Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

މާރިޗު 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 23:20
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، 2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާރވް ކުރަން އަދި މޮނިޓަރ ކުރަން ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ކަމަށެވެ.

Advertisement - newsAdvertisement

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ http://forms.elections.gov.mv މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އިލެކްޝަންސްއިން ބުންޏެވެ.

މޮނިޓަރުންނަށް ވުމަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅި ފަރާތްތަކަކީ، ނޫސް މަޖައްލާ ނުވަތަ އޭޖެންސީގެ ފަރާތުން މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތެއްކަން ބަޔާންކޮށް، ސިޓީއާއި އެކު ނޫސް މަޖައްލާ ނުވަތަ އޭޖެންސީން ލިސްޓު (އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް ރަށާ އެކު) ހުށަހަޅަންވާނެ ކަމަށާއި އަދި ހުށަހަޅާ ސިޓީއަކީ އެ ތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑު ޖެހި ސިޓީ އަކަށް ވާންވާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.

މޮނިޓަރުންނާއި އޮބްޒާރވަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރި ނަމަވެސް، ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު