Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހްލޫފުގެ މައްޗަށް ދައުވާ ކުރުން

މަހްލޫފުގެ މައްސަލާގައި ސަރުކާރު ހިމޭނުން

މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 08:11
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ސަރުކާރުން ވަކި އެއްޗެއް މިދިޔަ އާދިއްތަ ދުވަހު ހާމަކުރާނެ ކަމަށް ބުނިނަމަވެސް އަދި މިހާތަނަށް މިކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން އޭރު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެކަމާއި ގުޅިގެން ސަރުކާރުން އާދިއްތަ ދުވަހު އެއްޗެއް ޔަގީނުން ވެސް ހާމަކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ގ.ހާފްސީ އަހުމަދު މަހުލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު މަހުލޫފްގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅުމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުން ހަގީގަތް ސާފުވާނެކަމަށެވެ. އަދި ޕީޖީ ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާ ވަރަށް، އަދި ސައިޒުވާ" މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވެ ވަނީ ޗެޓް ލޮގެއް ޕޯސްޓުކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވާހަކަ ދައްކާނީ ކޯޓުގައި ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް މިހެން ވިދާޅުވީ މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެން، މަހްލޫފް ޓްވީޓްކުރެއްވި ޗެޓް ލޮގްތަކާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޕީޖީ ވިދާޅުވީ އެ މައްސަލައިގައި ދެއްވާނެ ކޮމެންޓެއް ނެތް ކަމަށާއި، އެކަމާއި ގުޅިގެން ވާހަކަ ދައްކާނީ ކޯޓުގައި ކަމަށެވެ.

މަހުލޫފް މީގެކުރިން ވިދާޅުވެފައިވަނީ ދައުވާ އުފުލާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ، ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައެވެ. އެންމެފަހުން ސަންސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތުން އެކަހެރި ވުމަށް މަހުލޫފަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިތާ ހަތަރު މަސް ފަހުން އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ވަނީ ސަސްޕެންޝަން އުވާލައްވައި، މަސައްކަތަށް އަލުން ނިކުތުމަށް އަންގަވާފައެވެ. އެފަހަރު ސަސްޕެންޝަން އުވާލެއްވީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވީނަމަވެސް، މަހުލޫފު އަލުން އޮފީހަށް ނިކުންވަން އެންގެވީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް އޭރު ހެކި ނެތުމުންނެވެ.

އަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު