Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަހީދު ފިލި މައްސަލަ

އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް ކުޑަކަކޫ ނުޖަހާނެ، އޭނާ ހާޒިރުކުރަން އަޑުބަރޭއަށް 72 ގަޑިއިރު!

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީ 2021 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2021 | އާދީއްތަ 07:32
 ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ދައުލަތުން އެދިއްޖެއެވެ.

ދައުލަތުން އެގޮތަށް އެދިފައިވަނީ މި މައްސަލައިގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ. ގާޒީ ވިދާޅުވީ، މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ސިއްރުކޮށްގެން ކުރިއަށް ގެންދާ އަޑުއެހުމެއް ނަމަވެސް، އާދިއްތަ ދުވަހުގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމެވީ މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމަށާއި، ޝަރީއަތުން ސާފު ކުރަންޖެހޭ ކަންކަން ސާފު ކުރުމަށް ކަމަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ޙަސަން ސައީދު ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލު ކޮށްދެއްވާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީ 2021 ގައެވެ. އެ ދުވަހު އަލީ ވަޙީދު ފުރުމަށް ވަނީ ހުއްދަ ދެއްވާފައެވެ. އެ ހުއްދަ ދީފައިވަނީ ބޭސްފަރުވާއަށް ކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ލިއެކިއުންތަަކަށް ބަލައި، އަލީ ވަޙީދު ފުރުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާކަމަށް ބުނުމާއި ގުޅިގެންކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ބޭސްފަރުވާގެ ކަންކަން އިތުރަށް ސާފު ކުރުމަށް ޑޮކްޓަރ ހާޒިރުކުރުމުން ޑރ ވަނީ އަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުގައި މައްސަލަ ހުރި ކަމަށާއި, ނާރު ފިތެމުންދާތީ އޮޕަރޭޝަން ކުރަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އޮޕަރޭޝަން ކުރެވޭނެ ތަފާތު ގޮތްތައް ހުންނާނެ ކަމަށާއި، އޮޮޕަރޭޝަން ކުރާނެ ގޮތް ކަނޑައަޅާނީ އޮޕަރޭޝަން ކުރާ ޑޮކްޓަރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ ވަނީ އޮޕަރޭޝަން "ކޮމްޕްލިކޭޓް" ވުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވައި، އޮޕަރޭޝަން ކުރާނެ އެކަށީގެންވާ ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ. އަދި މައިބަދައިގެ އެފަދަ އޮޕަރޭޝަނެއްގައި ދާދި ފަހުން މީހަކު ނިޔާވެފައިވާކަމަށްވެސް ޑރ އެދުވަހު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެގޮތުން އަލީ ވަޙީދު ފުރުމަށް ހުއްދަ ދެއްވީ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ޑޮކްޓަރު ވިދާޅުވި ވާހަކަތަކުގެ މައްޗަށް ބިނާކޮށްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އޭރު ފުރުމުގެ ހުއްދަ ދެއްވީ 4 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވާނެކަމަށް ބުނެ، އެކަމުގެ ޔަޤީންކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ކުރުމުންނެވެ. 4 މަސް ހަމަވެ ކޯޓަށް ހާޒިރުވާން އެންގުމުން ބޭސްފަރުވާ ނުނިމޭކަމަށް ބުނެ އިތުރު ލިއުންތައް ހުށައަޅައި، ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް އޭނާ ވަނީ އެދިފައެވެ. އެގޮތުގެ މަތިން ޝަރީއަތުގެ ކުރީ މަރުޙަލާގެ ދެ އަޑުއެހުމެއް ބޭއްވިފައިވެއެވެ. އެއީ 21 ޖޫންއާއި، 11 ޖުލައިގައެވެ. 11 ޖުލައިގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ 26 އޯގަސްޓުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޖެހޭނެކަން އަންގާފައެވެ.

އެހެންނަމަވެސް، އޭނާ ހާޒިރުވެފައިނުވާތީ، ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށް ބުނެ ޖާމިނުވެފައިވާ އަޑުބަރޭ އެކަމުގައި ވި އިޤުރާރާ ޚިލާފުވެފައިވާތީ އާދިއްތަ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ކޯޓަށް އޭނާ ހާޒިރުކޮށްގެންނެވެ.

ގާޒީ ވިދާޅުވީ، ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައަކާއި ގުޅިގެން ދައުވާލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް 4 ނޮވެމްބަރު 2021 ގައި ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އެއާއެކު އާދިއްތަ ދުވަހުގެ މި އަޑުއެހުން ތާވަލުކޮށްފައިވަނީ ދެފަރާތުން ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް އަލީ ވަޙީދު ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ އަލީ ވަޙީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ.

ގާޒީ ޙަސަން ސައީދު ވިދާޅުވީ، މިކަމަކީ މުޖުތަމައުގެ މަސްލަޙަތާއި، ޤާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ. މި ސަބަބަށްޓަކައި އަލީ ވަޙީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަޤީންކަން ދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އެޅުމަކީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށާއި، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާޒީ ޙަސަން ސައީދު ވިދާޅުވިއެވެ.

ގާޒީ ވަނީ އެވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރު ނުކޮށްދީފިނަމަ، އަޑުބަރޭއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން އަޑުބަރޭ ވިދާޅުވީ، މި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އަލީ ވަޙީދު އޮންލައިންކޮށް ކޯޓަށް ހާޒިރު ކޮށްދީފައިވާނެ ކަމަށް އަޑުބަރޭ ވިދާޅުވިއެވެ. ނަމަވެސް ގާޒީ ވަނީ ޖާމިނުވީ އޭނާ ކޯޓަށް ހާޒިރު ކުރުމަށް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ނިންމުން ހަނދުމަ ކޮށްދެއްވާފައެވެ.

ދައުލަތުންވެސް ވަނީ އެ މުއްދަތުގެ ތެރޭގައި އަލީ ވަޙީދު ހާޒިރުނުކުރެވިއްޖެނަމަ، ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު