Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީލަން ޕޯޓަލް ލޯންޗް ކުރުން

އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމަކީ އެންމެ ބޮޑު އެއް އަމާޒު – އަމީރު

އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޑިސެމްބަރު 2021 | ހޯމަ 11:33
ބީލަން ޕޯޓަލް ލޯންޗްކޮށްދެއްވައި، މިނިސްޓަރ އިބްރާހީމް އަމީރު ވާހަކަދައްކަވަނީ

ބީލަން ޕޯޓަލް ލޯންޗްކޮށްދެއްވައި، މިނިސްޓަރ އިބްރާހީމް އަމީރު ވާހަކަދައްކަވަނީ

ޕްރޮކިއުމަންޓްގެ މަސައްކަތްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕްރޮކިއުމަންޓުތަކާ ގުޅިގެން ބީލަން ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމުގެ އަމާޒަށް ވާސިލްވުމަށް އެޅިގެންދާނެ އެންމެ ފުރަތަމަ ފިޔަވަޅަކީ މިފަދަ ޕޯޓަލްއެއް ގާއިމް ކުރެއްވުން ކަމަށެވެ.

އަދި އިލެކްޓްރޯނިކް ނިޒާމަކަށް ދިޔުމަށް ކުރެވެމުންދާ މި މަސައްކަތް ތަންފީޒުކުރުމަށް އެންމެ މުހިއްމީ ބީލަން ވެރިން ކަމަށާއި، ޕޯޓަލް ބޭނުންކުރުމުގައި ހުރި ދަތިތަކާއި އަދި ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައް ދެނެގަތުމަށް އެ ފަރާތްތަކުގެ ޚިޔާލުތައް ވަރަށް މުހިއްމު ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރޮކިއުމަންޓުތަކާ ގުޅިގެން ބީލަން ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއަކީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރުމަށް ކުރެވެމުންއަންނަ މަސައްކަތްތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި އިފްތިތާހު ކުރެވިގެން ދިޔައީ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ބަލައިގަނެވޭ ބިޑް، ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން، ބިޑް ހުޅުވުމުގެ ވަގުތާހަމައަށް ހިފެހެއްޓޭނެގޮތަށް ކަމަށެވެ. އަދި، މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި، އެކަމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަމަ އެކަނި މިފަދަ މެކޭނިޒަމްތައް ގާއިމުކުރުމުން ނިޒާމު ހަރުދަނާ ވެގެންދާނެކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކުލަވާލާފައިވާ ނިޒާމު ހަރުދަނާ ސިފައެއްގައި ތަންފީޒުކުރުމަށް އެންމެ މުހިއްމު އެއްބަޔަކީ އެ ނިޒާމްތެރޭގައި ހަރަކާތްތެރިވާ ފަރާތްތައް ކަމަށާއި، މީގެތެރޭގައި ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ބީލަންވެރިންނާއި އަދި ކޮންޓްރެކްޓަރުންވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ، ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިންގ ޕްރޮގްރާމް ވުޖޫދަށް ގެނެސް، އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރ ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވުނު ބީލަންވެރިންގެ މަހާސިންތާގައި ބީލަންވެރިން އެދުނު އެންމެ ބޮޑު އެދުމަކީ ދައުލަތުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުގެ މައްސަލަތައް ހައްލުކޮށްދިނުން ކަމަށެވެ. އެގޮތުން، ސަރުކާރު ކުންފުނިތަކުން އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީތަކަށް އަމަލުކުރަމުން އަންނަ އައުން ނިމުމަކަށްގެނެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ގައިޑްލައިން އެކުލަވާލައި އެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2019

އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ގެއްލުމެންނުވޭ

06 ޖެނުއަރީ 2019
އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ގެއްލުމެންނުވޭ
13 ސެޕްޓެމްބަރު 2018

ބޭފުޅުން ކޮޅެއް ވަކިވެގެން ދިއުމަކީ އަދާލަތު ޕާޓީގެ ފިކުރު ބަދަލުވާންޖެހޭ ކަމެއް ނޫން: އަލީ ޒާހިރު

13 ސެޕްޓެމްބަރު 2018
ބޭފުޅުން ކޮޅެއް ވަކިވެގެން ދިއުމަކީ އަދާލަތު ޕާޓީގެ ފިކުރު ބަދަލުވާންޖެހޭ ކަމެއް ނޫން: އަލީ ޒާހިރު
14 ޑިސެމްބަރު 2017

ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންނެއް ނުވޭ: އެމްޑީޕީ

14 ޑިސެމްބަރު 2017
ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންނެއް ނުވޭ: އެމްޑީޕީ
23 ނޮވެމްބަރު 2017

ބްރިޓިޝް އެއާރވޭސްގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެ

23 ނޮވެމްބަރު 2017
ބްރިޓިޝް އެއާރވޭސްގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެ
25 އޮކްޓޯބަރު 2017

މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް

25 އޮކްޓޯބަރު 2017
މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު