Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

އެމެރިކާއިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

އެމެރިކާއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވަނީ ކެލިފޯނިއާއިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 04:09
ކެލިފޯނިއާގެމަގުމަތީގައި 2 މީހަކު މާސްކްއަޅައިގެން

ކެލިފޯނިއާގެމަގުމަތީގައި 2 މީހަކު މާސްކްއަޅައިގެން

އެމެރިކާއިން އޮމިކްރޯން ވޭރިއަންޓުގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފިއެވެ.

އެމެރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓުގެ ފުރަތަމަ ކޭސް ފެނިފައިވަނީ ކެލިފޯނިއާއިންނެވެ. އެއީ ނޮވެމްބަރު 22 ވަނަ ދުވަހު ދެކުނު އެފްރިކާއިން ކެލިފޯނިއާއަށް ދަތުރުކުރި މީހެކެވެ. އެމީހާ މިވަގުތު ހުރީ އައިސޮލޭޝަންގައެވެ.

އެމެރިކާއިން އޮމިކްރޯން ވޭރިއަންޓު ފެނުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވާގޮތުގައި އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހާއަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޮމިކްރޯން ވޭރިއަންޓުން ފެންނަ އަލާމާތްތައް އޭނާގެ ފަރާތުން ފެންނަމުންދާކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވެއެވެ. އަދި އޭނާއާ އެންމެ ގާތުން ކޮންޓެކްޓުވެފައިވާ މީހުން ވަނީ ބައްޔަށް ނެގެޓިވްވެފައެވެ.

އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުން ފެނިފައިވާ މި އައު ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް އައިއިރު 20 އަށްވުރެ ގިނަ ގައުމުން ވަނީ މި ވޭރިއަންޓް ފެނިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕަބްލިކް ހެލްތު އޮފިސަރުން ބުނަމުންދާގޮތުގައި މި ވައިރަހަކީ މިއުޓޭޓްވަމުންދާ ވައިރަހެކެވެ. އެހެންކަމުން މިހާތަނަށް އައިއިރު ގިނަ ގައުމުތަކަކުން ވަނީ ދެކުނު އެފްރިކާގެ ބިތުގެ ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. އެމެރިކާއިންވެސް ވަނީ އެ ސަރަހައްދުގެ 8 ގައުމަކަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައެވެ.

އޮމިކްރޯން ވޭރިއަންޓްއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު