Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

އެޖެންޑާގައި ގައުމުތައް ހިމަނަނީ ޙައްޤުތައް ނިގުޅައިގަތުން ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ދިއުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 ޖޫން 2017 | ބުރާސްފަތި 14:35
އދ ގެ ހިޔުނަބް ރައިޓސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

އދ ގެ ހިޔުނަބް ރައިޓސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

ދިވެހި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެ، އެ ޙައްޤުތަކުން ރައްޔިތުން މަހުރޫމުކުރަމުން ގެންދާތީވެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ މަތީ ޖަމްޢިއްޔާ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނޭ ޙާލަތަށް ދިވެހިރާއްޖެ ވައްޓާލާފައިވާކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ގައުމުތައް ހިމަނަނީ ޙައްޤުތައް ނިގުޅައިގަތުން ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ.

އެގޮތުން ކައުންސިލްގެ އެޖެންޑާގައި ހިމެނުމާ އެކު ދިވެހިރާއްޖޭގެ ޙާލަތު ބެލުމަށާއި އެކަންކަން އިސްލާޙްކުރުމަށް ބާރު އަޅައި ސަރުކާރުގެ ޢަމަލުތައް އޮބްޒާވްކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 35 ވަނަ ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ ޤައުމުތަކުން ތަޢީދުކޮށް އެޖެންޑާ އައިޓަމް ދޭއްގެ ދަށުން ބުދަ ވަހު އިނގިރޭސިވިލާތުން އިއްވި ބަޔާނުގައި ޤާނޫނު އަސާސީންނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ފޯރުކޮށްދިނުމުގައި ތަކުރާރުކޮށް ދިވެހި ސަރުކާރުން އިހުމާލުވުމާއި، ރައްޔިތުންނަށް ބިރުދެއްކުމާއި ހައްދުފަހަނަޅާފައިވާ ފިކުރަށް ދިވެހިރާއްޖޭގައި ޖާގަ ލިބިދިނުމާއި، މަދަނީ އެތައް ޙައްޤުތަށް ނިގުޅައިގެންފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ކަންކަން އިސްލާޙްކުރުމަށް ގޮވާލާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުނު ބަޔާނުގައި ދިވެހިރާއްޖޭގައި މިނިވަންކަމާ އެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިވަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭ ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލައި، މިނިވަންކަމާ އެކު ޕާޓީ ހިންގުމުގެ ބާރުތައް ނެތިކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ޤާނޫނު އަސާސީގެ ރޫޚާ ޚިލާފް އެތައް ބަދަލުތަކެއް ގެނެސް މުޅި ޑިމޮކްރަޓިކް ނިޒާމް ވަނީ ހައިޖެކްކޮށްފައި ކަމަށް ވަނީ ބުނެފައެވެ. އަދި ވާދަވެރި ޕާޓީތަކުގެ ލީޑަރުންނަށް ސިޔާސީ ދައުވާތައްކޮށް ޖަލުގައި ބަންދުކޮށް އެފަރާތްތަކުގެ މުދަލަށް ސަރުކާރުން އަރައިގަނެ އާއިލާއަށް ފުރައްސާރަކުރުން އާންމުވެފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލުމާއި ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން އާއިލާއިންނާއި ރައްޔިތުން ސުވާލުކުރުމުން އެއީ ‘ސިޔާސީ’ ކުރުން ކަމުގައި ބުނެ އެސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދިނުމަކީ ދައުލަތުގެ މުވައްސަސާތަކުން މަސްއޫލިއްޔަތު އަދާކުރުމުން ރެކުމަށް މަސައްކަތްކުރުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުން މެރުމާއި، ގެއްލުވާލުން ފަދަ އަނިޔާވެރިކަމެއް ރާއްޖޭގައި ބަޔަކު ރާވައިގެން މިއަދު ކުރާއިރު އެ ބަޔަކު ދިވެހި ފުލުހުންނަށާއި ސިފައިންނަށް ނުހޯދޭނެ ކަމަކަށް އެމްޑީޕީން ނުދެކޭ ކަމަށާއި އަދި އެކަން ކުރި، ރޭވި، އަދި ފައިސާ ޚަރަދުކުރި ބަޔަކު ހޯދައި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަންޖެހޭނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ޢަމަލުތައް މިއަދު ބޮއްސުންލާފައިވާއިރު، އެކަންކަން އިސްލާޙްކުރުމުގެ ޒިންމާ ޤާނޫނު އަސާސީން މަތިކޮށްފައިވަނީ ދައުލަތުގެ މުވައްސަސާތަކާއެވެ. އެހެންނަމަވެސް މުވައްސަސާތައް މިއަދު އިންތިހާއަށް ސިޔާސީވެ، ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށް އެމްޑީީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު