Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު

ބަންދުގެ މުއްދަތު 48 ގަޑިއިރަށް ބަދަލުކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސްފި

29 ނޮވެމްބަރު 2021 | ހޯމަ 14:21

ތަޙްޤީޤުތައް ފުރިހަމަކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ނޮވެމްބަރު 2021 | ހޯމަ 14:21
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށްދޭ މުއްދަތުވެސް ވަނީ އިތުރު ކޮށްފައި

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށްދޭ މުއްދަތުވެސް ވަނީ އިތުރު ކޮށްފައި

ބަންދުގެ މުއްދަތު 48 ގަޑިއިރަށް ބަދަލުކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުގައިވަނީ، ބިލަށް މާއްދާއެއް އިތުރު ކުރުމަށެވެ. އެ މާއްދާގައި ބަޔާން ކޮށްފައިވަނީ، ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިން ރާއްޖެއަށް އަންނަނަމަ، އައުމުގެ ކުރިން އެ ކުއްޖާ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ ގޮތްތަކާއި އުސޫލެވެ.

Advertisement - newsAdvertisement

މި އިސްލާހާއެކު ރިޕޯޓް ފާސްކުރީ، 51 މެމްބަރުންގެ ވޯޓުންނެވެ.

ބަންދުގެ މުއްދަތު 48 ގަޑިއިރަށް އިތުރު ކުރުމަށް ކޮމިޓީން ނިންމި މައިގަނޑު ސަބަބަކީ، ޢާންމުގޮތެއްގައި ޓެރަރިޒަމް ޢަމަލުތަކ ރޭވިގެން ހިންގާ ކުށްތަކަކަށްވާތ ، އެފަދަ ކުށަކާގުޅިގެން މ ހަކު ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމު ގައި ގޮންޖެހުންތަކެއް ހުންނަކަން ފާހަގަކުރެވިފައިވާތީއެވެ. އެގޮތުން، ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅިގެން ބަލާފާސްކުރާ ތަންތަން ފާސްކުރުމުގެ މަސައްކަތް 24 ގަޑިއިރުތެރޭގައި ނުނިމޭކަމާއި، މީހެއްގެ ބަންދާގުޅޭގޮތުން ބާއްވާ އަޑުއެހުމަކީވެސް ޝަރީޢަތުގެ މަޖިލީހަކަށްވާއިރު އެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ސަބަބުތަކާއި އެ ސަބަބުތައް ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދައި ހުށަހަޅަންޖެހޭކަމަށެވެ. އަދި ފާއިތުވިތަނުގައި، ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅިގެން ހައްޔަރުކުރެވޭ ފަރާތްތައް 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާއިރު، ހައްޔަރުކުރުމާއި ފަނޑިޔާރެއްގެ ކުރިމައްޗަށް ތުހުމަތުކުރެވޭ ފަރާތް ހާޒިރުކުރާ ވަގުތާ ދެމެދު އެކަށީގެންވާ ގޮތަކަށް ތައްޔާރުނުވެވޭތީ، ބަންދުކުރެވޭ ފަރާތްތައް ކޯޓުން ދޫކުރާ ޙާލަތްތައް މެދުވެރިވެފައިވާކަން ކޮމިޓީންވަނީ ފާހަގަކޮށްފައެވެ.

މި މުއްދަތުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ. މުއްދަތު 48 ގަޑިއިރަށް ބަދަލު ގެނައި ނަމަވެސް ވީހާވެސް އަވަހަކަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށްދޭ މުއްދަތުވެސް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އެ މުއްދަތު 45 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. މިގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ، ޓެރަރިޒަމް ފަދަ ރޭވިގެން ހިންގާ ބޮޑެތި ޖިނާއ ކުށްތައް ތަހުޤީޤުކުރުމަށް 30 ދުވަހަކީއެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި، އަދި މިފަދަ މައްސަލަތަކުގައި ރާއްޖެއިން ބޭރުން ލިބެންޖެހޭ ލިޔުންތައް ހޯދުމާއި، މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ބައެއް މާއްދީ ހެއްކާއި، ޑިޖިޓަލް ހެކިތައް ރާއްޖެއިން ބޭރުގެ ލެބޯރަޓަރީ ތަކަށް ފޮނުވައިގެން ތަޙްލީލުކުރުމަށް ދިގު މުއްދަތެއް ހޭދަވާތީ، އެ މުއްދަތުގެ ތެރޭގައި މިފަދަ ތަޙްޤީޤުތައް ފުރިހަމަކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައިވާތީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާގުޅިގެން ތަޙްޤީޤު ހިންގުމަށް އެކަށ ގެންވާ ވަގުތު ދިނުމުގެ މަޤްޞަދުގައެވެ.

ހަމަ މިއާއެކު އިތުރުކޮށްދޭ މުއްދަތުގައިވެސް އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިފައިނުވާނަމަ، އަދި އެފަދައިން ތަޙްޤީޤު ފުރިހަމަކުރެވިފައިނުވަނ ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިފައިނުވާ ސަބަބަށް ރިޢާޔަތްކޮށް، 15 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ބަޔާންކޮށް ގާނޫނުގެ 28 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ.

28 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ފަސް އަކުރު ވަނީ އިތުރުކޮށްފައެވެ.

މި އަކުރުތައް އިތުރުކުރުމުގެ މައިގަނޑު ބޭނުމަކީ، ބިލުގެ 28 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކުރާ މުއްދަތުގެ ތެރޭގައި ތަޙްޤީޤު ފުރިހަމަވެފައި ނުވަނީ، ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު މުއްދަތު ދިނުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، އަދި އެގޮތަށް އިތުރުކުރެވޭ މުއްދަތުގައި ތަޙްޤީޤު ފުރިހަމަވެފައި ނުވާނަމަ ދަޢުވާނުކުރެވޭނެކަން ބަޔާންކުރުމުގެ ގޮތުންނެނެވެ.

އިސްލާހުގައިވާ ގޮތުން ހަނގުރާމަވެރި މާހައުލަކުން އަންނަ މީހެއްގެ ޑީ-ބްރީފިންގއެއް ފުލުހުން ހަދަން ޖެހެއެވެ. ސަބަބަކީ، ހަނގުރާމަވެރި ސަރަޙައްދެއްގައި އުޅެފައިވާގޮތާއި ބައިވެރިވުން އޮތް މިންވަރު، އަދި އެފަދަ މީހުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއްގެ މިންވަރު އެފަދަ މީހުން ދިވެހިރާއްޖެއަށް އެތެރެވުމާއެކު ލަސްކުރުމެއްނެތި ދެނެގަނެވިފައި އޮތުމަކީ މުހިންމުކަމެއް ކަމުގައިވާތީއެވެ. އަދި ކުޑަކުއްޖަކު އާއިލާއާ ހަވާލު ކުރުމުގެ ކުރިން އެސެސްމެންޓް ހަދަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ގޮވާ ތަކެތި މާނަ ކުރެވޭ ގޮތް ވަރަށް ތަފްސީލްކޮށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް