Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިވެލި އެވާރޑް ޖަލްސާ

މާއިޒުގެ ވާހަކައިން ދިވެހިން ރޮއްވާލައިފި: "މިހާލު ޖެހުމުން ތިބޭފުޅުންނަށްވެސް ރޮވޭނެ، އަސަރު ކުރާނެ"

ލޯތްބާއި އޯގާތެރިކަމަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާނެ އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2021 | ހޯމަ 07:46
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދޭ އެވާރޑުން ތައުލީމީ ދާއިރާއިން އެވާރޑް ހާސިލުކުރި މާއިޒު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދޭ އެވާރޑުން ތައުލީމީ ދާއިރާއިން އެވާރޑް ހާސިލުކުރި މާއިޒު

ސަރުކާރުން ބޭއްވި ރިވެލި އެވާރޑް ޖަލްސާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޝުއޫރުތައް ހިއްސާކުރަމުން އިހަވަންދޫ ސުކޫލުގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުހައްމަދު މާއިޒު ވަނީ ދިވެހިން ރޮއްވާލާފައެވެ. ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި އެ ސްޕީޗުގައި މާއިޒު ވަނީ މުހިއްމު އެތައް ކަމަކަށް އަލިއަޅުވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދޭ އެވާރޑުން ތައުލީމީ ދާއިރާއިން އޭނާ ވަނީ އެވާރޑް ހާސިލުކޮށްފައެވެ. އެ ރެއަކީ މާއިޒުގެ ހަޔާތުގައިވެސް އައި ނުހަނު އުފާވެރި ރެއެއްކަން ބަޔާންކޮށްދެމުން އޭނާ ބުނީ މިއީ ފުރަތަމަ ފަހަރަށް އެވާރޑެއް ހާސިލުކުރާ ފަހަރު ކަމަށެވެ. މާއިޒު ވަނީ މިފަދަ އެވާރޑެއް ދެއްވި ކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރާކަމަށް ބުނެފައެވެ.

ލޯތްބާއި އޯގާތެރިކަމަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާނެ އެއްޗެއްކަމާއި އެއީ ދިރިއުޅުމުގައި ނުހަނު މުހިއްމު އެއްޗެއްކަން ފާހަގަކޮށް މާއިޒުގެ ވާހަކަ ކުރިއަށް ގެންދިޔައިރު، ޖަލްސާގެ ހާޒިރީންގެ ލޯތައްވެސް ވަނީ ފެންކަޅިވެފައެވެ. ލޯތްބާއި އޯގާތެރިކަމާ ނުލައި އެއްވެސް އިންސާނަކަށް ނޫޅެވޭނެކަން ބަޔާންކޮށް މާއިޒު ބުނީ، މީހުންގެ ލޯތްބާއި އަޅާލުމާއި އިހުތިރާމަކީ އިންސާނަކަށް އެންމެ ބޭނުންވާނެ ކަންކަން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހަމަ އެވަރަށް ނޫނީ އެއަށްވުރެ ބޮޑަށް އެ ލޯތްބާއި އިހުތިރާމް ބޭނުންވާކަން މާއިޒު ފާހަގަކުރިއެވެ. އެ ލޯތްބާއި އަޅާލުން މިއަދު ލިބެމުންދާކަމުގެ އިހުސާސް ކުރެވޭކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެ ކުއްޖަކީވެސް ތައުލީމު ބޭނުންވާނެ ކުދިންކަން ފާހަގަކޮށް މާއިޒު ބުނީ، ކޮންމެ ކުއްޖަކުވެސް ސުކޫލަށްގޮސް ކިޔަވަން ބޭނުންވާނެ ކަމަށެވެ. ޚުދު އޭނާއަކީވެސް ސުކޫލަށް ގޮސް އުޅުނު ކުއްޖެއް ކަމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަދިވެސް ގޮންޖެހުންތަކެއް ހުރިކަމަށް މާއިޒު ބުނެއެވެ.

ދެން މާއިޒު ދެއްކީ މިސްކިތްތަކުގެ ވާހަކައެވެ. މިސްކިތަށް ގޮސް ނަމާދުކޮށްލާހިތްވާ ވާހަކައެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަމުގައިވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ހިތާމައާއެކު އޭނާ ފާހަގަކުރިއެވެ.

މާއިޒުގެ އުއްމީދަކީ، އަދި އެދުމަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެފަދަ ފުރުސަތުތައް ފަހިވެގެން ދިއުމެވެ. އުއްމީދަކީ މިސްކިތަށްގޮސް، އެހެން ކުދިން ފަދައިން ނަމާދުކޮށްލައި އުޅެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުންކަން އުނދަގުލާއެކު މާއިޒު ފާހަގަކުރިއިރު، ޖަލްސާގެ ހާޒިރީންނަށްވެސް މާއިޒުގެ ވާހަކައިގައި ހުރި ވޭނާއި އަސަރު އިހުސާސްވާ ކަހަލައެވެ.

މައިންބަފައިން ވެދެއްވާ ގުރުބާނީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށް މާއިޒު ބުނެއެވެ. އެ މައިންބަފައިން ވަމުންދަނީ ނުހަނު މަތިވެރި ގުރުބާނީއެއް ކަމަށް މާއިޒު ދެކެއެވެ. އެ މައިންބަފައިން ކޮށްދޭ ކަންކަމުގެ އަގު އަދާކޮށް ނުދެވޭނެކަމަށް ހިތުގެ އަޑިން ގަބޫލު ކުރެއެވެ. ޚުދު މިއަދު ނުކުޅެދުންތެރިކަން ހުންނަ ކުދިން އެ ހާސިލުކުރި ކާމިޔާބީގެ ޙަގީގީ މޭސްތިރިންނަކީވެސް އެ ލޮބުވެތި މައިންބަފައިންކަން ފަޚުރާއެކު މާއިޒު ފާހަގަކުރިއެވެ. މާއިޒު ވަނީ މައިންބަފައިންގެ ޚިދުމަތަށް ހިތުގެ ޚާލިސް ޝުކުރު އަދާކޮށްފައެވެ.

"ޝުކުރިއްޔާ މަންމާ، ޝުކުރިއްޔާ ބައްޕާ"މާއިޒު ބުންޏެވެ.

މާދަމާ ކަންތައް ވާނީ ކިހިނެއްކަން އެނގޭނީ ކާކަށްތޯ ސުވާލު އުފައްދަމުން މާއިޒް ދެން ބުނީ، މާދަމާ ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނެދެން ނޭނގޭނެ ކަމަށެވެ. ހިނގާ ބިނގާވެ އުޅޭ އިންސާނާވެސް މާދަމާ ގޮނޑިއެއްގައި އިންނަން ނުޖެހޭނެކަން ޔަގީންކަމާއެކު އެނގެނީ ކިތައް މީހުންނަށްތޯ މާއިޒު ސުވާލު ކުރިއެވެ. އެފަދަ ދުވަހެއް އައިސްފިނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިން އުފުލާ ވޭނާއި ބުރައިގެ ކޮންމެވެސް މިންވަރެއް އިހުސާސް ކުރެވޭނެކަމަށް މާއިޒު ބުންޏެވެ. ވީއިރު، އެހެން މީހުންވެސް ލޯތްބާއި އޯގާތެރިކަން ބޭނުންވާ ފަދައިން، އެކުދިންނަށްވެސް މިއަދު އެ އަޅާލުން ބޭނުންވާކަން އާދޭހާއެކު މާއިޒް ފާހަގަކުރިއެވެ.

"އޭރުން ތިބޭފުޅުންނަށްވެސް ރޮވޭނެ، އަސަރު ކުރާނެ، އިހުސާސް ކުރެވޭނެ، އެކަމަކު އޭރު ހުންނާނީ ވަގުތު ފާއިތުވެފައި "ފެންކަޅިވެފައި އިނދެ މާއިޒު ބުންޏެވެ.

ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ ދެއްވި ކިހާ ފުރިހަމަ ނިއުމަތެއްކަން ހަނދާން ކޮށްދެމުން މާއިޒު ވަނީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހަނދާން ކޮށްދީފައެވެ. އޭރުން ތިމާއަށްވެސް އެފަދަ ހާލަތެއް މެދުވެރިވެގެންދާ ދުވަހު، ތިމާއަށްވެސް އެހެން މީހުންގެ ލޯތްބާއި ފިރުމުން ލިބިގެންދާނެ ކަމަށް މާއިޒު ދެކެއެވެ. ކޮންމެއަކަސް މާއިޒުގެ ކުރު، އަދި މާނަފުން މެސެޖުތަކުން މިވަނީ ދިވެހިންގެ ހިތްތައް ރޮއްވާލާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
15 ފެބުރުއަރީ 2018

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!
01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި
04 ޖެނުއަރީ 2018

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު