Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާ- ރާއްޖެ

ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

2003 ގެ ފަހުން އެންމެ ގެއްލުން ބޮޑު ވިއްސާރަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 މެއި 2017 | އާދީއްތަ 14:20
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ

ސްރީލަންކާގައި ފެން ބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި މުދަލަށާއި ގެދޮރަށް ގެއްލުން ލިބުމާއި ގުޅިގެން އެކަމުގައި ހިތާމައިގައި އެގައުމުގެ ރައީސާއި ބޮޑުވަޒީރަށް، ރައީސް އަބްދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށާއި، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Advertisement - newsAdvertisement

ލަންކާގައި ހިނގި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ލަންކާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކޮލަމްބޯގެ ދެކުނުން އޮންނަ ކަލުތަރަ ޑިސްޓްރިކްޓަށެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާ އަށް ކުރާ އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. އެ ފަހަރުގެ ވިއްސާރައިގައި 10،000 ގެ ހަލާކުވެ 250 މީހުން ވަނީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު