Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

އިނގިރޭސިވިލާތުން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

އިނގިރޭސިވިލާތުން މި ވޭރިއަންޓުގެ ދެ ކޭސްއެއް ވަނީ ފެނިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2021 | ހޮނިހިރު 16:53
ދެކުނު އެފްރިކާގެ އޯ.އާރު ޓެމްބޯ އިންޓަރނޭޝަނަލް އެއަރޕޯޓް

ދެކުނު އެފްރިކާގެ އޯ.އާރު ޓެމްބޯ އިންޓަރނޭޝަނަލް އެއަރޕޯޓް

ދެކުނު އެފްރިކާގައި ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓުގެ ދެ ކޭސްއެއް އިނިގިރޭސިވިލާތުން ފެނިއްޖެއެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީއިން ބުނީ، ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ ދެ މީހެއްގެ ގައިން އޮމިކްރޯން ވޭރިއަންޓު ފެނިފައިވާކަމަށެވެ. އެކަކު ޕޮޒިޓިވްވެފައިވަނީ ނޮޓިންހަމްއިންނެވެ. އަދި ދެވަނަ ކޭސް ފެނިފައިވަނީ ޗެމްސްފޯޑުންނެވެ.

މި ދެކޭސް ފެނުމާއެކު އެ ގައުމުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް އެގައުމުގެ ހެލްތު ސެކްރެޓަރީ ސާޖިދް ޖާވިދް ވިދާޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް މީހުން އަމިއްލައަށް އައިސޮލޭޓް ވަމުންދާކަމަށް ބުނެފައިވެއެވެ.

އަދި އާދިއްތަ ދުވަހުގެ 4:00އިން ފެށިގެން އެފްރިކާގެ އިތުރު 4 ގައުމެއް އިނގިރޭސިވިލާތުގެ "ރެޑް ލިސްޓަށް" އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަމަށް ސާޖިދް ވިދާޅުވިއެވެ. އެ ގައުމުތަކަކީ މަލާވީ، މޮޒަމްބީކް، ޒެމްބިއާ އަދި އަންގޯލާއެވެ. އިނގިރޭސިވިލާތުން މިހާރުވެސް ވަނީ ދެކުނު އެފްރިކާގެ 6 ގައުމަކުން އެގައުމަށް ދަތުރުކުރުން މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގެ އިތުރުން މިހާތަނަށް މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކަކީ; ބެލްޖިއަމް، ޖަރމަނީ، ޗެކް ރިޕަބްލިކް، ބޮޓްސްވާނާ، ހޮންގްކޮންގް އަދި އިސްރާއީލްއެވެ.

މިހާތަނަށް އައިއިރު ގިނަ ގައުމުތަކަކުން ވަނީ ދެކުނު އެފްރިކާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. މި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު