Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ ޖަލުތައް

އޮކްޓޯބަރު މަހު 32 މީހުން ޖަލުން ދޫކޮށްލި، 60 މީހުން ޖަލަށްލި

29 ނޮވެމްބަރު 2021 | ހޯމަ 07:40

އޮކްޓޯބަރު މަހު 1071 ގައިދީއަކު ޑޮކްޓަރަށް ދެއްކުމަށް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2021 | ހޯމަ 07:40
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

އޮކްޓޯބަރު މަހު 32 މީހުން ޖަލުން ދޫކޮށްލިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު 32 މީހުން ޖަލުން ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޙުކުމް ކޮށްފައިވާ 32 މީހުން ތިއްބެވެ. އޭގެ ތެރެއިން 26 މީހަކު ދޫކޮށްލާފައިވަނީ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އަދި އެކަކު ދޫކޮށްލާފައިވަނީ ޙުކުމް ބާތިލު ކުރުމުގެ ސަބަބުންނެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޝަރީއަތް ނުނިމިވާ 5 މީހަކުވެސް ދޫކޮށްލާފައިވާއިރު، އެމީހުން ދޫކޮށްލާފައިވަނީ ބަންދު ކުރުމަށް ކޮށްފައިވާ އަމުރު ބާތިލުވުމުގެ ސަބަބުންނެވެ.

އޮކްޓޯބަރު މަހު 60 މީހަކު ޖަލަށް ލާފައިވެސް ވެއެވެ. އޭގެ ތެރޭގައި ޖަލު ޙުކުމެއްގެ ދަށުން ޖަލަށް ލާފައިވާ 47 މީހަކާއި، ޝަރީއަތް ކުރިއަށްދާތީ ބަންދުކޮށްފައިވާ 13 މީހަކު ހިމެނެއެވެ.

އަލަށް ޖަލަށް ލާފައިވާ މީހުންގެ ތެރެއިންވެސް 40 އިންސައްތަ މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. ފޭރުމުގެ 14 އިންސައްތަ، ވައްކަމާގުޅޭ 14 އިންސައްތަ، އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ 17 އިންސައްތަ މައްސަލަވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ކޮރަޕްޝަނާއި ގުޅޭ 2 އިންސައްތަ މައްސަލައާއި، ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅޭ 2 އިންސައްތަ މައްސަލަވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާފުށީ ޖަލުން އެކަނިވެސް 13 ފޯނު އަތުލައިގެންފައިވެއެވެ. އަދި މާލޭ ޖަލުން 1 ފޯނާއި، އައްސޭރި ޖަލުން 3 ފޯނު އަތުލައިގެންފައިވެއެވެ. މީގެ އިތުރުންވެސް ސިމްކާޑާއި، ޗާރޖަރާއި، ހެޑްސެޓާއި، ބެޓެރީ ފަދަ ތަކެތި ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބޭސްފަރުވާއަށް ބަލާއިރު، އޮކްޓޯބަރު މަހު 1071 ޤައިދީއަކު އާންމު ޑޮކްޓަރަށް ދެއްކުމަށް އެދިފައިވެއެވެ. އޭގެ ތެރެއިން 948 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ޚާއްސަ ބަލީގެ ޑޮކްޓަރުންނަށް 393 މީހަކު ދައްކާފައިވެއެވެ. އޭގެ ތެރޭގައި ހަމުގެ އެކި މައްސަލަތަކާއި، ދަތުގެ މައްސަލަތަކާއި، ނަފްސާނީ މައްސަލަތަކާއި، ހިތާއި ނާރުގެ މައްސަލަތަކުގެ އިތުރުން، ލޮލުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާފައިވާ ފަރާތްތައް ހިމެނޭކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް