Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް"

ދެއްކެވި ވާހަކަފުޅުތަކުގެ ރައްދަކަށް ޚުދު އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ފުދި އިތުރުވެސް ވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ޑިސެމްބަރު 2021 | އާދީއްތަ 11:11
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު މިނިވަންވެވަޑައިގެން ހޮނިހިރު ދުވަހުގެރޭ ޕީޕީއެމުން ބޭއްވި މަރުހަބާގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގަޑިއެއްހާއިރު ވަންދެން ވާހަކަފުޅު ދެއްކެވިއެވެ. ސަރުކާރަށް ފާދު ވިދާޅުވުމާއިި، ޖޯޝާއި ފޯރީގައި ބަހުގެ ތީރުތައް ސަރުކާރަށް އަމާޒު ކުރެއްވިއެވެ.

ފާޑުވިދާޅުނުވާ އެއްކަމެއްވެސް ނެތެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރާއި، މިހާރު މި ގުނަމުންދާ ވެރިކަމުގެ ދައުރާ އަޅާ ކިޔުއްވިއެވެ. ކޯލިޝަނުގެ ލީޑަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުއްވިއިރު އެމަނިކުފާނުގެ ބޭބޭފުޅު އަދި އެމްއާރްއެމްގެ ރައީސަށް ވެސް ފާޑުވިދާޅުވިއެވެ. ރައީސް މައުމޫނު ބަސް ވިދާޅުވާ ރާގުގައި، އެގޮތަށް ބަސް ވިދާޅުވެ، މަލާމާތް ކުރެއްވިއެވެ. ހޭރުވުމަކީ ޔާމީނު ވަރަށް ކުރައްވާ ކަމެކެވެ. މީގެ އަހަރުތަކެއް ކުރިން ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގައި ރައީސް ނަޝީދާމެދު ހަމަ އެގޮތަށް ވާހަކަ ދެއްކެވިއެވެ. މިފަހަރު އަމިއްލަ ބޭބެއާމެދުގައެވެ.

ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކުގެ ރައްދަކަށް ޚުދު އެމަިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ފުދެއެވެ. އެހަނދާންތައް ދިވެހިން އެބަހުއްޓެވެ. ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ރައީސް ޔާމީނުގެ ވަރިކަމުގައި އިދިކޮޅުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޖަލަށް ވަޑައިގެންނެވި ބޭފުޅުންގެ ލިސްޓް ވަރަށް ދިގެވެ. މިއަދު ވެރިކަމުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލަށް ވަޑައިނުގަންނަވާ ބޭފުޅަކު ނެތޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެއްވެސް ކުށެއް ނެތިި އެތައް ދުވަހެއް ޖަލުގައި އެބޭފުޅުން ހޭދަ ކުރެއްވިއެވެ. އެހެންކަމުން ރައީސްކަން ކުރެއްވުމަކީ ޖަލަށްލައި އަނިޔާވެރިވާން ޖެހޭ ކަމެއް ނޫނޭ އެމަނިކުފާނު ވިދާޅުވުމުން އަންނަނީ ޒާތެއްގެ ހިންޏެކެވެ. ފުލުފުލުގައި ޖަލު ގޮޅިތައް ފުރާލީ ސިޔާސީ ކުށްވެރިންނާއެކުގައެވެ.

މިވާހަކަފުޅާއެކު ދެން ހަނދާނަށް އަންނަނީ 2015ގެ މޭޑޭ މުޒާހަރާއެވެ. އެ މުޒާހަރާގައި ހައްޔަރު ކުރި ބައެއް މީހުން ޖަލުގެ އަނިޔާވެރިކަމުގައި މި ދުނިޔެ ދޫކޮށް ދިޔުމުން އެ އާއިލާތަކުން ކުރި ހިތާމައާ އެޅި ކަރުނަ އޭރު އެމަނިކުފާނަށް ފެނިވަޑައި ނުގަތެވެ. މިއަދު ޖަލު ގޮޅީގައި އޮންނެވުމަށްފަހު ނުކުމެވަޑައިގެން އެމަނިކުފާނުގެ އާއިލާއިން ކުރި ހިތާމައިގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވުމުން މީހުން އުފައްދަނީ ސުވާލެވެ.

އެމަނިިކުފާނުގެ ވެރިކަަމުގައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށް ޖަލަށްލިއެވެ. ރައީސް ޔާމީންގެ މިވާހަކަފުޅުތަކާއެކު އެދުވަސްތައްވެސް ގިނަ ބަޔަކު ހަނދާންކޮށްދިނެވެ.

އެމަިކުފާނު ޝަރުުއީ ދާއިރާއަށް އަން ނުބާނާ ކަމާއި، ކޯޓުތަކަށް މިނިވަންކަމާއެކު ޝަރީއަތްތައް ހިންގުމުގެ ޖާގަ ދެއްވި ކަމަށް ދެއްކެވި ވާހަކަފުޅަށް މީހުން ރައްދު ދިނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ޝަރުއީ ދާއިރާގެ އިތުބާރު ފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ގެއްލިގެން ދިޔަ ދުވަސްތައް ކަމަށް ބުނެއެވެ. މީހުން ހަނދާންކޮށްދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ކުރި ދައުވާތަކުގެ މަތިންނެވެ. ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ހަނދާން ނެތުނީތޯ ސުވާލު އުފެއްދިއެވެ.

ދުވަސްތަކަކަށްފަހު ރައީސް ޔާމީން ދެއްކެވި ވާހަކައަށްގިނަ ބަޔަކު ރައްދު ދިނީ "ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް" މި ފަދައިންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު