Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަތަރު-ރާއްޖެ

ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން

އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ޖޫން 2017 | ހޯމަ 20:31
ރައީސް މައުމޫން: ސަރުކާރުގެ ނިންމުމުން ކަންބޮޑުވުން ފާޅުކުރެއްވި

ރައީސް މައުމޫން: ސަރުކާރުގެ ނިންމުމުން ކަންބޮޑުވުން ފާޅުކުރެއްވި

މުސްލިމް މި ދިވެހި ރާއްޖެއިން ފަހަރަކު މުސްލިމް ގައުމަކާ ގުޅުން ކަނޑާލަމުން ގެންދިއުމަކީ ދެރަކަމެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއިން ޤަތަރާއެކު އޮތް ގުޅުން ކަނޑާލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ގަތަރާ ގުޅުން ކަނޑާލުމުގެ ކުރިން ރާއްޖެއިން ވަނީ އިރާނާ ވެސް ގުޅުން ކަނޑާލާފައި ކަމަށް ރައީސް މައުމޫން ފާހަގަ ކުރެއްވެވި އެވެ.

ގަތަރާއި ރާއްޖެއިން ގުޅުން ކަނޑާލާފައިވާ އިރު ސައުދީއަރަބިއްޔާއާއި މިސްރާއި ބަހުރެއިން އަދި ޔޫއޭއީން ވެސް ވަނީ ގަތަރާއި އޮތް ގުޅުން ކަނޑާލާފައެވެ. ސައުދީއަރަބިއްޔާ އިސްވެ އޮވެ ސައުދީއާއި ބައިވެރިވާ ގައުމުތަކުން ގަތަރާއި ގުޅުން ކަނޑަމުން ދަނީ އެ ގައުމުގެ ޓީވީން ގެނެސްދިން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ޘާނީގެ މެސެޖެއްގައި ސައުދީގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ. އަދި އެ މެސެޖްގައި ގަތަރު އަމީރުވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާއަތް އަދި އީރާނަކީ ޓެރަރިސްޓުންކަމަށް ސައުދީއާއި ސައުދީ ބައިވެރިން ކަނޑައެޅި ކަނޑައެޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އީރާނަކީ އަދިވެސް އިސްލާމީ އުއްމަތުގެ ބާރެއްކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ޤަތަރާ އޮންނަ ގުޅުން ކަނޑާލުމުން ސޯޝަލް މީޑިޔާގައި ދަނީ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެމްޑީޕީންވެސް ވަނީ ސަރުކާރުގެ އެނިންމުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
29 މާރިޗު 2017

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު