފަކުރައްވައި "އަލިފާން ބޭނުންކޮށްގެން" ރައީސް ޓްރަމްޕް ކޮންޓްރޯލް ކުރައްވާނެ ކަަމަށް ވިދާޅުވެފައިވެއެވެ. އަދި އެމެރިކާ އިން ހީވެސް ނުކުރާހާ، "މޮޅު ގާބިލުކަން އުތުރުު ކޮރެއާ އަށް ލިބިގެންވާ" ކަމަށް ވެސް އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވެފައިވެއެވެ. މުޅި އެމެރިކާ ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުން ހަމަލާ ދެވޭ ފަދަ ހާލަތެއްގައި ކަމަށާއި، މޭޒުކޮޅުގައި އަބަދު ވެސް ނިއުކްލިއާ ބަޓަނެއް ހުންނަ ކަމަށް ވެސް ކިމް ޖޮން އުން ވިދާޅުވެފައިވެއެވެ. އަދި އެމެރިކާ އަކީ "މީހުން މަރަމުންދާ ގައުމެއް" ކަމަށް ވެސް އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވެފައެވެ.

ކޮންމެއަކަސް އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރާ ދެމެދު ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންގޮސް ކަންކަން މަޑުމަޑުން ބަދަލުވާން ފެށިއެވެ. ބަހުގެ ހަމަލާތައް ފިނިވެ ޖަޒުބާތީ އޮއިވަރެއް ފެތުރެން ފެށިއެވެ. ހަރުކަށިކަމާއި ވަރަށް ގޮތުގައި ހުންނަވާ ކަމަށް މަޝްހޫރުވެފައިވާ ކިމްގެ ރާގު ބަދަލުވިއެވެ. އުތުރު ކޮރެއާގެ މުޅި ޚާރިޖީ ސިޔާސަތަށް ގޮތް ނޭނގޭ ކުއްލި ބަދަލެއް އަންނަން ފެށިއެވެ. މިއަހަރުގެ މާޗްގައި ފެނިގެންދިޔައީ، އުތުރު ކޮރެއާ އިން އެގަައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެމެރިކާގެ ރައީސް އަށް ދައުވަތު އެރުވިތަނެވެ. ހައިރާންކުރުވި ކަމަކީ އެ ދައުވަތު އެމެރިކާގެ ރައީސް ގަބޫލުފުޅުކުރެއްވުމެވެ. އަދި އުތުރު ކޮރެއާގެ އެންމެ ބޮޑު ހަތުރު ކަމަށްވާ ދެކުނު ކޮރެއާއާ އެކު މަޝްވަރާތައް ފަށައި ތާރީހުގައި ފުރަތަމަ ފަހަރަށް ދެކޮރެއާގެ ރޮނގު ހުރަސްކުރައްވައި ކިމް ދެކުނު ކޮރެއާ އަށް ވަޑައިގަތެވެ. އެ އަށް ފަހު ފެނިގެން ދިޔަ މުހިންމު އެއް ކަމަކީ އެ ބައްދަލުވުމުގެ ކަންކަން ތަރުތީބުވެގެންދިޔަތަނެވެ. ސިންގަޕޫރުގައި، ޖޫން މަހު 12 ވަނަ ދުވަހު ބައްދަލުވުން ބާއްވަން ޝެޑިއުލް ކުރެވުނެެވެ.

ކުއްލި ސިހުމަކާއި އަދި ހައިރާންކަމަކާ އެކު ބުރާސްފަތި ދުވަހު އިވިގެން ދިޔަ އަޑަކީ ޖޫން 12 ގައި، އުުތުރު ކޮރެއާ އާއި އެމެރިކާގެ އިސް ވެރިން ބާއްވަން ހަމަޖެހުނު ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރެއްވި ޚަބަރެވެ. ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން" ކަމަށެވެ. ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއް ކަން ހާމައެއް ނުކުރައްވައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން ރައީސް ޓްރަމްޕް ކެންސަލް ކުރެއްވި ހިސާބުން އަނެއްކާ ވެސް ދެ ގައުމުގެ ގުޅުން ގޯސްވެދާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ. ފެނިގެން މިދަނީ ދެ ގައުމުން ވެސް މަޝްވަރާތައް ކުރިއަށް ގެންދެވޭތޯ ކެނޑިނޭޅި މަސައްކަތްކުރާ މަންޒަރެވެ. އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަަކަށް ހެއްދެވުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެއް ފަރާތަކީ އުުތުރު ކޮރެއާގެ ރައީސް މޫން ޖެއި އިންއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ވަނީ އުތުުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ބައްދަލުވުމުގައި ދެގައުމުގެ ވެރިން ވެސް އެއްބަސްވެވަޑައިގަތީ އުތުުރު ކޮރެއާގެ ލީޑަރާއި އެމެރިކާ ރައީސްގެ ބައްދަލުވުމަކީ އޮންނަން ޖެހޭނެ މުހިންމު ބައްދަލުވުމެއް ކަމަށެވެ. ހޯމަ ދުވަހު މީޑިއާތަކުން އިވިގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް މަޝްވަރާތައް ބާއްވަވަމުން ގެންދަވާ ޚަބަރެވެ.

ދެކޮރެއާ މެދުގައި އޮންނަ ޑީމިލިޓަރައިޒް ޒޯނެއް ކަމަށްވާ ޕަންމުންޔޮމްގައި ދެގައުމުގެ އޮފިޝަލުންގެ ޓީމްތައް ބައްދަލު ކުރައްވަމުން ގެންދަވާއިރު، އަންގާރަ ދުވަހު އިވިގެން ދިޔަ އަޑަކީ އުތުރު ކޮރެއާގެ ކުރީގެ އެންމެ އިސް ޖާސޫސީ އޮފިޝަލް އަދި މިހާރު ވެސް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަރިހުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ ކިމް ޔޮންގް ޗޮލް އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ޚަބަރެވެ. ރިޕޯޓުތައް ބުނާ ގޮތުން ކިމް ޔޮންގް ޗޮލް އެމެރިކާ އަށް ވަޑައިގަންނަވާނީ ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އުތުުުރު ކޮރެއާގެ އިސް އޮފިޝަލަކު އެމެރިކާ އަށް ވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށް ވެއެވެ. ޗޮލް އެމެރިކާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ތާރީޚެއް ކަނޑަނޭޅިއަސް ފެނިގެން ދަނީ އުންމީދީ މަންޒަރުތަކެެެކެވެ. މިފަހަރު ދާނީ ކިހާވަރަކުންތޯއެވެ.؟

ކޮމެންޓް

އިތުރަށް ކިޔާލަން

 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

29 އޮކްޓޯބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު