Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަންކާ އާއި ރާއްޖޭގެ ވޮލީ މެޗުތައް

ލަންކާ މެޗުތަކާއެކު ޓީމު އެކުލަވާލަން ފަސޭހަވާނެ: މުންތޭ

ފިރިހެން ޓީމުން ވަނީ 15 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލްކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 5 ޑިސެމްބަރު 2021 | އާދީއްތަ 16:23
ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

މި މަހުގެ ފަހުކޮޅު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކާއެކު ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އެކުލަވާލަން ފަސޭހަވާނެ ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނެފިއެވެ.

ސެންޓްރަލް ޒޯންމުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މި މަހު ރާއްޖޭގައި ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭނެއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތެކެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މުންތޭ ބުނީ ލަންކާގެ މިހާރުގެ ފެންވަރު ބުނަން ނޭނގޭ ކަމަށާއި، އެކަމަކު ރާއްޖޭގައި ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ލަންކާއިން އަންނަނީ ސީނިއާ ބައެއް ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިންގެ ޓީމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ގައުމީ ޓީމަކީވެސް ޒުވާން ޓީމެއް ކަމަށާއި، އެހެންކަމުން ފެންވަރުގެ ގޮތުން އަޅާކިޔާނަމަ ދެ ޓީމަކީވެސް ހަމަހަމަ ދެ ޓީމު ކަމަށްވެސް ބުންޏެވެ.

މުންތޭ ބުނީ މި މެޗުތަކުގެ ސަބަބުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) އަށް ގައުމީ ޓީމު އެކުލަވާލަން ފަސޭހަވާނެ ކަމަށެވެ. އަދި ގައުމީ ޓީމަކީ މިހާރު ވާދަވެރި ޓީމެއް ކަމަށާއި، އެގޮތުން މި ވަގުތުވެސް ކާއްޓޭއަށް ގައުމީ ޓީމުގެ ފުރަތަމަ ހައެއް ނަގަން އުނދަގޫވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ.

މުންތޭ އިތުރަށް ބުނީ ގައުމީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަކީ ހަމައެކަނި ޒުވާން ވެގެން ނަގާ ކުޅުންތެރިންތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަކީ ގައުމީ ސްކޮޑުގައި ހިމެނޭނެ ފެންވަރު ހުރި ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެކަން ފަރިތަކުރުންތަކަށް ބަލާލިކަމުގައި ވިޔަސް ފެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މުންތޭ ބުނީ ސެންޓްރަލް ޒޯން މުބާރާތައް ގައުމީ ޓީމުން ނުކުންނައިރު މިހާރު ގައުމީ ޓީމުގެ އަމާޒަކަށްވާނީ މުބާރާތް ކާމިޔާބުކުރުން ކަމަށާއި، ރާއްޖެއަކީ މިހާރު ބަންގްލަދޭޝް އާއި ލަންކާފަދަ ޓީމުތަކަށް ދޫދޭނެ ޓީމެއް ނޫން ކަމަށެވެ.

މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މި ފަހަރުގެ މެޗުތައް ކުޅުމަށް އަންނަ ބުދަ ދުވަހު ލަންކާ ޓީމު ރާއްޖެ އަންނައިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހުއެވެ. އަދި އެ ތިން މެޗުގެ ތެރެއިން ރަސްމީ ބޮޑު މެޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު ކާއްޓޭގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. 

ގައުމީ ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
24 އޮކްޓޯބަރު 2024

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
23 އޮކްޓޯބަރު 2024

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު