Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ކެރިކުގެ ފަހު މެޗުން ޔުނައިޓެޑަށް މުހިންމު މޮޅެއް

ޔުނައިޓެޑުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވާނީ ރަންގްނިކް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 03:10
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އާސެނަލް އަތުން މޮޅުވި މެޗަށްފަހު މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމު އަދާކުރި މައިކަލް ކެރިކް އެ ޓީމު ދޫކޮށްލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ އާސެނަލް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 13 ވަނަ މިނެޓުގައި އެމިލް ސްމިތު-ރޯވް ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. ސްމިތު-ރޯވް އެ ލަނޑު ޖެހިއިރު، ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެއްޓިފައި އޮތުމުން ރެފުރީ އެންމެ ފުރަތަމަ ފައުލަކަށް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ. މެޗުގެ ކުރީކޮޅު އާސެނަލުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ޔުނައިޓެޑުން އަލުން ލީޑުނެގީ ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ޔުނައިޓެޑުގެ ފްރެޑަށް އާސެނަލުގެ އޮޑެގާޑް ކުރި ފައުލަށް ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ކެރިއަރުގައި 801 ލަނޑު ހަމަކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ ހަތްވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 14 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ފަސްވަނައިގައި 14 މެޗުން 23 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ހަވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ ބްރެންޓްފޯޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗަކީ ކޯޗުގެ މަގާމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށްފަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ސޯލްޝެއާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކެރިކް ވަގުތީ ގޮތުން ޔުނައިޓެޑާ ހަވާލުވިއިރު، އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި 2-0 ގެ ނަތީޖާއަކުން ވިޔަރެއާލް ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުން މިދިޔަ އާދިއްތަ ދުވަހު ވަނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

އެކަމަކު އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޔުނައިޓެޑުން ވަނީ ކެރިކް އެ ޓީމު ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. ކެރިކަށްފަހު ޔުނައިޓެޑުގެ ކޯޗުކަމާ ވަގުތީ ގޮތުން ދެން ހަވާލުވާނީ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކެވެ. މީގެ ކުރިން ވޯކްވިސާ ހަމަނުޖެހުމާ ގުޅިގެން އާސެނަލް މެޗުގައި އޭނާއަށް އިރުޝާދުދިނުމުގެ ފުރުސަތު ގެއްލުނަސް، ރޭގެ މެޗު ބަލަން ރަންގްނިކް ވަނީ ޔުނައިޓެޑުގެ ދަނޑަށް ގޮސްފައެވެ.

ޔުނައިޓެޑާ ރަންގްނިކް ރަސްމީކޮށް ހަވާލުވުމަށްފަހު އެ ޓީމުން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ އާދިއްތަ ދުވަހު ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު