Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަނީ އިޖުރާއަތުގެ ބިލު

ކޯޓުތަކުގެ އިޚްތިޞާޞްތައް ކަނޑައަޅައި ބަޔާންކޮށް އެކުލަވާލި، މަދަނީ އިޖުރާއަތުގެ ބިލު ފާސްކޮށްފި

29 ނޮވެމްބަރު 2021 | ހޯމަ 13:43

ބިލުގައި، 31 ބާބުގައި 379 މާއްދާ ހިމެނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ނޮވެމްބަރު 2021 | ހޯމަ 13:43
މަދަނީ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާ ގުޅުންހުރި މާއްދާތައްވެސް ބިލުގައި ހިމެނޭ

މަދަނީ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާ ގުޅުންހުރި މާއްދާތައްވެސް ބިލުގައި ހިމެނޭ

ކޯޓުތަކުގެ އިޚްތިޞާޞްތައް ކަނޑައަޅައި ބަޔާންކޮށް އެކުލަވާލި މަދަނީ އިޖުރާއަތުގެ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހުށަހެޅުނު އިޞްލާޙުތަކާއެކު އެ ބިލު ފާސްކޮށްފިއެވެ.

ކޮމިޓީ ރިޕޯޓަށް 17 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. މިއީ އެޑިޓޯރިއަލް އިޞްލާޙުތަކެކެވެ. އިޞްލާޙުތައް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީއެވެ. އިޞްލާޙުތަކަށް ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ. އިޞްލާޙުތަކާއެކު ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

"މަދަނީ އިޖުރާއަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ބިލު ދިރާސާކުރަމުންދިޔައިރު، ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، ސާފުކުރުމަށް ބޭނުންވާ ކަންކަން ކޮމިޓީން ވަނީ ސާފު ކޮށްފައެވެ. ސަރުކާރުގެ ފަރާތުން މަދަނީ އިޖުރާއަތުގެ ބިލު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، މައިގަނޑު 6 ބައެއްގެ މައްޗަށް އެކުލަވާލާފައިވާއިރު، މި ބިލުގައި 31 ބާބުގައި 379 މާއްދާ ހިމެނެއެވެ. އަދި، ސަރުކާރުން އިޞްލާޙުކޮށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލުގެ ޑްރާފްޓު، 4 ނޮވެންބަރު 2020ގައި ކޮމިޓީއަށް ފޮނުވިއިރު، މަދަނީ އިޖުރާއަތުގެ ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި ބިލުގައި 36 ބާބު ހިމަނާފައިވާއިރު، މި ބިލުގެ މައްދާތަކުގެ އަދަދު 429އަށް ވަނީ އިތުރުވެފައެވެ.

މި ބިލުގެ ފުރަތަމަ ބައިގައި ހިމަނާފައިވަނީ އިބްތިދާއީ މާއްދާތަކެކެވެ. އެގޮތުން، ޝަރީޢަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި، ބާރުތަކާއި، ކޯޓުތަކުގެ އިޚްތިޞާޞްތައް މި ބައިގައި ހިމަނާފައިވެއެވެ. އަދި، މަދަނީ މައްސަލަތަކުގައި ދަޢުވާކުރެވޭނެ މުއްދަތުތަކާއި، އެ މުއްދަތުތައް ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މަދަނީ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާ ގުޅުންހުރި މާއްދާތައްވެސް ހިމަނާފައިވެއެވެ.

މި ބިލުގެ ދެވަނަ ބައިގައި ހިމަނާފައިވަނީ ޝަރީޢަތުގެ ކުރީގެ މަރުޙަލާއާ ގުޅުންހުރި މާއްދާތަކެވެ. އެގޮތުން، ދަޢުވާކުރުމާއި، ދަޢުވާއާގުޅޭ ޢާންމު އުޞޫލާއި، ޚާއްޞަ ބާވަތްތަކުގެ ދަޢުވާއާއި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތާއި، ކޯޓުން ދަޢުވާ ބަލައިގަތުމާއި ދަޢުވާލިބޭ ފަރާތަށް ރައްދުކުރުމާއި، ދަޢުވާއަށް ރައްދުދިނުމާއި ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމާއި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމާއި، ދަޢުވާއަށް އެއްބަސްވުމާއި، ދަޢުވާގެ ދިފާޢާއި ޖަވާބާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއާއި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމާ ގުޅުންހުރި މާއްދާތައް މިބައިގައި ހިމަނާފައިވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ޝަރީޢަތްކުރުމުގެ އުޞޫލާއި، ބޭރު ގައުމުތަކުގައި ޙުކުމް ތަންފީޒު ކުރެވޭނެ އުޞޫލުވެސް ކަނޑައަޅާފައިވެއެވެ. ދަޢުވާ ކުރުމުގެ އުޞޫލުވެސް ކަނޑައަޅާފައިވެއެވެ. ހަތަރުވަނަ ބާބުގައި ހެއްކާ ބެހޭ ބައިވެސް ތަފްޞީލުކޮށް ހިމަނާފައި ވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" އުވުނީއެވެ. އަދި ތަޢާރުޟުވާ އެހެން ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި އިޞްލާޙު ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް