Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ބޭފުޅުން ކޮޅެއް ވަކިވެގެން ދިއުމަކީ އަދާލަތު ޕާޓީގެ ފިކުރު ބަދަލުވާންޖެހޭ ކަމެއް ނޫން: އަލީ ޒާހިރު

13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:09

އޭރުވެސް މިހާރުވެސް އަދާލަތު ހިންގަމުން ގެންދަނީ އެޕާޓީ އުފެއްދި މަގުސަދާއި، ރޫހާއި އެއްގޮތަށްކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:09
މާމިގިލީގައި ޖަލްސާގައި އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ

މާމިގިލީގައި ޖަލްސާގައި އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ

އަދާލަތު ޕާޓީން ބޭފުޅުން ކޮޅެއް ވަކިވެގެން ދިއުމަކީ އެޕާޓީގެ ފިކުރު ބަދަލުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އދ. މާމިގިލީގައި ބޭއްވި ބިޔަ ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ކޮންމެވެސް ޒާމާނެއްގައި ބަޔަކު އަދާލަތު ޕާޓީގައި އުޅުމަކީ އަބަދު އަދާލަތު ޕާޓީގެ ކަންކަމާއި މެދުގައި ގޮތްކިޔާ ބަސްބުނަން އޮތް ހައްގެއް ނޫންކަމަށެެވެ.

Advertisement - newsAdvertisement

"އަދާލަތު ޕާޓީ އޭރުވެސް މިހާރުވެސް ހިންގަމުން ގެންދަނީ އެޕާޓީ އުފެއްދި މަގުސަދާއި، އުފެއްދި ރޫހާއި އެއްގޮތަށް" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕާޓީން އަމިއްލަފުޅަށް ވަކިވެގެން ދިޔަ ދެތިން ބޭފުޅެއްގެ މަގުސަދާއި ރޫހު ތަފާތުވުމަކީ، އެޕާޓީގެ މަގުސަދާއި ފިކުރު ބަދަލުވުން ނޫންކަމަށެވެ.އޭނާ ވިދާޅުވީ، އަދާލަތު ޕާޓީ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި މިއަދުވެސް އެޕާޓީ މަސައްކަތް ކުރަމުންދަނީ އެ ރޫހުގައިކަމަށެވެ.

އަލީ ޒާހިރު މިގޮތަށް ރައްދު ދެއްވީ މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝޭހް މުހައްމަދު ދީދީ ދެއްކެވި ވާހަކަތަކަށެވެ. ބުދަ ދުވަހުގެ ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ދީދީ ވިދާޅުވީ އަދާލަތު ޕާޓީ މިއަދު ނަމެއްގައި އޮތަސް އެ ޕާޓީ ވަނީ ރޫޅިފައި ކަމަށެވެ. އެއީ އެ ޕާޓީގެ މުއައްސިސުންނާއި އުފެއްދި މީހުން މިހާރު އަދާލަތު ޕާޓީއާ އެކުގައި ނެތުމުން ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މިއަދު މި ގައުމު ހަމަ މަގަށް އެޅުވުމަށް ގުޅިފައިވާ ޕާޓީތަކުން އެކައްޗެއް ކިޔާ ކަމަށާއި ހުރިހާ ޕާޓީތަކުގެ މަގުސަދަކީ އެއް މަގުސަދެއްކަމަށާއި، އެއީ މި ގައުމުގައި އިންސާފް ގާއިމްކޮށް ހަމަމަގަށް އެޅުވުންކަމަށެވެ.

ރައީސް އަބުދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލީ ޒާހިރު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން މިހާތަނަށް ޖެއްސެވި ހިސާބުތައް ގޯސްކަމަށެވެ. އެގޮތުން މަޖިލިސް މެޖޯރިޓީ ގެއްލި ކޯލިޝަން ރޫޅުމުން ޖެހި ހިސާބު ދިމާ ނުވާކަމަށާއި، ކާނަލް ނާޒިމް ޖަލަށްލައިގެން ޖެއްސެއްވި ހިސާބު ދިމާނުވާކަމަށާއި، އަދާލަތު ޕާޓީ އެމްޑިޕީއާއި އެކު ދުވަހަކު ވެސް މަސައްކަތް ކޮށްފާނެކަމަށް ގަބޫލު ނުކުރާނެ ކަމަށް ޖެއްސެވި ހިސާބުވެސް ގޯސްކަމަށެވެ. މީގެ އިތުރުން، ރައީސް މައުމޫނު އެމްޑީޕީއާއި ގުޅިގެން މަސައްކަތް ނުކުރާނެކަމަށް ދެކުނު ހިސާބުވެސް ދިމާނުވާކަމަށާއި، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ނިންމާ ޖެއްސެވި ހިސާބުވެސް ގޯސްކަމަށެެވެ. އިބޫއަށް ކެންޑިޑެންސީ ނުލިބޭނެ ކަމަށް ރައީސް ޔާމީން ޖެއްސެވި ހިސާބު ވެސް ގޯސްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ދިނީ އިލްމުވެރިއަކު ނެރުއްވާ ކަންކަން ފޮރުވޭނެ ކަމަށް ދެކި ޖެއްސެވި ހިސާބުވެސް މުޅިން ގޯސްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު އަމިއްލަފުޅަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ދެކި އެމަނިކުފާނު ޖައްސަވާ ހިސާބު ގޯސްކަމަށެވެ. އަދި މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނީ، ކޯލިޝަން ކެނޑިޑޭޓް އިބޫކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް