Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ފްރޭމްކުރުން

ބަޑި ބާއްވައިގެން ޤާސިމް ފްރޭމް ކުރަން އުޅޭ މައްސަލަ ބަލަމުން ނުދިއުމަކީ އެކަން ކުރިއަށް ގެންދާކަމަށް ބެލެވޭ ކަމެއް: ޖޭޕީ

ޤާސިމް އޮންނެވި ޖަލުގޮޅި ކޯޓު އަމުރާ އެއްގޮތައް އަދިވެސް ރަނގަޅެއް ނުކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 20:07
ޤާސިމް އިބްރާހީމް: މިވަގުތު ވަނީ ޖަލުގައި

ޤާސިމް އިބްރާހީމް: މިވަގުތު ވަނީ ޖަލުގައި

ޖަލުގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްއާ ގުޅުން އޮތް ތަނެއްގައި ދެ ބަޑި ބާއްވައިގެން އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަމުން ނުދިއުމަކީ އެކަން ކުރަމުންދާކަމަށް ބެލެވޭ ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން ބުދަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ފްރޭމްކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރުމަށްޓަކައި، ބަޔަކު މީހުން ރާވައިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މަޢުލޫމާތު ލިބި، އެމަނިކުފާނުގެ ވަކީލުންވަނީ ކަންބޮޑުވުން ފާޅުކޮށް، ދަޢުލަތުގެ ސަލާމަތީ ޚިދުމަތްތަކަމަށްވާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލަ ސެކިއުރިޓީ އަށާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް މައްސަލަ ލިއުމުން ހުށަހަޅާ އެކަން ސީރިއަސްކޮން ތަހްޤީގުކޮށް ދިނުމަށް އެދިފައި ކަމަށެވެ. އަދި އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ދަޢުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް ވަނީ ހުށަހަޅާފައި ކަމަށެވެ.

މައްސަލަ ހުށައަޅާފައިވީނަމަވެސް މިހާތަނަށް އައިއިރު އެކަމާގުޅޭތުން އެއްވެސް ފަރާތަކުން ފިޔަވަޅެއް އަޅާފައި ނުވުމުން އެކަމަށް ކަންބޮޑުވާންޖެހެނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތްތަކުގެ ސަބަބުން އެފަދަ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކުރިޔާލާ އެކަންކަމަށް ސަމާލުވެ ހައްލެއް ހޯދުމަށް ބޭނުންވާތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިވަގުތުވެސް ޤަސިމް އިބްރާހިމް ހުންނެވީ މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ބެލުމުގެ ދަށުގައި ޖަލު ބަންދެއްގައި ކަމަށްވެފައި، އަދި ޖަލުގެ ވެންޓިލޭޝަން ރަގަޅުކުރުމަށް ކުރިމިނަލް ކޯޓް އިން މޯލްޑިވްސް ޕޮލިސް ސާރވިސް ގެ މައްޗަށް، ފުރަތަމަ ހައްޔަރުކުރުމަށް ފަހު މުއްދަތު މަޖިލީހުގައި ފަނޑިޔާރު އަމުރުކުރީ ވެންޓިލޭޝަން ރަގަޅުކުރުމަށާއި، އަދި އެކަން ރަގަޅު ނުކުރެވޭނަމަ، ވެންޓިލޭޝަން ރަނގަޅު ތަނަކަށް ބަދަލުކުރުމަށް ކަމަށްވިއަސް އެކަން ރަނގަޅުކުރުމަކާ ނުލާ އަނެއްކާވެސް ހަމަ އެގޮޅީގައި ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވުމުން، އެ މަނިކުފާނާމެދު ޢަމަލުކުރައްވަމުން ގެންދަވަނީ އެއްގޮތަކަށް ވެސް ޤާނޫނީ ހުކޫމަތުގެ ތެރެއިން ކަމަށް ބެލުމުގެ ޖާގައެއް އޮތްކަމަކަށް އެޕާޓީން ނުދެކޭ ކަމަށެވެ.

ޖޭޕީން ބުނީ ކޯޓުގެ ޢަމުރާ އެއްގޮތަށް އެކަންކަން ރަނގަޅު ނުކޮށްހުރިއިރު އަދި އެމަނިކުފާނު ފުރޭމްކުރުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިގެން އެކަން ކަމާބެހޭ ދަޢުލަތުގެ އިދާރާތަކަށް އަންގާ ތަހްޤީގު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ޤާނޫނީ ވަކީލުން އެދިފައި ވުމާއި، އަދި އެކަން ޢަމަލީ ގޮތެއްގައި ކުރަމުންދާކަން އެނގިފައި ނެތުމުން، ޖަލުގެ ހައްޔަރުގައި އެ މަނިކުފާނު ހުންނަވާ ހުންނެވުމުގައި ފާއިތުވާ ކޮންމެ ވަގުތަކީ އެފަދަ ކަމެއް ބަޔަކު ރާވައިގެން ނުހިންގާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތް ވަގުތުތަކެއް ކަމުގެ ނުތަނަވަސްކަން އުފެދި އެކަމާ ނުހަނު ކަންބޮޑުވުން އޮތްކަމުގައި ދެކޭ ކަމަށެވެ.

ޖޭޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ހައްޤު ލިބިގެންވާ" ކަމަށެވެ. އެހެންކަމުން ޤާސިމް އިބްރާހިމް މި ވަގުތު ޖަލުގެ ހައްޔަރުގައި ބަހައްޓާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ކުށެއްގެ ހުކުމް ތަންފީޒް ކުރުމަށް ކަމަށް ނުވާތީއާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދުނު ހުރިހާ ހާލަތެއްގައި ތަހްޤީގަށް ފުރިހަމަ އެއްބާރުލުންދީފައި ވުމާއެކު، އެ މަނިކުފާނު ވަގުތުން މިނިވަން ކޮށްދިނުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގޮވާލަމުންދާ ގޮވާލުންތަކަށް ސަރުކާރުން އަޅާނުލުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.

ޖޭޕީން ބުނީ އެ ޕާޓިގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު އޮނަރަބުލް ޤާސިމް އިބްރާހިމްގެ ރައްކާތެރިކަމާއި، އަދި އެމަނިކުފާނު ހުންނެވި ޖަލުގޮޅީގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއި، ބަޔަކު ރާވައިގެން ފުރޭމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ޖާގައެއް ނުލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ދަޢުލަތުގެ އެންމެހާ ފަރާތްތަކަށް އެ ޕާޓީން އިލްތިމާޞްކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު