Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައު ވޭރިއަންޓްގެ ނަން

އައު ވޭރިއަންޓަށް އޮމިކްރޯންގެ ނަން ޑަބްލިޔުއެޗްއޯއިން ދިނީ ޗައިނާ ރުޅި އައިސްދާނެތީ؟!

27 ނޮވެމްބަރު 2021 | ހޮނިހިރު 21:18

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓަށް ދޭންޖެހޭނެ ނަމަކީ "ޝީ" ނުވަތަ "ނޫ"

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ނޮވެމްބަރު 2021 | ހޮނިހިރު 21:18
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން

ޗައިނާ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާ ދެމެދު އޮންނަ ގުޅުމާމެދު ކޮވިޑް-19ގެ އައު ވޭރިއަންޓަށް ނަން ދިންގޮތާމެދު އަނެއްކާވެސް ސުވާލުތައް ކުރިމަތިވެއްޖެއެވެ.

ޑަބްލިޔުއެޗްއޯއިން ކޮވިޑް-19ގެ ވޭރިއަންޓްތަކަށް ނަން ދެމުން އަންނަނީ ގްރީކް އަކުރުތަކުންނެވެ. އެއުސޫލުން ބަލާނަމަ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓަށް ދޭންޖެހޭނެ ނަމަކީ "ޝީ" ނުވަތަ "ނޫ" އެވެ. ޝީ އަކީ ޗައިނާގެ ރައީސްގެ ނަމުގެ އެއް ބަޔެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ މީގެކުރިން ކޮވިޑްގެ ވޭރިއަންޓްތަކަށް ގްރީކްގެ އަކުރުތަކުން ނަންދީފައެވެ. އެގޮތުން އަލްފާ ވޭރިއަންޓާއި ބީޓާ ވޭރިއަންޓް އަދި ޑެލްޓާ ވޭރިއަންޓްގެ ނަން ވަނީ ދީފައެވެ. މިއީ މިކަމުގެ މައުލޫމާތު އެހާބޮޑަށް ނޭންގޭ އާންމުންނަށް ފަސޭހަކަމާއެކު މިވޭރިއަންޓްތައް ދޭހަކޮށްދިނުމަށް ކުރާ ކަމެއްކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓަށް ޝީގެ ނަން ނުދިނީ އެކަމާއި ޗައިނާއިން ރުޅި އައިސްދާނެތީކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިކަމަށް ފާޑުކިޔާ ފަރާތްތަކުން މިކަން ގުޅުވަނީ ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން ޗައިނާއާ މެދު ޑަބްލިޔުއެޗްއޯއިން ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުންނެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް މުޅި ދުނިޔެ ބޭނުންވާއިރު އެކަން ނުވެފައިވަނީ ޗައިނާގެ ސަބަބުންކަމަށް އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި އަސްލު ހޯދުމުގައި މިހާތަނަށްވެސް ކާމިޔާބު ވެފައިނުވަނީ އެކަމުގައި ޑަބްލިޔުއެޗްއޯއިން ޗައިނާ އާ މެދު ގެންގުޅޭ މާބޮޑަށް ދޫދިނުމުގެ ސިޔާސަތުގެ ސަބަބުންކަމަށް އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އެންމެ ފުރަތަމަ ޗައިނާއިން ކޮވިޑް-19 ފެނުނުއިރު އެވައިރަސް އާ ގުޅޭގޮތުން އެކަށީގެންވާ ތެދު މައުލޫމާތު ވަގުތުން ވަގުތަށް ޗައިނާއިން ފޯރުކޮށްދީފައިނުވާކަމުގެ ތުހުމަތު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކުރެއެވެ. އެކަމުގައި ޑަބްލިޔުއެޗްއޯއިން ފެއިލްވެފައިވާކަމަށް އެމެރިކާ އިން ތުހުމަތުކުރާއިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމައްސަލާގައި އޭރު ޑަބްލިޔުއެޗްއޯގެ މެމްބަރު ގައުމު ކަމުން ވަކިވުމަށް ނިންމާ ޑަބްލިޔުއެޗްއޯއަށް ފަންޑުކުރުން ހުއްޓާލާނެކަމަށްވެސް ވިދާޅުވެފައެވެ.

ނަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ޑަބްލިޔުއެޗްއޯގެ ސްޕޯކްސްމަން ނިއުޔޯކް ޕޯސްޓަށް ބުނެފައިވަނީ އައު ވޭރިއަންޓަށް "ނޫ" ގެ ނަން ނުނިދީ މީހުންނަށް އެއީ ވޭރިއަންޓަށް ދީފައިވާ ނަމަކަށްވުރެ ބޮޑަށް އައު ވޭރިއަންޓެއްކަމަށް ވިސްނިދާނެތީކަމަށެވެ.

މީގެއިތުރުން "ޝީ" އަކީ ވަރަށް އާންމު ނަމެއްކަމަށާއި ވޭރިއަންޓްތަކަށް ނަން ދޭއިރު ތަންތަނުގެ ނަމާއި މީހުންނަށް ކިޔާ ނަމާއި ޖަނަވާރަށް ކިޔާ ނަން ނުކިޔުމަށް ނިންމާފައިވާކަމަށެވެ.

އެމެރިކާއިންނާއި ޔޫރަޕްގެ ގައުމުތަކުން ތަކުރާރުކޮށް އަންނަނީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އާއި ޗައިނާގެ ރައީސް ޝީ ޖިންޕީގެ ގުޅުމަށް ފާޑުކިޔަމުންނެވެ. އަދި ޗައިނާއިން ޑަބްލިޔުއެޗްއޯއަށް ނުފޫޒު ފޯރުވާކަމަށްވެސް އަންނަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
03 އެޕްރީލު 2017

އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން

03 އެޕްރީލު 2017
އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
27 ފެބުރުއަރީ 2017

ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި

27 ފެބުރުއަރީ 2017
ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް