Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެންޑޭޓް

ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެންޑޭޓް އޮތީ އޮޅުވާލާފައި - ޔައުގޫބް

7 ޑިސެމްބަރު 2021 | އަންގާރަ 07:56

ރައީސް ޔާމިނަކީ އެއްވެސް ވަރަކަށް ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރައްވާ ބޭފުޅެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޑިސެމްބަރު 2021 | އަންގާރަ 07:56
ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު

ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު

ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނިތަކުގެ މެންޑޭޓް އޮޅުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، ކުންފުނިތައް ރަނގަޅަށް ހިންގާފައިވާކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެންޑޭޓް އޮޅުވާލައި، ހުރިހާ ކުންފުންޏަކަށް ބޯހިޔާވަހިކަން ހަވާލުކޮށްފައި އޮތް ކަމަށެވެ. އެޗްޑީސީ ފިޔަވައި އެހެން ކުންފުނި ތަކުގެ މެންޑޭޓްގައި ބޯހިޔާވަހިކަން ނޯންނާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުންވަނީ މިހާރު ނިންމާފައެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، އެއްލައްކަ ހަތަރު ހާސް ވަޒީފާ އުފެއްވި ކަމަށް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވައި ޔައުގޫބް ވިދާޅުވީ، އެ އަދަދަށް ވަޒީފާ އުފެއްދެވި ނަމަ މިހާރު ރާއްޖޭގައި އޮންނާނީ، ވަޒީފާގެ ދަތިކަން ހައްލުވެފައި ކަމަށެވެ. ހިސާބު ޖެހުމުގައި އެ ސަރުކާރުގެ ބޭފުޅުންގެ މައްސަލަ އުޅޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ރައީސް ޔާމިނަކީ އެއްވެސް ވަރަކަށް ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އޮތީ އެންމެ އެދުމެއްކަމާއި އެކަން ހާމަވެގެންދަނީ، ޖަލުން މިނިވަން ވުމާއެކު ފައިސާ ހޯދެވުމަށް އުޅުއްވުން ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ފަހި ފަސް އަހަރު ނުވަތަ ހަތް އަހަރު ލިބިވަޑައިގެން ވެރިކަން ކުރެއްވިއިރު، ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ކުރެއްވި ކަމަކީ ދައުލަތުގެ ބަޖެޓުން ވައްކަމެވެ. ޔައުގޫބް ވިދާޅުވީ، ރައީސް ޔަމީނަކީ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. ފުރަތަމަ ގައުމު ހިންގަން ހަވާލު ކުރެއްވީ، ނައިބު ރައީސާ ކަމަށާއި، ދެން އޭގެ ފަހުން ހަވާލުކުރެއްވީ، އެމަނިކުފާނުގެ އަނބިކަނބަލުންނާއެވެ. ރައީސް ޔާމީން ބޭނުންފުޅުވަނީ ކޮންމެވެސް ގޮތަކަށް ފައިސާ ހޯދައްވަން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް